ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި "ވަގުތު" މެދުވެރިކޮށް ސިޔާސަތުތައް އިސްތިހާރު ކުރުމަށް ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ސަގީފް "ވަގުތު" އާއި އެކު އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

2014 ވަނަ އަހަރު އޮތް އަތޮޅު ކައުންސިލްގެ އިންތިހާބުގައި ސަގީފު ވައިކަރަދޫ ދާއިރާއަށް ވާދަކޮށް އެ އިންތިހާބު ކާމިޔާބު ކުރިއެވެ. ހދ.އަތޮޅު ކައުންސިލް މެމްބަރު ކަމުގެ އިތުރުން ހދ.އަތޮޅު ކައުންސިލް ރައީސް ކަމުގެ މަސްހޫލިއްޔަތު ޒިންމާދާރު ކާމާއެކު އަދާކުރެއްވިއެވެ. އެ ތަޖުރިބާގެ އަލީގައި ސަގީފު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ކުރިންވެސް އެއީ ދާއިރާއަށް ފަރިތަ މޫނެކެވެ. ދާއިރާގެ އިތުރުން އަތޮޅުގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ހަރަކާތެރިވާ ސަގީފު ރައްޔިތުންގެ މަޖިލީހަށް ނުކުންނަނީ "ތިލަދުންމަތީ ފިކުރު" މި ޝިޔާރުގެ ދަށުން، ޢަދާލަތު ޕާޓީގެ ޓިކެޓުގައެވެ

އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހާއްސަ ޕެކޭޖްތަކާއި، އަދި އެކްސްކްލޫސިވް ކޮށް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

"ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 9686700 އަށެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 06 ވަނަ ދުވަހު އެވެ.