ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވަނިކޮށް، އަނެއްކާވެސް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުއްލި މަރު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި އަހަރު ތެރޭގައިވެސް އެކިއެކި ހާދިސާތަކުގައި ގިނަ ބަޔަކު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ. ހާއްސަކޮށް ރިސޯޓުތަކުގައި ފަތުރުވެރިން މަރުވި އަދަދުވެސް ވނީ އިތުރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެޔޮޅު

    ކުއްލި މަރުތައްބަލާ ކޮމެޱީއައް އަވަހައް އަންގާ!!

  2. އެޑަމްބެ

    އެއްމެ ފުރަތަމަ އޭނަ ގެނދިޔަ އިރު ހޮސްޕިޓަލުން ބަލަންވާ ވަރަށް އެމީހާ ބަލާފައި ވޭތޯ ޖެހޭ ބަލަން. ބައެއް ތަންތަނުން އެމީހުންނާ މެދު ވަރަށް ފަރުވާ ކުޑަކޮއް ކަންތައް ކުރާތަން އެބަހުރި ފެނިފާ. ހޮސްޕިޓަލް، ކްލިނިކް، ބައެއް އޮފީސް އޮފީސް، ސަރުކާރު އަދި ޕްރައިވެޓް. އިންސާނިއްޔަތުކަން ދައްކަން ޖެހޭނެ ހަމަ ހަމަޔަށް ހުރިހާ މީހުންނައްވެސް!

    30
  3. އަލްޖިބްރާ

    އެއްވެސް މީހަކު މަރުވީމަ ދިވެހިފުލުހުންނަށް އިތުރަށް ކުރެވޭނެ އެއްވެސް ތަހުޤީޤެއް ނެތް !

  4. ޑޮކްޓަރު

    ކަނޑައެޅިގެން ބޮޑު އިހުމާލަކުން ނޫންގޮތަކަށް މަރުވުން ވަރަށް ދުރު. މައްސަލަ ބަލާފަ ޑޮކްޓަރުގެ މައްޗަށް ގިސާސްހިފާ