އެމްޑީޕީން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރުމުގެ ނިޒާމް ކަމަށާއި ވޯޓު ދިނުމުން ނޫނީ ވައުދުތަށް ނުފުއްދޭނެ ކަމަށް
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

''އެޖެންޑާ 19'' ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީސް އިންތިހާބަށް ކައިރިކޮށް ތަފާތު ވާހަކަތައް ދައްކަވަނީ ވޯޓު ހޯދަން ކަމަށާއި، ވޯޓު ދިނުމުން ކަންކަން ކުރުމަށް ކަމަށެވެ.

" ވޯޓު އަޅުގަނޑުމެންނަށް ލިބުނީމާ ދެން އެއާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ ,އެމްޑީޕީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ކަންތައްތައް ކުރުމުގެ ގާބިލްކަން މި ޕާޓީގައި އެބަހުރި , އަޅުގަނޑުމެން މި ވާހަކަ މިދައްކަނީ، ވޯޓާއި ގާތްވީމަ ވޯޓު ހޯދަން, އެމްޑީޕީން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރުމުގެ ނިޒާމް " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ޢައުލަބިއްޔަތު ނުލިބި އަތް ފައި ބަނދެވުނީމާ ވެފައިވާ ވައުދުތައް ފުއްދަން އުދަނގޫތަކާ ކުރިމަތިވާނެ ކަމަށާއި، ހެޔޮ ވެރިކަމެއް ހިންގަން އެމްޑީޕީއަށް ދަސްވެފައިވާ ކަމަށެވެ.

"އެމްޑީޕީންގެ ސިޔާސަތުތައް ތަންފީޒު ކުރަން ދުވަސްތަކެއް ނަގާނެ , އެ ކަންތައް ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން" ނަޝީދު ތަކުރާރު ކުރެއްވިއެވެ.

މީގެ އިތުރުން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ ދުރާލާ ރާވާލައިގެން ކަންތައް ކުރަން ދަސްވެފައިވާ ބޭފުޅުން ކަމަށެވެ.

ވައުދު ފުއްދަން މަޖިލިސްގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވަމުން ދާއިރު ރައީސް ސޯލިހު ވެސް ގެންދަވަނީ މަޖިލިސް މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރު ހިންގަން ދަތިކުރާނެ ކަމަށް ތަކުރާރު ކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ގާދޫނި

    ހަމަ ހިނި އަންނަނީ ބަލަ ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ އަސާސީ ބޭނުންތައް މިހާރު މިހާރަށް ނުފުދޭ ނަމަ ކޮން ވޯޓެއް ތޯ ރައްޔިތުން ދޭނީ

    56
  2. އޯހް

    ކަންކަން ނުކޮށްދޭނަމޭ ކިޔައިގެން ބިރު ދައްކާނެ ކަމެއްނެތް. ނުކުރެވެންޏާ އިސްތިއުފާ ދީފައި ގޭގަ ތިބޭ. ރައްޔިތުން އުޅެނީ ކަލޭމެން ދިނީމަ ކައިގެނެއްނޫން. މަގޭ ވޯޓް ގައިމުވެސް ތި ލާދީނީ ބައިގަނޑަކަށް ނުދޭނަން.

    67
  3. ހދ

    ވައުދުތައް ފުއްދަން ވޯޓްދޭން ނުޖެހޭނެއެވެ
    ވޯޓަކާ ވައުދަކާ އެއްވެސް ގުޅުމެއްނެތެވެ މަކަރާއި
    ހީލަތުން ވޯޓްހޯދަން އުޅުމަކީ ސަރުކާރު މާރީތިކޮށް
    ފޭލްވެއްޖެކަމުގެއަލާމާތެކެވެ.

    60
  4. އެއްލާލާ

    ގާސިމްގެ ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރުކުރަން ރައީސަށް އަރުވާ ހަދިޔާއެއް ކަމަށް އަމީން އިބްރާހިމް ވިދާޅުވާނަމަ އެ ވިދާޅުވަނީ ހަމަ ރަނގަޅަށޭ އެޖެންޑާ 19 ތަންފީޒު ކޮށްފިނަމާ ރާއްޖެ ވާނީ އިންޑިއާގެ ގޮނޑި ކޮއްކޮ އޮންނަ ސަރުކާރަކަށް ރާއްޖޭގެ އިގްތިސާދު އިންޑިއާ އިން ދޮވެލާނެއޭ ކަން މިހެން ހުރުމުން އިންޑިއާގެ އަޅުވެތި ކަމުން ސަލާމަތްވެ އިންޑިއާގެ ވަގު ހަތިޔާރު ވިއްކާ ބޮޑު ވަގަކަށް ރާއްޖޭގެ އެއާރޕޯރޓް ވިއްކާލާ ކަޓް ކާން ބޭނުންވާ ކަލޭގެ އަށް ކަޓް ކާން ނުދިނުން އެއީ ކުރަން ޖެހޭނެ ކަމެކޭ ރައީސް އިބޫ އެހެން ކިޔާނެއޭ މާދަމާ އިންޑިއާ އަށް އެމެން އެއުޅެނީ ދަރުމަވަންތަ ހޮސްޕިޓާ ވިއްކާލާ ކަޓް ކާލަން ވެގެންނޭ އެެއީ މަޖްލީސް ކެމްޕެއިނަށް ފަންޑް ހޯދަން އެމެން ގަންނަ ގަނޑެކޭ މަމެން ނުކުރާނަމޭ ގަބޫލެއް އިބޫ ދައްކާ ވާހަކަ އެއް މިހާރު ހަމަ އިންޑިއާ ސިފައިން ވެސް ބާލަން ޖެހޭނީ ކިއެއްކުރާ ހެލި ކޮޮޕްޓަރު ގަނޑެއްތޭ ތިޔާ ހެލި ކޮޕްޓަރު ގަނޑު ނަގާ އެއްލާލާ ގޮނޑަށް އެއްލާލާ އެއްލާލާ އެއްލާލާ...

    61
  5. ސައިޒްޑް

    ކެނެރީގެ ނަޝީދު ވައުދު ފުއްދަން ދުވަސް ނަގާނެ ކަމަށް އޭނާ ބުނި ނަމަވެސް އޭނާ ވެފައިވާ ވައުދެއް ވެސް ނޯންނާނެ އަދި މިސަރުކާރުގައި އޭނާގެ އެއްވެސް ހައިސިއްޔަތެއް ވެސް ނޯންނާނެއޭ މަމެން އަދި އެބައޮތޭ އެއްޗެއް ބުނަން ވެފައި ކެނެރީގެ ނަޝީދު ގާތު ރުކުމާ ވާދަ ކުރަނީ އެއީ ރައްޔިތުންގެ މަޖްލީހުގެ ގޮނޑިއަކަށް އެއީ ކެނެރީގެ ނަޝީދުގެ އަމާބަފާ ގެ ތަރިކަ މުދަލެއް ނޫނޭ މާލެ އޭރިޔާ ގެ މަޖްލީސް ގޮނޑި ތަކަކީ އަންޑަރސްޓޫޑް ގެޓް ދަ ޕޮއިންޓް ގުޑް ގުޑް ސައިޒު ގައި ތަމެން ތިބޭތި އިނގޭތޭ ސައިޒުން ވާހަކަ ދެއްކިއްޔާ މާތާހިރުވާނެއޭ މަމެން ބުނަން ނެތީމު ދޯ...

    38
  6. ތާރަބެ

    ތިކަހަލަ ވައުދު. އެއޮތީ އެތެރޭ ފްލައިޓް ޓިކެޓް އަގުހެޔޮ ކޮށްފާ. ރައްޔިތުމީހާ ތަރައްގީ ކޮށްފާ ހަދުގަދިރިއުޅެން ފޮނުވާ. ޖަޒީރާ ތަކުގައި ވަހުތާން ޖަހައިގެން ތިލަފަތުން ކިރާލަ ކިރާލަ ތިބޭ. މުޅިގައިގާ ތިއޮތްކަހުގާ ރީދޫ އުގުޅައިގެން ތިބޭ

    37
  7. އޮރިޔާންކޮރަޕްޝަނޭ

    ވައުދު ފުއްދަން އުޅޭ ބަޔަކު ވޯޓެއް ވެސް ބޭނުމެއް ނުވާނެއޭ ކަން ނުވާ މީހުން އަދި ކެޕޭސިޓީ ނެތް މީހުންގެ ހުންނާނެ ވަރަށް ގިނަ އުޒުރު ތައް މަމެންނަށް ތިޔާ ތަން ފެނިގެން ގޮސްފައިވަނީ ދަ ރާއްޖެތެރޭގެ ރަށް ރަށުގެ ކައުންސިލް ތަކުން ވެސް ވަރަށް ރީއްޗަށް މާލެ ސަރަހައްދުން ގޯތި ދޭން މަޖްލީހުގެ ވޯޓެއް ބޭނުމެއް ނުވާނެ އަދި ގާނޫނެއް ވެސް ބޭނުމެއް ނުވާނެއޭ ހުޅުމާލޭން ބިންތައް އަމިއްލަ ފަރުދުންނަށް ދީފިނަމަ ކަޓް ނުލިބޭނެއޭ އިންޑިއާ ކޮރަޕްޓް ކުންފުނި ތަކުން ކެނެރީގެ ކަޓް ޖެއްސުމުގައި ލާމަސީލު ނަމޫނާ އެކޭ އިންޑިއާގެ ވަގު ހަތިޔާރު ވިއްކާ ބޮޑު ވަގަކަށް އެއާރޕޯރޓް ދޭން ވެގެންނޭ އެޖެންޑާ 19 އޭ ކިޔާ ރައްޔިތުން ތަންޑާ އަރުވާލަން ވެގެން އެމެން އެއުޅެނީ މިހާރުވެސް ސަރުކާރުގެ ރިސޯރސް ނަހަމަ ގޮތުގައި ބޭނުން ކުރަނީ ކެނެރީގެ ނަޝީދު ނޫންތޭ އެއީ ވެސް ސީދާ އޮރިޔާން ކޮރަޕްޝަން ނޫން ދެން ކޯއްޗެއްތޭ...

    25
  8. ޙައްގުބަސް

    އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ދޭނެކަމެއްނެތް! މިއީ އަޅުގަނޑުގެ އެދުން! އެމްޑީޕީގެ މެމްބަރުންނަށް ވޯޓްދީގެން ބޮޑު އަގުލަބިއްޔަތަކާއެކު މަޖްލިސްތެރެއަށް އެބައިގަނޑަށް ވަދެވިއްޖެނަމަ މިގައުމަށް ވަރައް ނުރައްކާވާނެ! އެއީ ކުރީގެ ރައިސް ނަޝީދުގެ ލާދީނީ އެޖެންޑާ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެ! އޭނާވެސް މަޖްލީހުގައި ހުރެގެން! މިކަން ކަން ކުރާނީ ގާނޫނުތަކަށް ބަދަލު ގެނަސްގެން! ގައުމަށް ހެޔޮއެދޭ ބަޔަކު ގޮވަމުންދާ ގޮވެލި ފައްޗަށް ނުބަލާ މިމީހުންނަށް ވެރިކަމާ ކަންކަން ޙަވާލުކުރީމަ ވާގޮތް ނުވަތަ ކަންކުރިގޮތް އެބަ އެނގޭ ނޫންތޯ؟ އަދިވެސް ހޭއަރާކަށް ނުވޭތޯ؟ ގައުމުގެ މިނިވަންކަމާ ސިޔާދަތާ، އިސްލާމް ދީނާ އަދި ގައުމުގެ ތަރައްގީއަށްވުރެން ބޮޑަށް އިސްކަންދޭންޖެހޭ ކަމެއް އޮވެގެންނުވާނެ! މިހާރުވެސް މިފެންނަނީ ގައުމުގެ ކުރިއެރުން ބޮޑުތަނުން މަޑުޖެހި ގައުމުގެ އިސްތިގުލާލާ ހިތުހުރިގޮތަކަށް ބަޔަކު ކުޅެން ފުރުސަތު ދީފައިވާތަން! މިކަމުން އަރައި ގަނެވޭނީ މިފަހަރުގެ މަޖްލިސް އިންތިޚާބުގެ ގިނަ ގޮނޑިތައް އިދިކޮޅަށް ދީގެން!

    49
  9. ދިސްވޭ

    ކެނެރީގެ ނަޝީދު އަތް ފައި ބަނދެވިފައޭ އެބުނަނީ އެއީ އޭނާ އަށް ވެސް ބައި އަޅާނެ އުސޫލުން ވެލާނާ އެއާރޕޯރޓް ޖީއެމްއާރު ދުލި ބަދަލު ކޮށްގެން އައިސް އެހެން ނަމެއް ގައި އައުމުން އެމެންނަށް އެއާރޕޯރޓް ހިބައިން ވިއްކާނުލެވޭތީއޭ ދެން ދަރުމަވަންތަ ހޮސްޕިޓާ މާދަމާ އިންޑިއާ އަށް ކުޑަ އަގެއްގައި 2000 އަހަރަށް ވިއްކާލަން އެއްބަސްވުމުގައި ސޮއިކުރަނީއޭ މީ ރައްޔިތުންގެ މަޖްލީހަށް ވާނުވާ ނާންގާ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން އޭނާ ކުރާ ކަންކަމޭ މިފެންނަނީ ރައްޔިތުންގެ މާލިއްޔާ އާއި ހަރުމުދާ އިންޑިއާ އަށް ވިއްކާލާ އޭނާ ގޮނޑި ކޮއްކޮ ސަރުކާރުގެ ބޮޑަކަށް ހުންނާން ކުރާ މަސައްކަތް ތަކޭ އިބޫ އަކީ އަމިއްލަ އަށް އެއްވެސް ކަމެއް ފެނިގެން އެގިގެން އިސް ނަގައިގެން ކުރާ މީހެއް ނޫނޭ އެހެންވެއޭ ރަސްފަންނުގައި އަޅަން ހުރި ފްލެޓްސް ތައް ވެސް މާތޮޑާ އަސްލަމް ވެސް ހަސަދަ ވެރިކަން ކުރިއަށް ނެރެގެން އެމެން މާތޮޑާ އަށް އެފްލެޓްސް ތައް ބަދަލު ކުރީ..

    37
  10. ވިސްނާ

    2012 ފެބްރުއަރީ 08ވަނަ ދުވަހު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެމްޑީޕީން ދައްކައިދީފި އެމްޑީޕީން ގެންގުޅޭ ނިޒާމް. އާދެ! އެއީ ރައްޔިތުންގެ މުދަލުގައި ހުޅުޖެހުމުގެ ނިޒާމު. މީގެ އިތުރުން ﷲ ޙަރާމްކުރެއްވި ކަންތައް ޙަލާލު ކުރުމުގެ ނިޒާމުވެސް މިމީހުންގެ ތެރޭގައި އޮވެއެވެ. ހިތުން މިމީހުން ގޮންޖަހަނީ ދީނީ ޢިލްމުވެރިންނަށެވެ. އެކަމަކު ހަޤީޤަތުގައި އެމްޑީޕީގެ ބޮޑުން ގޮންޖަހަމުން އެދުވަނީ ހެއްދެވި ފަރާތަށެވެ.

    29
  11. ނުދޭތި

    ގާސިމްގެ ނިންމެވުން އެއީ ޕީޕީއެމް އާއި ޕީއެންސީ އާއި ގުޅިގެން މަޖްލީސް ކާމިޔާބު ކުރުން މަމެންގެ ބެކް އޮފް މައިންޑް ބުނަނީ އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ ވަކިވެގަތުމަކީ އެއީ ނިކަމެތި ކަމެކޭ މިހާތަނަށް ގައުމަށް ވަރަށް ގެއްލުން ހުރި ކަންކަން ކޮށްފައި ހުރި މީހެއް ކެނެރީގެ ނަޝީދު އަކީ ސަބަބަކީ އޭނާގެ ވެރިކަމުގައި އެއާރޕޯރޓް ރީއްޗަށް ހިނގަހިނގާ އޮތްވާ އޭނާ އަށް ވެސް ކަޓް ލިބޭނެ އުސޫލުން އިންޑިއާގެ ކޮރަޕްޓް ފަގީރު ކިބަޅި ކުންފުންނަކަށް އެއާރޕޯރޓް ވިއްކާލީ ކެނެރީގެ ނަޝީދު އެއީ ދިވެހި ގައުމަށް ގައްދާރުވެފައިވާ ދިވެހި ގައުމަށް ބަތާހަރާމީ ވެފައިވާ ދިވެހި ގައުމަށް ހަރާމްކޯރުވެފައިވާ އަބޫ ޖަހުލު ދަރިކޮޅުން އައިސް ފައި ހުރި ރާއްޖޭގެ އަބޫޖަހުލޭ އޭނާ ބުނާ ގޮތަށް ހެޔޮނުވާނެއޭ ވޯޓް ދޭން އޭނާ ބުނާ ކެންޑިޑޭޓުންނަށް ހެޔޮނުވާނެއޭ ވޯޓް ދޭން ހެޔޮނުވާނެއޭ ވޯޓް ދޭން ނުދޭތި ނުދޭތި ނުދޭތި...

    22
    2
  12. ނަފާ

    މިވެސްވާނިވޮތައްނުފުޒުފޮރުވުމައް ސަރުކާރުންބެނުމިއްޔާ ކަންތައްކޮށްދެވެނެ

    16
  13. ކިއެއްވެތޭ

    އަތް ފައި ބަނދެވި ވައުދު ނުފުއްދޭނެއޭ ކިޔާ އުޒުރު އެ ދައްކަނީ އެއީ ކަންކަން ކުރަން ނުދަންނަ ކަނޑުކޮހުން ދައްކާ ޒާތުގެ ވާހަކަ ތަކޭ މަޖްލީސް ބޭނުމެއް ނުވާނެ އެމްޑީޕީން ވެފައިވާ ވައުދު ތައް ފުއްދަން ކަނޑުކޮސް ނުގޮވާ ކެނެރީގެ ނަޝީދު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ގިނައިން މަސައްކަތް ކުރުވަނީ އެއީ އެމްޑީޕީގެ މެމްބަރުން ފުރަތަމަ އެކަން ހުއްޓުވަންވީ އެއީ މިހާރު ހުރި ގާނޫނު ތަކުން ކުރެވޭނެއޭ ޕޮލިހާއި އެކަން ހަވާލު ނުކޮށްގެން އުޅެނީ

    21
  14. ޖަމާލު

    މުއްސަނދިންގެ އަތުން ޓެކްސް ނެގުން، އެންމެ ކުޑަ އުޖޫރަ، މަހަށް ހަމައަގު، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުން، މުއައްސަސާތައް ޖުޑިޝަރީ މިނިވަންކުރުން. އެޖެންޑާ ނަވާރަ ހަޖަމެއް ނުވާނެ ރައްޔިތުންނަށް ހެވެއް ނޭދެންޔާ

    2
    16
  15. ރަސީދު

    ވޯޓެއް ނުދޭނަން އެމްޑިޕާހެ މީހަކައް

    26
  16. ޏަލަ

    ބަސް އެހީޔާ ނޫނީ ކާންނުދޭނަން، މީ މިނުލަފާ ނަޝީދުގެ އުސޫލް، ވޯޓް ދިނުމުގެ ކުރިން ވިސްނާލާ

  17. ސަޓޯ

    ވޯޓުދީގެން ފެއިލްވި ބީތާއެއް ކަލެއަކީ

  18. ޥަޢުދު

    އެހެންވީމަ ދޮގު ވަޢުދު ތަކެއް ވެގެންނެއްނު ވެރިކަމު އަރާ ތިޔަ އުޅެނީ! ވެރިކަން ނުލިބޭހާއިރު ވަޢުދުތަށް ފުއްދޭ! ވެރިކަން ލިބުނީމަ ވަޢުދު ނުފުއްދޭ. މަކަރާ ހީލަތް.

  19. ނުވާނެއޭ

    ކަންކަން ކުރަން ދަންނަ މީހުން މާ ބޮޑު ބަހަނާ އެއް ނުދައްކާ ކަންކަން ކުރާނެއޭ މަމެން ތިއޮތް ބޮޑު ބްރިޖް އަޅާލީ އެއީ ރައްޔިތުންގެ މަޖްލީހާއި ނުބައްސައޭ މަޖްލީހުގެ މެމްބަރުންނާއި މަމެން ނުބައްސަން އެކަމެއް ދެން އެއޮތް ބޮޑު ހުޅުމާލެ 2 ހިއްކާލީ މަޖްލީހުގެ މެމްބަރުންނާއި ބެހޭ ކަމެއް ނޫން ދެން އެމްޓީސީސީ އަށް މަހާޖައްރާފެއް ގަނެގެން ގެނައީ މަޖްލީހާއި ބެހޭ ކަމެއް ނޫން އެއާރޕޯރޓް އޭ 380 ޖެއްސޭ ފެންވަރުގެ ރަންވޭ އަކަށް ހެދީ މަޖްލީހާއި ބެހޭ ކަމެއް ނޫން

  20. ޝަމީން

    ވައުދޭ ތިޔަ ކިޔަނީ އެއްޖިންސުން ގުޅުން ހިނގާ މީހުންނަށާއި މުރުތައްދުވީ މީހުންނައް ކޮއްގެން އުޅޭ ވައުދުގެ ވާހަކަތަ..؟

  21. ކަމެއްނޫނޭ

    ކެނެރީގެ ނަޝީދަކީ އެއީ ކަންނުކޮށް ނަންވާން ދަންނަ މީހެކޭ އާސަންދަ ވެސް ދޭން ހަމަޖައްސާ އެކަން ގާނޫނުން ފަހި ކޮށް ދިނީ އެއީ ރައީސް މައުމޫނު ދެން ތިޔާ ވަރުދައްކާ ގެސްޓް ހައުސް ވިޔަފާރި ވެސް މާފުށީގައި ފެއްޓީ އެއީ ރައީސް މައުމޫނު އެކަމަކު ކެނެރީގެ ނަޝީދު މެޑަލް ޖަހާލަނީ އެއީ ތިމަންނާ ކުރި ކަމެއްގެ ގޮތުގައި އެއީ އޭނާ ކުރި ކަމެއް ނޫނޭ ދެން މުސްކުޅިން ނަށް ދޭ އިނާޔަތް ވެސް ގާނޫނަކުން ހަމަޖެއްސީ އެއީ ވެސް ރައީސް މައުމޫނު އޭ ކެނެރީގެ ނަޝީދު ކުރި

  22. ޢަލީ

    ކިތަންމެވަރަކަށް ވައުދުވިޔަކަސް ނުފުއްދޭނެ، ލާރިއެއްނެތް، ލާރިހޯދާކަށްވެސް ނޭނގޭ. ދެން އުޒުރުދައްކާދައްކާތިބޭނީ، އަހަރެމެން މިވާހަކަ ރިޔާސީ އިންތިޚާބުގައިވެސް ދެއްކިން، ރައްޔިތުންނޭ ދެންވެސް ވިސްނާ ފިކުރުކުރޭ، އިންޑިއާއިންނާއި އެމެރިކާއިން ދިން ލާރި ޗައިނާއަށް ދެއްކީ، ޗައިނާއާ ގުޅުން ކަނޑާލާމަތިން ދިން އެއްޗެއް އެއީ، އެއަކުން ކުރި ފައިދާއެއްނެތް.

  23. މަހަށްދޭބަލަ

    ގާސިމް އިބްރާހިމް ދަ ވަން އެން އޮންލީ ޓައިޓޭނިއަމް ޕްލޭޓެޑް ސިޔާސީ ލީޑަރު މަމެން ޕިންކީންގެ ވަންއެންއޮންލީ ގޯލްޑް ޕްލޭޓެޑް ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އާއި ގުޅުން އެއީ މިގައުމުގެ މިނިވަން ކަން ފޭރިގަންނާން އިންޑިއާއިން އުޅޭ އުޅުން ތަކަށް ނިމުން އައި ދުވަހޭ ކުދިންނޭ ތަމެން ރަންރީނދޫ ޒީރޯ ޓޮލެރެންސޭ މެން އުފާނުވޭތޭ މިކަމާއި ނޫނޭ އުފާވަމޭ އެހެންތޭ އުފާނުވެ ކޮންތާކަށްތޭ ދާނީ މީ މަމެންގެ ގައުމު ވިއްޔާދޯ ތަމެން ދެން މަހަށް ދޭބަލަ..

  24. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ކީއްވެހޭ ވެރިކަން ލިބުމުގެ ކުރިން ތިވާހަކަ ނުދެއްކީ؟ މުޅިން މަކަރުން މީހުންގެ ސިކުނޑިދޮވުމުގަ!!! މިހާރު ތިހިރީ ތިވާހަކަނުދައްކާ ވައުދުތަކެއް ވިއްކައިގެން މަކަރުން ވޯޓުހޯދައިގެން ވެރިކަންލިބިފަ!!! ދެން މިހާރު އެ ވައުދު ފުއްދަން މަޖިލިސް ލިބެންޖެހެޔޯ!!! މުސީބާތެއްނުމީދެން!!! ކީއްވެހޭ އެވައުދުތައް ފުއްދޭނީ މަޖިލިސްވެސް ލިބިގެނޭ އޭރުނުކީ!!! މިމަކަރު އެމްޑީޕީން ދައްކާ ވާހަކައިގެ އަވައިގަ ރައްޔިތުން ނުޖެހުމަށް ގޮވާލަން!!! މަޖިލިސް ލިބޭއިރަށް ބަރުލަމާނީ ނުލިބެންޏާ ވައުދު ނުފުއްދޭނެކަމަށް އަނެއްކާ ގޮވާނެ!!! ރައްޔިތުން ހޭއަރާ މި ކަނެރީގޭ ސޮހޮލަށް ނޫނެކޭ ބުނޭ!!!

  25. ޑޮން

    ޢަޅާ ނުލާ އަހަރުމެން ވައުދެއް ބޭނުމެއް ނޫން ބޭނުމީ ވައްޓާލަން ތި އިސްލާމް ދީން އާއި އިދިކޮޅު ސަރުކާރު.

  26. ސާބަސް!

    އަނެއްކާ ފަހުން ތިބުނި އެތީގެ މާނަ އޮޅުވާލައިފާ ބުނާނެ މަބުނަން އުޅުނީ އެހެން އެއްޗެކޭ! ބޭފުޅާ މިދުވަސްކޮޅު ހިނދުކޮޅުގަ ހުރެވޭވަރުން ބުނެފަ ނުބުނެވޭ އެއްޗެެއް ނޭގިގެން ތިއުޅުއްވަނީ، އިސްތިއުފާދެއްވާފަ އަނގައިގަ ޓޭޕް އަޅުއްވައިގެން ގޭގަ މަޑުން އިންނެވުމަށްއެދެން. ތޭންކްސް.

  27. އިނގެއޭއިނގެއޭ

    ކަންކަން ކުރަން ނުދަން މީހުން ކަން އެމްޑީޕީގައި ތިބެނީ އިނގޭ ވަރަށް ރީއްޗަށް މިހާރު ބިޑް ކޮށްފައިވާ ފާޚާނާ އާއި ބޯފެނުގެ ނިޒާމްގެ ބިޑް ޑޮކިއުމެންޓް ބަލާލުމުން ކުދި ކުދި ރަށްރަށުގައި ފާޚާނާ ހޮޅި ވަޅުލަން 18 އެކްސްކަވޭޓަރު ކޮންމެ ރަށަކަށް އޯވަރ ހެޑް ކްރޭން 25 ޓަނުގެ 10 ކްރޭން 100 ފޯރކް ލިފްޓް އަދި 10 ކޮޅުވެއްޓި ބޭނުންވާ ކަމަށް ބިޑް ޑޮކިއުމެންޓް ގައި ލިޔެފައި އޮތުން އެއީ ކަންކުރަން ނުދަންނަ ބަޔަކު ތައްޔާރު ކޮށްފައިވާ ބިޑް ޑޮކިއުމެންޓެއް ކަން އިނގޭ