ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާގެ ނަައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިވާ ދަޑިވަޅެއްގައިއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ވިސާމްގެ ކެމްޕެއިން ހަފުލާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ ފައިސަލް ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނާ ގާތް އަދި ރައްޔިތުންގެ "ވިންދު" ދަންނަ ބޭފުޅެއް ކަމަށެވެ.

" ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ " އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ނަައިބު ރައީސް ވިދާޅުވީ މި ސަރުކާރު އައީ އެންމެ ބޭނުމެއްގައި ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ.

" އިސްލާހަށް މަސައްކަތް ކުރުމަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަންޖެހޭ ކަމެއް ނޫން, ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަަކަށް ވާގިވެރިވާން ޖެހޭ،" ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ލީޑަރު ގާސިމްގެ އަނބިކަނބަލުން، އަދި ޓޫރިޒަމް މިނިސްޓަރު އައިޝަތު ނަހުލާވެސް ވަނީ ގާސިމްގެ ނިންމުމާ ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނޫނު

    ކޮބާ ވެރިކަމުގަ އިއްޒަތާ ޖާހާތު މަސްތު ފެންނަނަ ފެށީ، ފަނާކޮށް ރައްޔިތުމީހާ ދިފާއުކުރަން ވެރިކަން ވެށީ. އަސްލު ކުލަ ދެން އަރަން އެއުޅެނީ ބަލަން ތިބެމާ ދޯ

    31
    4
  2. ލަބީބު

    ރައީސް ޔާމީން ވިދާޅުވި ވާހަކަ ތެދަކަށްވާން އެ އުޅެނީ! ދެން މިކަލޭގެ ފެންނާނީ ގޮށްރީނދޫވެފަހުއްޓާ! ބަލަން ތިބެބަލަ! ޤާސިމުގެ މިލްކިއްޔާތުން 120 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކަލެޔަށް ތިހާހަމަޔަށް އާދެވުނީ! ލަދުގެންބލަ !

  3. ނޫނޭނޫނޭ

    ކަންކަން ކުރަން ދަންނަ މީހުން މާ ބޮޑު ބަހަނާ އެއް ނުދައްކާ ކަންކަން ކުރާނެއޭ މަމެން ތިއޮތް ބޮޑު ބްރިޖް އަޅާލީ އެއީ ރައްޔިތުންގެ މަޖްލީހާއި ނުބައްސައޭ މަޖްލީހުގެ މެމްބަރުންނާއި މަމެން ނުބައްސަން އެކަމެއް ދެން އެއޮތް ބޮޑު ހުޅުމާލެ 2 ހިއްކާލީ މަޖްލީހުގެ މެމްބަރުންނާއި ބެހޭ ކަމެއް ނޫން ދެން އެމްޓީސީސީ އަށް މަހާޖައްރާފެއް ގަނެގެން ގެނައީ މަޖްލީހާއި ބެހޭ ކަމެއް ނޫން އެއާރޕޯރޓް އޭ 380 ޖެއްސޭ ފެންވަރުގެ ރަންވޭ އަކަށް ހެދީ މަޖްލީހާއި ބެހޭ ކަމެއް ނޫން

  4. މަސްވެރިޔާ

    ފައިސަލް ނރ .ކަންލިބުނީ ޤާސިމް ދެއްވި ފުރުސަތަކުން. ދުވަހަކުވެސް ބަޔަކް ހީނުކުރާނެ ފައިސަލް ނރ.އަތުވެދާނެކަމަށް. ރިޔާސީ ނިޒާމެއްގައި އަދި އެންޓި ޑިފެކްޝަން އެކްޓްއެއް ނެތް ޤައުމެއްގައި ވެރިކަމުގެ ހުރި މީހާ ނިސްވަތްވާ ޕާޓީއަކަށް މަޖުލިސް ލިބެންޖެހޭތޯ.. ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖްލިސްގެ މެންބަރުން ވަކި ޕާޓީއަކަށް ނިސްބަތްވުމަކުން މަޖުލިސްތެރޭ ކުރެވެނީ ކޮންކަމެއްތޯ. އަދީބު ނރ.ގެންނަން އެމްޑީޕީގެ ކިތައް މެންބަރުން ވޯޓް ދިންތޯ. އެއީ ޕީޕީއެމް އިން ހުށަހެޅި ބިލެއް. ނަމަވެސް އަދީބް ރީތިކަމުން ހަމަ ވޯޓް ދިނީތޯ.. ނުވަތަ އެހެން ކަމެއްވީތޯ.. ދިވެހި ހުރިހާ ރައްޔިތުންނަށް އިނގޭ ވީގޮތް..

  5. ޔަސީލް

    ތިހާ ފާޅުކަން ބޮޑުގޮތުގަ ހަރާމްކޯރު ވީމަ މީހާގެ އަގުވެއްޓިޖެއެވެ. ދެން ކިތަންމެވަރަކައް މާ ޑީސެންޓުކަމައް ދައްކަންށާއި އަމާނާތްތެރި އަދި ވަފާތެރިކަމައް ދައްކަން އުޅުނަސް ހަމަ ޣައްދާރަކައް ނޫނީ ނުވާނެއެވެ. ކުރީގެ މިނިސްޓަރު ސައީދައްވެސް ވީ ތިޔާހެންނެވެ. މި ވަރު މީހަކައް ރައްޔިތުންނައް ކޮން އިޚުލާސްތެރިކަމެއް ދެވޭނީ..އަމިއްލަ މަސްލަހަތު ދިނާވާކޮންމެ ކަމެއްގަ ރައްޔިތުންނައްވެސް ހަމަ މިބީދާއިނ ހަރާންކޯރުވާނެ.

  6. އަޖައިބު

    ތިޔަ ދަންނަވަނީ އެމް.ޑީ.ޕީ ކެނޑިޑޭޓުންގެ ވާހަކަތޯ ނޫނި ކޯލިސަން ކެނޑިޑޭޓުންގެ ވާހަކަތޯ!

  7. ހުސައިން

    ވަޒީރުކަން ލިބުނީމަ ކިޔަނީ އެހެން އެއްޗެއް. ވަޒީރުކަން ނުލިބިތިބިމީހުން ކިޔަނީ އެހެން އެއްޗެއް. ވަޒީރުކަން ނުލިބިތިބިނަމަ ކިޔާނީ ވަޒީރުކަން ނުލިބިތިބިމީހުން މިހާރު ދައްކާވާހަކަތައް. އަދި ނުލިބިތިބިމީހުންނަށް ލިބުނުނަމަ ކިޔާނީ މިހާރުލިބިފައި ތިބޭމީހުން ދައްކާވާހަކަ. ރައްޔިތުންނަށް އެނގޭ ތިވާގޮތް. ރައްޔިތުންނަށް ކަންތައްކޮށްދޭންއުޅޭމީހުން އިރުއިރުކޮޅާ ކޮޅު ބަދަލުވީމަ ރައޔިތިންނަށް އެނގޭ ތިވާނުވާގޮތް!

  8. ރާއްޖެތެރެ

    އަދިވެސް މީނައަކަ އެމްޑީޕީ ދަސްނުވޭ. ފައިސަލް ބޭރުކުރާނެތިތަނުން.

    12
    2
  9. Anonymous

    ލަދުހަޔާތް ކުޑައީ ދޯ

    12
  10. އައްޑޫ މީހާ

    ކަލޯ ތީ ރަމްޒީ މަގާމެއްގަ ވަކަވެފަހުރި މީހެއް ޖެހޭ ރޯޅިއަކުން ކަލޯ ވިއްސައިގެން ބުރައިގެން ހިގައިދާނެ މަގަަމުގެ ދަހިވެތިކަމުގަ ކަލޯ ތިހެން އުޅުނަސް ކަލޯއަކީ ޖޭޕީގެ ފަރާތުން އައިސްހުރި މީހެއް ކިތަންމެ ވަރަކަށް އުޅުނަސް އެމް.ޑީ.ޕީ މީހުންގެ ހިތުގަ ކަލޯއަށް ނަފްރަތު އޮންނާނެ

    15
    1
  11. ހަމީނާ

    ހަރާންކޯރުވުމަކީ މިހާރު ނާއިބު ރައީސުންނައް ވާޖިބު ކަމެއް ދޯ.. ފައިސަލް.. ކަލޭވެސް ދެން ތިޔަ ޖައްސައިގަތް ވައްތަރެއްދޯ.. ކާންދިން އަތުގަ ދަތްއަޅާފައި ބޭޒާރުތިޔަވެގަތީ މީހުންގެ ފަރާތުން ގަދަރާއި ސަނާއާއި ހެޔޮދުވާ ލިބޭނެކަމައްތޯއެވެ. ކަލެޔަކައް ނުވިސްނޭދޯ ހަރާމްކޯރުވާމީހުން ދެކެ އެންމެ ޅަކުއްޖާވެސް ރުޅިއާއި ނަފުރަތުކަން ކުރާނީ..

  12. އަބޫ އަމް

    ޢަހަރެމެްނަކީ މުސްލިމުން. ކަލޭ ޅަ އީ ނޫނީ ކަލޭ ގަމާރީ!! ޢިސްލާމް ދީން ނޫން އެހެން ދީނެއް ބޭނުން ނޫން. ޢެއްވެސް ކުޅި ކުޅިއެއް ބޭނުން ނޫން. އެޖެންޑާ 19 އަކީ މިކަންތައްތަކުގެ ފެށުން. ކަލޭ ތި ހިރީ ޒުވާން ދުވަސްވަރު ބޮޑު ޖާހެއް ލިބުނީމަ ހިލާލީގޭގަ މަސްތުވެފަ ލިބޭ ޝަރަފަކާ ހެދި. ކަލެއަށް ނޭގެ ﷲ ކަން މީހުންނަށް އުފަލާއި އަރާމް ދެއްވާ އެ ނިގުޅައި ގަންނަނީވެސް. ސާލިހަކަށް ނެތް އިތުރު ގޮތެއް ނަޝީދު ބިނާގޮތް ހެދުން ނޫން ހޮތެއް. އޭނާ އަކީ އަކުރު ނުދަންނަ މީހެއް . ދެވަނަ ކަމަކަށް ގައުމެއް ހިންގޭވަރުގެ ލަޔާގަތެއް ހުރި މީހެއްނޫން.!! މިގައުމް މިހާރު މިދަނީ އިންޑިޔާ ބުނާގޮތަށް ހިނގަމުން. ކަލޭ ރައްކާވޭ!!