ކުރިއަށް އޮތް ތަނުގައި ފްލެޓް ހޯދަން ސަލާން ޖަހަން ނުޖެހޭ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ''އެޖެންޑާ 19'' ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދުނުމަށް ސަރުކާރުން މަސައްކަތް ކުރާނީ އަތްފޯރާ އަގުގައި، ބާޒާރުން ފްލެޓް ގަންނަން ލިބޭ މާކެޓެއް ގެނައުން ކަމަށެވެ.

" ބާޒާރުން އެފްލެޓް ގަންނަން ޖެހޭނީ. ސަރުކާރުން ކޮށްދޭންޖެހޭނީ އެކަމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ލޯނު ނެގުމަށް ބޭންކަށް ދިޔާމަ ވެސް ބޭންކް އިންޓަރެސްޓް ރޭޓް ވެސް އެމީހާއަށް އެދެއްކޭވަރެއްގަ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކަންކަމުގައި ހަމަހަމަ އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމަށާއި, ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރު އޮފީހެއްގައި ކިޔުޖެހެން ޖެހެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ފްލެޓް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ސަލާން ޖަހަން ޖެހޭ ސަގާފަތް ރާއްޖެއިން ނައްތާލަން ޖެހޭ ކަމަށާއި އާއިލާއެއް އުފެދުމުން ސަރުކާރުން އެ މީހާ ދިރިއުޅޭ ގޯއްޗެއް ދިނުމީ ބޯދާ ޒަމާނުއްސުރެއް އޮންނަ އުސޫލު ކަމަށާއި، ނަމަވެސް މާލޭގައި މި ފުރުސަތު ނެތް ކަމަށެވެ.

"އެހެންކަމުން ފްލެޓް ގަންނަން މަޖޫބޫރު,ފްލެޓް ގަންނަން ބޭނުންވާ އެތައް ބަޔަކު ބޭނުންވާއިރު، ފްލެޓްތައް ހުރީ ގިނަ މީހުންނަށް ގަނެވޭ އަގެއްގައި ނޫން " މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވަނީ ހަމައެކަނި ނިކަމެތިން ނޫން ކަމަށާއި، މުއްސަންދިން ވެސް ފްލެޓް ބޭނުންވާ ކަމަށެވެ.

"މިހާރު ހުރި އަގުގައި ފްލެޓް ގަނެވެނީ ހަމައެކަނި މުއްސަންދިންނަށް ނިކަމެތިންނާއި، މެދުފަންތީގެ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވޭ، އެ ފަރާތްތަކަށް ފްލެޓް ގަނެވޭ އަގަށް ތިރިކުރަންޖެހޭ " އަސްލަމް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރޯ

    ތިޔަ ކަމެއް ކަލޭމެންނަކަށް ނުވާނެ ، އަދި ދިވެހިންނަކީ ފަގީރު ބައެއް ސޯސަލް ހައުސިން ދިވެހިން ބޭނުންވޭ.

  2. ރަސީދު

    ރައިސް ޔާމިނު ވެރިކަމުގާ މިހާރު އަލަމުން އެގެން ދަނީ ލަގުޒަރީ އެޕާޑުނެން ޓުތައް ނުއްސަދިންނައް ސޯސަލް ހަައުސް ތައް އާދައިގެ މީހުން ނައް

  3. އިޑިއަޓް

    ގަންނަން ލިބޭ މިހާރުވެސް . މީހުނަށް ގަނެވޭ ވަރަށް ވުރެ ފެންވަރު މަތީ

  4. ފްލެޓް

    ހިލޭ ލިބެން ހުރުން އަމާޒަކަށް ވާންވީ

  5. އައްޑޫ މީހާ

    ކަލޭ ފިހާރައިން ކޮތަޅަކަށްލާފަ ވިއްކަން ވީނުން ކުދި ފްލެޓްތަކެއް ހަދާފަ އޭރުން ވެދާނެ ތިކަން