ފަޅު ހިއްކައި މާލެ އާ ގުޅީ ފަޅު ގުޅުވާލުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިންގެ އެޖެންޑާ 19 ޕެނަލް ޑީސްކަޝެންގައި ބައިވެރި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް މި ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވި އިރު، މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ބުރިޖަކުން ގުޅުވާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނިމިދިޔަ ރިޔާސީ ކެމްޕެއިންގައި ރައްޔިންނަށް ވި ރިޔާސީ ވައުދެކެވެ.

" އަޅުގަނޑުމެންގެ ވިސްނުމުގެ އެބައޮތް ގުޅީފަޅު ހިއްކުން ވެސް. މާލެ އާ ގުޅުވާމުން ވެސް ފުލެޓް ހައްގުވާ ބައެއް މީހުން ހުޅުމާލެ އިން ފްލެޓާއި ގޯތި ބޭނުންވާ އިރު، ގުޅިފަޅުން ފްލެޓާއި ގޯތި ބޭނުންވާ ބަޔަކު ވެސް އެބަތިބި " ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ފަސް އަހަރު ނިމިގެންދާ އިރު، މާލެއަކީ އަންނަން ނުޖެހޭ ތަނަކަށް ހަދާނެ ކަމަށެވެ.

" ކުރީގެ ސަރުކާރުން ފްލެޓު ދިން ގޮތް ބެލުމަށް އުފެއްދި ކޮމިޓީން ވީހާ ވެސް އަވަހަށް ފުލެޓް ހައްގުވާ ފަރާތްތަކަށް އެބަދަލު ދިނުމުގައި ގޮތެއް ނިންމާނެ " ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކަމާލް ހަސީނާ

  އިތުރު 5 އަހަރެއް ބޭނުންނަމަ މިހާރު ތިމަސައްކަތް ފަށަންޖެހޭ ލަސްނުކޮށް އިބޫ..

  5
  3
 2. އާމިރު

  ތިޔައީ ރައީސް ޔާމީންގެ ތަޞައްވުރެއް! އަމިއްލައަށް ކަމެއް ކުރަން ނޭގުމާ ފަންޑުހޯދާނޭގޮތެއް ނޭގުނީމާ އެހެން މީހެއްގެ ތަޞައްވުރު ތިޔަ ވަގަށްނަގަނީ! ތިކމެއް ކަލޭމެންނަކަށް ނުވެސް ވާނެ!

  10
  6
 3. ެރައްޔިތު

  ކަލޭނޭ..! ރައްޔތުން ވާނުވައްދައި ތިމާމެންނަށް ވާވަރު ކަންތަކުގެ ވާހަކަ ދައްކަބަލަ..! މިސާލަކަށް "ގުޅިފަޅު ކޮމިޝަން"، "ތިލަފުށި ކޮމިޝަން"، "ވިލިމާލެ ކޮމިޝަން"..! ރައީސް ޔާމީން ދާލަން އެޅުއްވިޔަކަށް އެއީ ކަލޯމެންނާ އެކަށިގެންވާވަރު ކަމެއްނޫނޭ ބަލަގަ..!

  11
  5
 4. ހުސޭނުބޭ

  ފެބްރުއަރީ 10 ވަނަ ދުވަހު ވަޢުދުވީ ބުރިޖެއް އަޅާނަމޭ، މިއަދު ބުނަނީ އެއީ ވިސްނުމެކޭ، މާދަމާ ބުނާނެ އެއީ އަދި ހުވަފެނެކޭ! ކަލޭމެންނަށް ކުރަން އެނގޭ އޮތީ އެންމެ ކަމެއް! އެއީ ބައިތުލް މާލުގައި ހުރި ރައްޔިތުންގެ ލާރިތައް ބަނޑުއެޅުން!

  17
  3
 5. މަންޖެ

  ކޮންމެ މީހަކަށް ގުޅީފަޅުން 500 އަކަފޫ ބިންކޮޅެއް އެއްމިލިޔަނާ އަދި ދެމިލިޔަނާ ދޭތެރޭ އަގަކަށް ވިއްކަބަލަ ކެރެންޏާ! މާގިނަޔަކުންނޫން އެންމެ 2000 ގޯތި !!!!

  7
  1
 6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އެކަމަކު މަޖިލިސް ލިބިހެނެއްނު ތިކަން ވާންއޮތީދޯ؟ އިނގިރޭސިވިލާތާ ދޭތެރޭވެސް ބުރިޖުއަޅަންވާނެ.. އެކަމަކު މަޖިލިސްލިބިގެން.. އަދިވެސް އަތާފަޔާ ޖަހާ.. އަދި ކުރިއަށް އޮތްތާ ތިކަހަލަ ކިތެންމެ މޮޅުވާހަކައެއް އަޑުއިވޭނެ.. އެކަމަކު އެކަންކަން ވާނީ އެމްޑީޕީއަށް ވޯޓުލިބިގެންދޯ؟ ރައްޔިތުން ގަޅިހައްދަންނޫޅޭ.. މިހާރުދެން ތިޖައްސަނީ ބޮޑުއެތި.. އަދި މޮޅުވާހަކައޮތީ ކުރިޔަށް.. ރައްޔިތުން އަޑުއަހަހަން ތިބޭ..

  12
  1
 7. ޑައެލޯގް

  ރީދޫ ކުދިން ބުނެދީބަލަ މާލެ ނައިސް ހަދާނެގޮތެއް، އެއްވެސް ރަށެއް އާބާދީއެއް ނެތި ކުރިނާރާނެ، 300 މީހުން އުޅޭ ރަށަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް އަޅަންވެއްޖެނަމަ ކިހިނެއް އެހޮސްޕިޓަލް ހިގާނީ، މިއުޅެނީ އާބާދީގެ ސަބަބުން ޓްރީޓޮޕްވެސް އެފެންވަރުގައި ނުހިންގިގެން

  12
 8. ޜާބިޔާ

  ތިޔައީ ޔާމީނުވެސް ކުރަން ރާވާފަ އޮތް ކަމެއް ނޫންތޯ ހަމައެކަނި މިސަރުކާރުގެ ވިސްނުމަކީ ނޫން ކުރީސަރުކާރުގެ ވިސްނުމަށްމިސަރު ކާރުންވެސް އެކަމަށް އަމަލީ ސިފަ އެއް ގެނައުން ރަގަޅު ވަކި މީހަކު ކޮއްފަ އޮތް ޚިޔާލެއް ވީމަ ބޮލާލާ ޖެހުން ރަގަޅެއް ނޫން ތިތަނުގެ މަސައްކަތް ހީވަނީ ދެން އަނެއްކާ ވެސް ކެނެރީގެއާހެން ހަވާލުކުރާނީ

  11
  1
 9. ...

  ވިސްނައިގެެން ތިބޭ. އަމަލު ކުރަނީ އެންމެ ކަމެއްގަ. އިންޑިޔާ އަށް ޤައުމު ވިއްކާލުމުގަ. ތިޔޮތީ ވެފަ ދެން.

  12
  1
 10. ގލޅ

  މިސަރުކާރުން (އައްނިސަރުކާރު) ފުލެޓް އަޅާކަށް
  އަދި ރައްޔިތުންނަށް ލުއިފަސޭހައެއް ލިބޭނެ
  އެއްވެސް ކަމެއް ނުކުރާނެކަން ކަށަވަރެވެ އެހެން
  ނެއްނޫން ހުވަފެން ދެއްކުމާއި ބާއިސާކެންޑުން
  ކިތަންމެހާވެސް މޮޅުވާނެއެވެ އަމަލީގޮތުން ހަމަ
  އެއްކަމެއްވެސް ނުލުރެވޭނެއެވެ އެއީ ކޮންމެހެން
  ނުކުރާކަށްވެސްނޫނެވެ އެވަރުގެ ކެރިފޯރުންތެރިކަމާއި ގާބިލްކަން ނެތީއެވެ އަނެއް
  މައްސަލައްކީ ދެރައީސުން ވެރިކަމުގެ ކާރޫބާރު
  ހިންގުމެވެ

  7
  1
 11. ހަނދާންވަނީގޮތް

  މޮޔަނުގޮވާ މީހުން އުޅޭހަތަނެއް ހުންނަޖެހޭނީ ގުޅިފަކާއެއްނޫން، ޖަޒީރާކަން މާލެރީޖަންގަ ނެތީތޯ

  5
  1
 12. ނައްލަބެ

  ތިކަންތަށްވެވޭނީ ރައީސް ޔާމީނުއަށް އެކަނި ދެންތިތިބީ ހުސްޖަމަލު ފޮޑި ޖަހާމީހުން ފޮނިނުކަނޑާ..... .

  13
  2
 13. އަހުމަދު

  ބޭރުގެ ބޭންކެއްގެ އެހީގައި ތިކާމާއި ބެހޭ ދިރާސާ ކޮށް އެކަމަށް ދާނެ ޚަރަދު އަދި ކުރެހުންތައްވެސް ހުރީ ތައްޔާރު ކޮށް ނިމިފައި . އެހެންވެ2018 ޖުލައި 26 ،ގައި އެކަން ރައީސް ޔާމީން އިއުލަން ކުރެއްވީ. ޚަރަދު ވަނީ 450 މިލައަން ޑޮލަރ މިކަމާއި ބޭހޭ ހުރިހާ ލިޔެކިއުމެއް ކުރީގެ ޕްލޭނިން ޑިޕާޓް މެންޓްގައި ހުރި މިހާރު އެތަކެތި އަދިވެސް އެބަހުރި ހުރީ ކޮންތަނެއްގައި ކަމެއް ނޭގޭ ... މިއީ ހަގީގަތަކީ އެތަނުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ގާތު އަހާލަ ބަލަ...... މިއީ މިކަމުގެ ހަގީގަތް. މިކަން ދޮގެއް ނުކުރެވޭނެ މިއީ ތަރީޚީ ހަގީގަތެއް ޗައިނާ އެއްބަސީގެ އިސް އޮފިސަލެއް ވިދާލުވި ތިމަންނާމެން ތިބީ ތިޔަކަން ކޮށްދޭ ގޮތަށޭ ...... ނަމަވެސް ޗައިނާ އާއި ދުރު ސިޔާސަތެއް ގެންގުޅޭ އިރު މިކަން ވުން ވަރަށް ދުރު....... އިންޑީޔާ މީހުން ކަންނޭގެ މިކަން ކުރާނީ... މަސައްކަތް ނިމެން 20 އަހަރު ނަގާނެ އިންޑިޔާ މީހުން ކުރަންޔާ....

 14. މުނީރާ

  ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ދިންނަމަ ސިންގަޕޫރާއެއްފަދަތަނަކާ ގާތަށް ރައްޖެ ގެންދިޔައީސްކަން ކަށަވަރެވެ. އެމަނިކުފާނުގެ ފަސްއަހަރުން މިކަން ވަނީ ސބިތުކޮށްދީ ލޮލަށް ދައްކާފައެވެ. ދިވެހިން ހަމަ ބޯގަޅީއެވެ.

 15. ނުރަބޯ

  “ މެކުނު ފުމުނަސް ގައުހަކަ އަކަށް ނުފުމެވޭނެ “.