އެތައް ދުވަހަކު ދައުލަތަށް ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ބުރެވިމާގޭ މުހައްމަދު ޒާހިރު އަވަހާރަވެއްޖެ.

ދައުލަތަށް މެދުނުކެނޑި 63 އަހަރު ހިދުމަތް ކުރައްވާފައިވާ ޒާހިރު އަވަހާރަވީ ރޭ އައިޖީއެމްއެޗް ގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 92 އަހަރެވެ.

ރާއްޖޭގެ އެކިއެކި ވުޒާރާތަކާއި، ސަރުކާރުގެ އިސް އެތައް މަގާމެއް ފުރުއްވާފައިވާ ޒާހިރު ވަނީ ކަސްޓަމްސްއަށްވެސް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އޭނާ ވަނީ 17 އަހަރު ދުވަހު ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް އަދާކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ޒާހިރު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    إنا لله و إنا إليه راجعون،