ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުން ވަނީ، 17،000 އެއްހާ ފުލެޓް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާރު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިންގެ އެޖެންޑާ 19 ޕެނަލް ޑީސްކަޝެންގައި ފައްޔާޒު ވިދާވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުން ވަނީ، 17،000 އެއްހާ ފުލެޓް ކަމަށެވެ. އެ އަދަދަށް ފުލެޓް އެޅުމަށް ބޭނުން ވަނީ 17 ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އެބަ ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް މި ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެ ,ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުން ވަނީ، 17،000 އެއްހާ ފުލެޓް އެ އަދަދަށް ފުލެޓް އެޅުމަށް ބޭނުން ވަނީ 17 ބިލިއަނެއްހާ ރުފިޔާ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ކުލި އަގުބޮޑުވުމުގެ މައްސަލައިގެ ހައްލަކީ އެ ހުރިހާ އެންމެންނަށް ފުލެޓް ލިބުމުން ކަމަށެވެ.

"ދެން އިތުރަށް ކުއްޔަށް ހިފާކަށް ނުޖެހޭނެ މިހާރު ވާގޮތަކީ ސަޕްލައިއަށްވުރެ ޑިމާންޑް ބޮޑީ. އެހެން ވީމަ އަގުބޮޑުކޮށް އެ ކުއްޔަށް އެ ދެވެނީ،" ފައްޔާޒު ވިދާޅުވި އެވެ.

ރޭގެ ޕެނެލް ޑިސްކަޝަންގައި ފްލެޓް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި , ސަލާން ޖަހަން ޖެހޭ މިސަގާފަތް ރާއްޖެއިން ނައްތާލަން ޖެހޭ ކަމަށާއި އާއިލާއެއް އުފެދުމުން ސަރުކާރުން އެ މީހާ ދިރިއުޅޭ ގޯއްޗެއް ދިނުމީ ބޯދާ ޒަމާނުއްސުރެއް އޮންނަ އުސޫލު ކަމަށާއި، ނަމަވެސް މާލޭގައި މި ފުރުސަތު ނެތް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    ފޮޓޯ ތަކާ މަންޒަރު ތައް ދެއްކިދާނެ އެކަމަކު ފްލެޓް އެޅުމާ ފައިސާ ހޯދުން އެއީ މިސަރުކާރަކަށް ކުރެވޭނެ ކަންކަމެއްނޫން. 2008 ގަ އެމްޑީ÷ި ވެރިކަމަށްއައިސް ގދ. އަތޮޅުގެ 7 ފަޅުރަށުގާ ކެސިނޯ ހަދަން ރާވާ ޑުބާއީ އާ ސިންގަޕޯރގެ މަންޒަރުތަކެއްހިމަނައިގެން ވީޑިޔޯ އެއް ހަދާ ނެރުނު . މިކަހަލަ އޮޅުވާލުން އެމްޑީޕީ އަށް ކުރެވޭނީ .މީހާރުވެސް ވޯޓް ހޯދަން ރައްޔިތުންނަށް އޮޅުވާލަން މިދައްކާ ވާހަކަތަކަކީ އޮޅުވާލުމެއް އެޖެންޑާ 19 އެއީ ވަރަށް ބޮޑު އޮޅުވާލުމެއް. މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން އެމްޑީޕީ ސަރުކާރުގެ އަމާޒަކީ އިންޑިޔާ ސިފައިން ދާއިމީކޮށް ރާއްޖޭގަ ބޭތިއްބުމަށް މަޖިލީހުންފާސްކުރުން . އެމްއެންޑީއެފް އުވާލުމަށްފަހު އިންޑިޔާ ސިފައިން ރާއްޖޭގެ މިލިޓްރީ ފޯސްކަމަށް ހެދުމަށް މަޖިލީހުންފާސްކުރުން. ބަސީދު ބުނަނީ މަޖިޅިހުގެ އަގުލަބިއްތަު ލިބިއްޖެ ނަމަ ވަތަނިއްޔަތު ބަދަލު ކުރާނެ ކަމަށް ރައްޔިތުން ވަރަށް ވިސްނަވާ 2008 ގަ ވެރިކަން ހޯދާފަ އޮސްޓްރޭލިޔާ އަށް ދިވެހިން ބަދަލުކުރަން އުޅުނު .މީހުން މިއީ ގައުމު ވިއްކާލަން ފާސް ނުކުރާނެކަމުގެގެރެންޓީ އެއް ނެތް. ރައްޔިތުންނޭ ވިސްނަވާ ހޭއަރާ ނަސީދުގެ މަކަރުގާ ތާށި ނުވޭ.

  2. ގގ

    ހުރިހާމީހުންނަށްވެސް ތިވަރު އެނގޭ ..މައްސަލައަކީ ކަން ނުވާތީ

  3. ސަމީރު

    އަދަދު ނޭގިގެންތަ މިއުޅެނީ އަޅެފަހެ. އަގަނުތަލާ އަލާބަލަ