މިއަހަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ބޭނުން ކޮށްގެން 36 އޮޕަރޭޝަން އެއް ހިންގައިފި ކަމަށް އެމްޢެންޑީއެފް އިން ބުނެފިއެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަހަރުގެ މިހާތަނަށް ކޯސްޓް ގާޑުން ހިންގާފައިވާ އޮޕަރޭޝަން ތަކާއި ގުޅޭގޮތުން ކޯސްޓް ގާޑްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ ހެލިކޮޕްޓަރު ބޭނުން ކޮށްގެން އެންމެ ގިނައިން ހިންގުނީ މެޑިކަލް އެވަކުއޭޝަންތަށް ކަމަށެވެ.

" ބައެއް މެޑިކަލް އިވެކުއޭޝަން ޑޮކްޓަރުން ލަފާދެނީ ހެލިކޮޕުޓަރުން ކުރަން އެއީ ބަލި މީހާގެ ހާލަތު ހުރިގޮތުން ކަނޑު މަގުން ނުގެންދެވޭނެތީ " ޒުހައިރު ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޒުހައިރު އިތުރަށް ވިދާޅުވީ ރާއްޖޭ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަނީ ވަރަށް ގިނަ ދުނިޔޭގެ ވިޔަފާރި އުޅަދުތަށް އެތަނަކުން ދަތުރު ކުރާ ސަރަހައްދަކަށް ވާއިރު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތަކުން ވެސް ކަންބޮޑު ވާނެ ކަމަށެވެ.

"އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގައި ނޭދެވޭ ކަންތަތަކެއް ހިންގާ ކަމުގައި ވަނީ ނަމަ ދެން އިން ގައުމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ , ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަނޑުތަށް ބެލުން އެހެން ގައުމުތަކުގެ ކަނޑުގެ ސިފައންނާއި ގުޅިގެން ކުރިއަށް ގެންދޭ " ޒުހައިރު ވިދާޅުވިއެވެ.

އިންޑިއާއާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށާފައި ވަނީ 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައިއެވެ. އެގޮތުން ކޮންމެ މަހަކު ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ އެ ޕްރޮގްރާމު އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

ދުނިޔޭގެ ފުދުން ތެރިކަން ނެތް ގައުމުތަކުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހެން ގައުމުތަކުގެ އެހީ ހޯދަން ކަން ތަކުރާރު ކުރައްވާ ޒުހައިރު ވިދާޅުވީ އިންޑޮނެޝިއާ މެލޭޝިއާ ސަރަހައްދަށް ބެލި ކަމުގައި ވީނަމަވެސް މި ކަން ހިންގަނީ މި ބީދައިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ނަޝީދުގެ މައިބަދަ

    މިއޮޕަރޭޝަތަކުތެރޭ ނަޝީދުގެ މައިބަދަ އޮޕަރޭޝަންވެސް ހިމެނޭތޯ؟

    45
  2. ޙަސަން

    ތިޔަކަހަލަ ކިތަންމެ އޮޕަރޭޟަނެއް ހިންގި ނަމަވެސް ތިކަމުން ލިބޭ ފައިދާއަށްވުރެން އިންޑިޔާ ސިފައިން ތިބުމުން ދިވެހި ވަތަނިއްޔަތަށް ލިބޭ ގެއްލުން މާބޮޑު

    45
    1
  3. ޕްރައިވެޓް

    ކޮން އިތުރުފުޅެއްތޯ ތިހައްދަވަނީ. ގައުމު އިންޑިޔާ މީހުންނަށް ވިއްކާލައްވައިގެން ތިއުޅުއްވަނީ..
    ހުވާގެމަތިން ހަނދުމަފުޅު އެބަހުރިތޯ....

    39
  4. Anonymous

    އިންޑިޔާ ސިފައިން މިހާރުން މިހާރައް މިގައުމުން ބާލާ ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމުގެނަމުގައި އިންޑިޔާ އެއްމެސިފައިންގެމީހަކުވެސް މިގައމުގައި ބައިތިއްބާހާހިނދަކު ރައްޔިތުން އެކަމާދެކޮޅައް ނިކުތުމަކީ ދީނީ އަދި ގައުމީ ވާޖިބެއްކަމުގާ ދެކެންވާނެ. އަންދުލުސް ފޭރިގަތްގޮތް ތާރީހުން ބަލާ ދިރާސާކުރުމަށް ގޮވާލަން

    43
  5. ކެޔޮޅު

    ކޮންމެހެން އިންޑިއާ ސިފައިންނާ އިންޑިއާސަރުކާރު ޕްރަމޯޱް ކުރަން އުޅޭކަމެއްނެތް އެމްއެންޑީއެފް ފަރުދާގެ ފުރަގަސް ވަރައް އަނދިރި!!!

    45
  6. އިސްތިއުފާދީ ގައުމު މިނިވަންކުރަން

    މީ ކީއްކުރަން ކުރާކަމެއްތަ ކޮއްމެދުވަހަކު ނޫސްކޮންފަރެންސުގަ ހެލިކޮޕްޓަރުން ކުރެވުނުދަތުރުތަކުގެ އަދަދުކިޔާދެނީ؟މޯލްޑިވިއަން ފްލައިޓުން ކިހާދަތުރެއް އަހަރެއްގެތެރޭގަ ކުރެވޭތަ ބަލިމީހުންއުފުލަންށާ މީހުންހޯދަން؟ކިތައްމެ ވަރަކަށް ހެލިކޮޕްޓަރުގެ މޮޅުކަންދައްކަން އުޅުނަސް އަހަރެމެންނެތިން ތީތި މިގައުމުގަ ބާއްވާއިގެން އިންޑިޔާގެ ސިފައިންނަ ދިވެހި ރައްޔިތުންގެ ބަޖެޓުން ކާންދޭންކަށް. ދިވެހިސިފައިންނަ ހެލިކޮޕްޓަރެއް ތިހާމުހިއްމު ކަމަށްވަންޏާ ކީއްވެ ދިވެހިސިފައިންނަ ދައުލަތުންދީފައޮތް ރަށެވިއްކިއިރު އޭގެން ހެލިކޮޕްޓަރު ނުގަތީކީއްވެ. ؟އަދި މިހާދުވަސްވީއިރު ތިއެއްޗެދުއްވަން ދިވެހި އަސްކަރިއްޔާގެ ބަޔަކުނެތީކީއްވެ؟ރައްޔިތުންބޭނުމީ އިންޑިޔާގެ ރާޑަރާ ހެލިކޮޕްޓަރާ އިންޑިޔާގެ ސިފައިން މިގައުމުން ފޮނުވާލަން. ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެތެރޭގަތިބި މިގައުމަށް ގައްދާރުވާމީހުން އިސްތިއުފާދީ ގެއަށްދޭ މިސަރުކާރުގެ ނިމުންވެސް އަންނަދުވަހެ އަންނާނެ އެދުވަހަކުން ތިގައްދާރުންގެ ލަފުގަހިފާނެ ބަތަލުންތަކެ ނުކުންނާ\ެ. އިސްތިއުފާ ހާއިނުން ގައްދާރުން..

  7. މާލަސް

    ޤައުމަށް ޣައްދާރުވެ އޮޅުވާ ނުލުމަށް އެދި އާދޭސް ދަންނަވަން! މިއުޅެނީ އޮޕަރޭޝަން ތަކާއި ދެކޮޅުވެގެނެން ނޫން. މިއުޅޭނީ އިންޑިޔާގެ ލުޓޭރުން ހެލިކަޕްޓަރަކީ ދިވެހިންނަށް ދިން ހަދިޔާއެކޭ ކިޔާ، އަދި ދިވެހި ސިފައިންނަށް ހެލިކަޕްޓަރު ދުއްވަން ދަސްނުވެޔޭ ކިޔާ އިންޑިޔާގެ އަނިޔާވެރި ޖައްބާރު ސިފައިން މިބިމުގައި ބައިތިއްބާ ދިވެހިބިން ނުތޯހިރު ކުރާތީ. ﷲ ހެކިކޮށް ބުނެބަލަ ދިވެހި ސިފައިންނަށް ތެރޭގައި ހެލިކަޕްޓަރު ދުއްވާނެ ޕައިލެޓް ނެތީތަ؟ ޤައުމުގެ މިނިވަންކަން ގެއްލުވާ ލުމުގައި ބައިވެރިވާ ކޮންމެ މީހަކީ، ޤައުމުގެ އަދުންވެއް ޣައްދާރެއް. ޅަ ދަރިންގެ މުސްތަޤުބަލަށްޓަކައި މި ބިމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވުމަކީ މާތް މަތިވެރި ޖިހާދެއް. އިންޑިޔާ ސިފައިން މިހާރުން ނިހާރުން ދިވެހި ބިމުން ފޭބުމަށް ގޮވާލަން.

  8. ޖަޒީރާ

    މީއަރަތެއް ހެލިކޮޕްޓަރު ހެލިކޮޕްޓަރު 50 މީހުނައް ބެލެހެއްޓޭ ހެލިކޮޕްޓަރު ދުއްވަން ބޭނުން ވަނީ ދެމީހުން ހެލިކޮޕްޓަރު ހެލިކޮޕްޓަރު އިންޑިއާމީހަކައް ނޫނީ ދުއްވަން ނޭގޭވައްތަރު ހެލިކޮޕްޓަރު ހެލިކޮޕްޓަރު ދިފާއީި ބައްޔައްއެއްމެ ފަސޭހަ ހެލިކޮޕްޓަރު ހެލިކޮޕްޓަރު ދިރުވާލިއަސް ހަޖަމުނުވާ ހެލިކޮޕްޓަރު ހެލިކޮޕްޓަރު މީވާ އެއްޗެއްލެއްގީ މާވަހަރަކައްނުވިކަން ރަނގަޅު ބަރުލަމާނީ އަކައްވުރެ

    24
  9. ޑަންޑަހެލު

    އޯކޭ. 36 އޮޕަރޭޝަން ހިންގައިފި. ޢެކަމަކު އިންޑިޔާގެ 50 އަސްކަރީ ސިފައިންގެ މީހުން ބައިތިއްބައިގެން ކަލޭމެން ތިކުރާބކަމެއް ބުނެދީބަލަ ދިވެހިރައްޔިތުން ނަށް. ނުބުނެވޭނެ. ތިބޭ ފިތިގެން. އެމީހުންނަކީ މިކައުމުގެ ތިބެން ޖެހޭ ބައެއްނޫން، ޖޭ ހިންދު ކިޔަން އެމީހުންގެ ގައުމަށް ފޮނުވާލަދީ ގައުމު އޮޔާ ނުދަނީސް

    25
  10. އެލެކްސް

    ތިޔަ އަމަލު ތަކުން އެގެނީ ނުރަނގަޅު ކަންކަން ފޮރުވިފައިވާ ކަން. އުމަރު ދެކެ ސަރުކާރު ޖެހިލުން ވެފައި ހުރި މިންވަރު. ސިފައިން ވެސް ސިޔާސީ ވެފައި. އެގި ތިބެ ޤައުމަށް ހަރާން ކޯރު ވުމަކީ ބޮޑު ފާފައެއް

    25
  11. ދދދދދދ

    ހެވޭ އޮޕަރޭޝަން ނުހިންގިޔަކަސް. މިކިޔަނީ ފޮނުވާލާށޭ ފައްސާލާށޭ. ކިހާ ދެރަ ކަމެއް.

    22
  12. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހެލިކޮޕްޓަރާ އިންޑިޔާމީހުން ޑިފެންޑްކުރަން ތިވާހަކަ ދައްކާނެކަމެއްނެތް! ދިވެހިންނަކީ މޮތައިންނެއްނޫން! މަގޭސުވާލަކީ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ނަމުގަ 100 އިންޑިޔާމީހުން ދިވެހިދައުލަތުގެ ބާރުނުހިނގާހެން ބައިތިއްބާފަ އެތިބީ ކީއްވެހޭ؟ ތިދުއްވަން ހަމަ ދިވެހިއަސްކަރިއްޔާގެ މީހަކު ޓްރެއިން ނުކުރެވޭހޭ؟ މިސުވާލަށް އެމްއެންޑިއެފުން ޖަވާބުދީބަލަ؟؟؟؟؟

    18
  13. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ރީއްޗޭދޯ ވާހަކަ! ވަރަށް ކަނޑު ބަލަހައްޓައެއްނު! ގަވައިދާ ހިލާފަށް މަސްވެރިކަންކުރާ ބޯޓެއްވިއްޔާ ހޯދާ ރިޕޯޓްކުރަނީ ރާއްޖޭގެ މަސްވެރިން! މިހާރުވެސް ރެކޯޑްތައް ބަލާ! ބޮޑެތިބުދު ފައްޅި ރާއްޖެއަށް ލައްވާއިރު އެހޯދާ ރިޕޯޓްކުރަނީވެސް ރާއްޖެ މަސްވެރިން! އިންޑިޔާ ލައިގެން ތިބަލާ ކަނޑުގެ ސަރަހައްދު މިހާރު ދިވެހިން ދަނޭ! މިކަހަލަ ވާހަކަ ރައްޔިތުންނަށް ކިޔައުދޭއިރު ހަމަ ޖެހިލުންވެސް ނުވަނީއޭ! އެހެންމީހުންނަށް މިރާއްޖޭގަ ކަންހިނގާގޮތް އެގޭކަންވެސް ހަމަ ހިތަށްނާރަނީއޭ މިމީހުން!

    16
  14. ކެޔޮޅު

    ހެލްކޮޕްޱަރު އޮޕަރޭޱްކުރަންތިބި އިންޑިއާ ސިފައިން ދުވާލަކު ރޭޕްކުރަނީ ކިތައް މީހުންގެ އަނބިންކަން އެގިވަޑައިގަންނަވާތޯ

    13
  15. ކިނބޫ

    އެމްޑީޕީ ހަރުގެއަށް ގޮސް ރީނދޫ ޕޯޑިއަމަކަށް އަރާ ހުރެ ތިވާހަކަ ދައްކާ. އަހަރުންނެއް ނޫޅެން ތި ފޭކު ސްޓޯރީ އަޑު އަހާކަށެއް. އުމަރާ އެކު ނުކުމެ މިތިބީ. ހަމަ ބާލާނަން އިންޝާﷲ

    17
  16. ގަމާރުންނޭ

    ކެނެރީގެ ނަޝީދަކީ ތަޖްރިބާ އެއް ނެތް އަމިއްލަ އަތުން ފައިން މަސައްކަތް ކޮށްގެން ދުވަހަކު ވެސް ކައިގެން ބޮއިގެން ނޫޅޭ ސަރުކާރުގެ ބަތާ ކައިގެން އުޅޭ މީހެކޭ އޭނާ އަށް ނޭގޭނެއޭ މަސައްކަތެއް ކުރަން ވެސް އޭނާ އަށް 6 ފޫޓް އުސް 6 ފޫޓް ދިގު މިނުގެ ފާރެއްގައި ކުލަ ކޮޅެއް ލާން ހަވާލު ކުރި ނަމަވެސް ނަގާނެއޭ 12 އަހަރު އެއީ ވޯޓް ދީގެން އަކަފޫޓެއް ގައި އަހަރަކު ކުލަ ކޮޅެއް ހާކާލާ އުސޫލުން ނޭ މީ ކަންކަން ކުރަން ދަންނަ ބަޔެއް ނޫނޭ މިހާރުވެރިކަމުގައި މިތިބީ...

    15
  17. ރަސީދު

    އުމަރު ނަސީރު

    13
  18. އިބްރާ

    ތިޔަ ދެ ހެލިކޮޕްޓަރުގެ ބަދަލުގައި މަލިކު ރާޢްޖެއަށް ދޭންވީނޫންތޯ. މަލިކަކީ ރާޢްޖޭގެ ރަށެއް. އެތަނުގައި އުޅެނީ ދިވެހިން. އެމީހުންގެ މެޖޯރިޓީ ބޭނުންވަނީ ދިވެހިރާއްޖެއަށް ބަދަލުވާން.

    16
  19. ޕައިލެޓް

    ކޮން ފޮންޏެއް ކަނޑާކަށް... އެއްމެ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން 50 ހުން 60ހުން 80ން ނުޖެހޭ މިތާ އިންޑިޔާ ސިފައިން ތިބޭކަށް. މަށަށް ތި ދުއްވަން ހަވާލުކުރިޔަސް 3 ދުވަސްތެރޭގަ މަ ތިޔަ ދުއްވަން ދަސްކުރާނަން އިންޝާﷲ..... ދުއްވާނަން.

    19
  20. ޖަޒީރާމަނިކު

    ތިޔަ ހެލޭކަޓޫރާ ތައް ނެތް އިރުވެސް ހާލުބޮޑު ބަލިމީހުން އެއާޓެކްސީގައި މާލެގެނޭ. އެވެސް ވައިގެމަގުންކުރާ ދަތުރު. ހެލޭކަޓޫރާ އެކަނިތޯ ވައިގެމަގުން ދަތުރުކުރަނީ. ތިޔަ ނިއުސް ކޮންފަރެންސް އަޑުއަހާފާ ތިޔަބައިމީހުން އިންޑިޔާގެ ސިޔާސަތުގެ ދަށުގައި ބެނދިފައި ތިބިވަރު ހާމަވެއްޖެ.

    16
  21. ސިފައިން.

    މިހާރު ސިފައިންނަށް އޮންނަމަސައްކަތަކީ އިންޑިޔާސިފައިންގެ ފައުޖެއް ޤާނޫނު އަސާސީއާ ޚިލާފަށް ބައިތިއްބާފަތިބި ތިބުން ރަގަޅުކަން ރައްޔަތުން ޤަބޫލްކުރަން މަޖްވޫރުކުރުވުންތަ. އިންޑިޔާސިފައިންނަށް ދައުލަތުން 1 އަހަރުދުވަހުކުރާ ޚަރަދަން ކިތައްހެލްކޮޕްޓަރުގަނެ ކިތަށް ޕައިލެޓުން ތަމްރީނު ކުރެވޭނެތޯ؟

    17
  22. ޭރަޤީބު

    ދެބޯގެރި ދުއްވާނެ ކަމެއް ނެތް. މޯދީގެ އައުވާނުން މިޤައުމުން ބާލާ. މިކަހަލަ ހުރިހާ ކަމެއްގެ ފަހަތުގަ ލާދީނީ ނަޝީދު ހުންނަކަން ޒުހައިރު ހާމަކުރިކަމަށްޓަކައި ޝުކުރު ދަންނަވަން.

    17
  23. ބާލާބާލާބާލާ

    މަޖްލީހުގެ މެޖޯރިޓީ ލިބުމުން ރައީސް ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލަން މާދަމާ އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރު ރާއްޖެ އައުމުން އިންޑިއާ އަށް ދަރުމަވަންތަ ހޮސްޕިޓާ ހިލޭ ދޭން އެމްޑީޕީގެ ބޮޑޭ ކުރާ މަސައްކަތް ފޮރުވާނެ ކަމަށް ހީކޮށް ބަގާވާތް އެއީ ޓޫލަކަށް ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވާނުލާށޭ ހަމަ ޖެހޭނީ އިންޑިއާ ސިފައިން ބާލަންއޭ ބާލަން ހަމަ ޖެހޭނީ ބާލާ ބާލާ ބާލާ އިތުރު ޗޮއިސް އެން ނޯންނާނެއޭ މީގައި ބާލާ ބާލާ ބާލާ ބާލާ ބާލާ...

  24. ރާވެރިޔާ

    ކޯސްޓްގާރޑް އިން ސިފައިން ކިތައް އޮޕަރޭޝަން ހިންގައިފި، މޯލްޑިވިއަން އިން ކިތައް ބަލި މީހުން އުފުލައިފި، މޯލްދިވިއަން ފުލަޓު އުދުއްސަން ޑޭޝް ކިންފުނީގެ ކިތައް މީހުން އެބަ ތިބި،

  25. ސަރަނގު

    އިންޑިއާސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތައްހުރި ބޮޑުބިރެއް މިމީހުންރާއްޖެއިން ފޮނުވާލުމުގެ ގާބިލުކަން ހުރީ ހަމައެކަނި އުމަރުނަސީރައް މާތްﷲ އެމަނިކުފާނަށް ހެޔޮވިސްނުން ދެއްވީތީ އިބައިލާހު އަށް ހަމްދުކުރަން މިތާމިތިބަ ފޮޓޯ އިންފެންނަ ދެމީހުންނަކީ ގައުމައްޓަކާ ފިދާވާނަމޭ ބުނެ ދޮގުހަދަމުންދާ ދެގައްދާރުން މިގައްދާރުންގެ ކޮޑުގައި ގާނޫނުގެ ދިގުއަތް އަޅާކޮށްޕާލާނެ ދުވަސް ވަނީ ވަރައް ކައިރީގައި ވަﷲ އައުލަމް.

  26. ނުކުރެވޭނެއޭ

    ރައީސް އިބޫގެ ވެރިކަމަށް 300 ދުވަސް ވެގެން ދިޔައިރު ދައުލަތުގެ ޚަޒާނާ އިން ރިކަރަންޓް ޚަރަދަށް 5 ބިލިއަން ޚަރަދު ކުރިއިރު ރައްޔިތުން އެދުނު އެންމެ ބޮޑެތި ކަންކަން ކަމުގައިވާ މާލެ ސަރަހައްދުން ބިން ވެސް އެކަކަށް ވެސް ނުދެވުނޭ ދެން ކޮން ބަގާވާތެކޭ ކިޔަންތޭ މަޖްލީހުގެ މެޖޯރިޓީ ނުލިބުމުންނޭ ކިޔައިގެން ރައީސް ނުޖެހޭނެެެއޭ މަޖްލީހުގެ މެޖޯރިޓީ ގެ ވާހަކަ ދައްކަން ވެސް އެކަމެއް ނޯންނާނެއޭ ރައީސް ކުރި ހުވައިގައި ލިޔެފައި ރާއްޖޭގެ މިނިވަން ކަން ދިފާއުކޮށް ދޭންވީއޭ އެނޫން ނަމަ ހުވައޭ މިބުނީ ރައީސްގެ ގޮނޑި އޮބާ ބާއްވާފައި ނަމަވެސް ރައްޔިތުން ދަމައިގަންނާނެއޭ އެއީ ޔަގީން ކަމެކޭ އިންޑިއާ އަށް ރާއްޖެ ވިއްކާ ނުލެވޭނެއޭ ނުލެވޭނެއޭ އިންޑިއާގެ ވަގު ހަތިޔާރު ވިއްކާ ވަގަކަށް ކެނެރީގެ ނަޝީދު ބުނެގެން އެއާރޕޯރޓް ވިއްކާ ނުލެވޭނެއޭ އިބޫގެ ވެރިކަން ދިފާއު ކުރުމުގެ ނަމުގައި އެކަން ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ...

  27. ގިވްއިން

    ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިބޫ ރަައްޔިތުން ހޮވީ ރައްޔިތުންނަށް ޚިދްމަތް ކޮށްދޭންއޭ ކުރި ހުވައާއި ގޮތަށް މަމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަމޭ އިބޫ ވެރިކަން ކުރާ ކަމަށް ހެލި ކޮޕްޓަރު ގަނޑު ބަލަހައްޓަން އިންޑިއާގެ 100 ސިފައިން ރާއްޖޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބައިތިއްބަން ނުޖެހޭނެއޭ ދިވެހިން ރައީސް އިބޫ އާއި ދެކޮޅަށް ނިކުތުމުން ދިވެހިން ގަޔަށް ބަޑި ޖަހަން ބައިތިއްބާ ސިފައިންތޭ އިންޑިއާ ސިފައިންނަކީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

  28. ނުވާނެނުވާނެއޭ

    ބަގާވާތަކީ އެއީ ވެސް ޕޮލިޓިކަލް ސައެންސް ގައި އޮންނަ އެއްޗެކޭ އެކުރަން ޖެހޭ ސިޗުއޭޝަން އަށް ގައުމު ދުއްވާލައިފިނަމަ ރައީސް އިންޑިއާ ސިފައިން ފީންނެއް މިގައުމަށް އަޅައިގެން އެއާރޕޯރޓް އިންޑިއާގެ ވަގު ހަތިޔާރު ވިއްކާ މީހަކަށް ވިއްކާލައިގެން އެތަނަށް ފުރާ އިންޑިއާ ސިފައިން އަޅާލައިގެން ވެރިކަން ދިފާއު ކުރަން އިންޑިއާ ސިފައިން ބޭނުން ކޮށްގެން އުޅުނު ނަމަވެސް އެކަން އެހެން ނުވާނެއޭ އެހެންނަމަ އިޒްރޭލަށް ފަލަސްތީނު މީހުން މައިތިރި ކުރެވުނީ ނޫންތޭ..

  29. ނުވާނެއޭ

    މިރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ އެއީ ދުވަހަކު ވެސް ބަގާވާތް ކުރާ ތަނެއް ނޫނޭ އަދި ކެނެރީގެ ނަޝީދު ގެ ވެރިކަން ވެއްޓުނީ މަތީ ގަނޑިން އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމުންނޭ އެއީ ޔުނިވަރސަލް ލޯ އޭ އެއާއި އޭނާ ދެކޮޅު ހަދާތީއޭ އޭނާ އަށް ކޮންމެ ފަހަރަކު ވެސް ވެރިކަން ގެއްލެނީ އެއީ އޭނާ އަމިއްލަ އެދުން ބޮޑު ކަމުން ދައްކާ ވާހަކަ ތަކޭ މިރާއްޖޭގެ މިނިވަން ކަން ގެއްލޭ ގޮތަށް އިންޑިއާ ސިފައިންނަށް ރާއްޖެ ދޭނަމަ މަޖްލީހުން ފާސް ކުރާނެއޭ ރައީސްގެ އިތުބާރު ނެތް ކަމަށް އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މީދިވެހިންގެ ދިވެހި ރާއްޖެ އޭ ދިވެހިންނަށް އިތުބާރު ނުކޮށް އިބޫގެ ވެރިކަން ދިފާއު ކުރަން ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އިބޫގެ ވެރިކަމާއި ދެކޮޅަށް ނިކުންނަ މީހުން ގަޔަށް ބަޑި ޖަހަން އިންޑިއާ ސިފައިން ރާއްޖޭގައި ނުބޭތިއްބޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ އެކަން ޖެހޭނީ ހަނދާން ނައްތާލަންްއޭ ނުވާނެެއޭ އެކަން ނުވާނެއޭ އެކަން ނުވާނެއޭ އެކަން...

  30. ނުޖެހޭނެއޭ

    ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ އެއީ އެއްގޮތަކަށް ވެސް ބަގާވާތެއް ކުރާ ބަޔެއް ނޫނޭ ރައީސް އިބޫ މަޖްލީހުގެ މެޖޯރިޓީ ބޭނުން ނަމަ ތިޔާ ނޫން އެހެން ބިރެއް ރައްޔިތުންނަށް ދައްކަންވީ ނޫންތޭ މަޖްލީހުގެ މެމްބަރުންގެ އަގު ވައްޓާލާ ރާއްޖޭގެ ދިވެހި ރައްޔިތުންގެ މެދުގައި ހަސަދަ ވެރިކަމާއި އަދި ރުޅިވެރިކަން އުފެދޭނެ އުސޫލުން ރައީސް އިބޫ ގާތު އެމްޑީޕީ ގެ ބޮޑޭ ވާހަކަދައްކަން ބުނި ނަމަވެސް އެގޮތަށް ނުޖެހޭނެއޭ ހުރިހާ ރައްޔިތުންގެ ރައީސް ވާހަކަ ދައްކަން

  31. ނުދެވެއޭ

    މެޖޯރިޓީ ނުލިބިއްޖެ ނަމަ ދާނީ ބަޣާވާތަކާ ދިމާލަށް ކަމަށް ބުނެ ރާއްޖޭގެ މިނިވަން ކަން ގެއްލޭނެ އުސޫލުން އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ބައިތިއްބައިގެން ދިވެހި ސިފައިންނަށް ނުުކުރާ އިތުބާރު އިންޑިއާ ސިފައިންނަށް ކޮށްގެން އެންމެ ދެ ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި އެތައް ސަތޭކަ އިންޑިއާ ސިފައިންނެއް ރާއްޖޭގައި ބައިތިއްބައިގެން ރައީސް އިބޫ އުޅުއްވަނީ އިންޑިއާ ސިފައިން މެދުވެރިކޮށްތޭ ވެރިކަން ދިފާއުކުރަން ރައްޔިތުންނަށް ކަމެއް ކޮށް

  32. ނޫންތޭ

    ރައީސް އިބޫ ކިތަންމެ ވަރަށް ވިދާޅުވިނަމަވެސް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަކީ ދުވަހަކު ވެސް ބަގާވާތެއް ކުރާނެ ކުރެވޭނެ ބަޔެއް ނޫނޭ ރައީސް ގެ އިތުބާރު ނެތް ކަމުގެ ވޯޓް ރައްޔިތުންގެ މަޖްލީހުން ނަގަން ވެއްޖެނަމަ ނަގާނެއޭ އެއީ ގާނޫނު އަސާސީ ގައި އެކަން އެގޮތަށް ލިޔެފައިވާތީއޭ މަމެންނަށް ހީވާ ގޮތުން ރައީސް އިބޫ ބޭނުންވަނީ ގާނޫނު އަސާސީން އެބައިއުނި ކުރަންއޭ މަޖްލީހުގެ މެޖޯރިޓީ ހޯދައިގެން އެވާނީ ސީދާ ޑިކްޓޭޓަރޝިޕް އަށް ނޫންތޭ އެއީ ޚުދުމުޚުތާރު ވެރިކަމެއް ނޫންތޭ ނޫންތޭ ނޫންތޭ...

  33. ޗިއްލޫ

    ދެން ރައްޔިތުންގެ ބަޖަޓުން ބޮޑުމުސާރައާއި އިނާޔަށް ހޯދައިގެން ކަލޭމެން ކުރާކަމަކީކޮބައިބާ؟؟؟ އިންޑިޔާސިފައިން ޕްރޮމޯޓްކުރުންބާ ކަލޭމެންނަށްއޮތީ؟؟؟

  34. ބޮޑުހަސަނު

    މިއަލީ ޒުހައރެއްނޫންތޯ މަޖްލިސްތެރެއައްވަދެ ހުރިހާ އެމްޑީޕީ މީހުންގެ ގަޔައް އައްލައި ހެދޯ އޭގެފަހުން މީނަ ބްރިގޭޑިޔަލައް ޕްރޮމޯޓުވީ މިހާރުކޮންވާހަކައެއް ކޮންފެންވަރެއް މީނަގައިގަ ހުރީ ދެއްތީ

  35. އީވާ

    މަވެސް އުމސރައް ތާއިދު..

  36. ސިފާއިން

    އިނޑިޔާގެ ސިފައިން އެމީހުންގެ އަމިއްލަ ޚަރަދުގާ ރާއްޖޭގާ ތިބުމަކީ އެއީ ފާއިދާ އެއް ނުންތަ.އެމީހުން ތިބުމުގެ ޚަރަދު ކުރަނީ ދިވެހި ސަރުން ނުންނަމަ އެކަމާ ބަޔަކު ދެކޮޅު ހެދުމުގެބޭނުމެއް ނެތް. ހިލޭ ޕައިލެޓުން، އާ މެކޭނިނިކުންނާ އަދިވެސް ތިބުމުގެ ޚަރަދު ގެ ފަިއިސާ ހޭދަ ވަނީ ރާއްޖެއަށް ކަމަށްވާނަ އެއީ ފައިދާއެއް. ގިނަ ގައުމުތަކުން އެކަހަލަ ޚަރަދު ނުކުރާނެ. އެމެރިކާ އިން ޖަޕާނާ ސައުތު ކޮރެއާގާ ސިފައިން ބައިތިއްބައިގެން އުޅެނީ ވެސް ކުރާހިތުން ކުރާކަމެއް ނުން. އެޚަރަދު ކުރަންޖެހުމަކީ އެމެރިކާއިން އުފަލުން ކުރާކަމެއްނުން.މިޒަމާނަކީ އެއްގަމު އަރާ އަނެއް ގައުމު ހިފާ ދުވަސްވަރެއް ނުން. ތޮށިގަނުޑުން ނިކުމެގެން އެހެން ހިސާބަކަށް ދެވޭނީ

  37. ސިފައިން

    ސިފައިން ތޯ ދުއްވީ ؟؟؟؟ ކޮބާ އެބަސްވުން!!

  38. ދިވެހިން

    އޮޕަރޭޝަން ތަކުގަ ތިޔަ ބޭނުން ކުރަނީ ތިތަކެތި މިތަނުގަ ހުރީމަ، ތިތަކެތި މިތަނުގަ އާމުވެއްޖެ ނަމަ ދުވަސް ކޮޅަކުން ފެންނާނެ ސިފައިންނާ ދެކޮޅަށް ވެސް ތިތަކެތީގެ ބޭނުން ހިފައިގެން އޮޕަރޭޝަން ތައް ހިންގާތަން. ސިޔާސީ ބޭފުޅުން ގެ އަވާގައި ޖެހިގެން ތިޔަ ބޭފުޅުން ދޮގުތައް ހަދަމުން ދާއިރު، ތިޔަ ބޭފުޅުން ކޮށްފައިވާ ހުވާ މަތިން ހަދާން ވޭތޯ، ނޫސް ކޮންފަރެންސް ތައް ބާއްވައިގެން ފާޑުފާޑުގެ ވާހަކަ ތައް ދައްކާއިރު ހެއްދެވި ފަތާތް މަތިން ހާދާން ވޭ ބާ.

  39. ވައްކަންކުރުމޭ

    މަމެން ޕިންކީންގެ ވެރިކަމުގައި އާންމު އިންތިޚާބުގައި ވޯޓް ގަނެ ނުވިއްކައޭ ސަބަބަކީ އެއީ ރައްޔިތުންނަށް އުއްމީދެއް ގެނެސްދޭނެ ސަރުކާރެއް އެއިރު އޮތުމުންނޭ މިހާރު ހިނގަމުންދާ ސަރުކާރުން ރައްޔިތުންނާއި ގުޅުން ހުރި ސީދާ ރައްޔިތުންގެ އަމިއްލަ ފުދުންތެރިކަން އިތުރުވާނެ އުސޫލުން ރައްޔިތުންނަށް ދަތިވެފައިވާ އެއްވެސް ކަމެއް އެމެން ކޮށް ނުދެއޭ ދައުލަތުގެ ބަޖެޓް ދަރަނި ވެފައި އޮތްވާ 5 މިލިއަން ރުފިޔާ ދޭން ޖެހޭ ބަޔަކަށް 30 މިިލިއަން ދިނުން އެއީ ރޯމާދުވާލު

  40. ނަރުސް

    ޑޮކްޓަރުން ލަފާދެނީ މަތިންގެންދަންށޭ ބުނާއިރު ޑޮކްޓަރުންނަކީވެސް އިންޑިޔާމީހުން، ދެންވިސްނާލާ މިކަމުގައި ކުޅިހިނަގާނެ މަގު.
    އަދި މިއީ އެމް.އެން.ޑީ.އެފް އިން ފަހުރު ވެރިވެފާ ވާހަކަ ދައްކާ ވަރަށްވުރި ހަޑި އަދި ދަށުދަރަޖައިގެ އަމަލެއް. 10 އަހަރު ވީއިރު ތިދުއްވާނެ ދިވެހި ދަރިއަކު ތަމްރީނު ނުކުރެވުމަކީ މީގެ ހެއްކެއް.
    އެންމެހާ ރައްއިތުން މިހިދުމަތަށް ހަރުއަޑުން ނޫނެކޭ ބުނަންޖެހޭ އަދި މީޑިޔާތަކުން އިންޑިޔާ މީހުންނަށް ފާރަވެރިވެ މިމީހުން ހިންގަމުން މިގެންދާ ޖަރީމާތައް ސާފުކޮށްދޭންޖެހޭ.