ކުރިއަށް އޮތް ފަސް އަހަރަށްވެސް، ނައިފަރު ދާއިރާގެ ރައްޔިތުންނާއި ގުޅޭ ވަރަށް އުންމީދީ ތަޞައްވަރެއް އެބައޮތް ކަމަށް، ނައިފަރު ދާއިރާގެ މެމްބަރ، އަދި ،ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް އެ ދާއިރާ އަށް ވާދަކުރައްވާ، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ. ޕީ.އެސް.އެމް އިން މިއަދު ގެނެސްދިން، ނައިފަރު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްވަަމުންނެވެ.

"އަޅުގަނޑު 2013 ވަނަ އަހަރު ސިޔާސީ ކަންކަމުގެ ތެރެއަށް އައިއިރުގަ އަޅުގަނޑަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދިޔަ. އަޅުގަނޑު 2013 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުންނަން ނިންމި ނިންމުމަކީވެސް ނައިފަރު ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުމެއް. 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އައިސް، ނައިފަރު ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑު ވާނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފަ. ކުރިއަށް އޮތް ފަސް އަހަރަށްވެސް އަޅުގަނޑުގެ ތަޞައްވަރެއް އެބަ އޮތް. އެ ތަޞައްވަރު ކުރެހީ ނައިފަރު ދާއިރާގެ ރައްޔިތުންގެ އުންމީދުތަކުން. އެ ތަޞައްވަރުގައި ހުންނާނީ ނައިފަރު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ކަންކަން." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ނައިފަރު ދާއިރާގެ ރައްޔިތުންގެ އިޙްސާޞްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ބޯހިޔާވަހިކަމާއި، ތަޢުލީމާއި، ޞިއްޙީ އަދި އިޤްތިޞާދީ ގޮތުންވެސް ނައިފަރަށް ކުރިއެރުންތަކެއް ބޭނުންވާ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް ވާދަކުރައްވާ ޝިޔާމަކީ ނައިފަރަށް އުފަން، ޢިއްލީ، ޤާބިލް، އަދި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަތޮލް

    ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރު ހުރި މީހަކަށް، ސިޔާމް އަކީ އެފިކުރު ހުރި، ގާބިލް ބޭފުޅެއް.

    4
    3