މާލޭގެ ކާރެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މަގުމަތީ ދުއްވަމުންދިޔަ ކާރެއް ހިފަހައްޓާ ޗެކް ކުރި އިރު، ކާރުގެ ފަހަތު ސީޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ. އެމައްސަލައިގައި ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. އެ ތިން މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންތަކެކެވެ.

ފުލުހުން ބުނީ އެ މައުލޫމާތުތައް ލިބިގެން އެ މީހުން ހައްޔަރުކޮށްފައިވަނީ މިރޭ އަށެއް ޖެހި އިރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އް

    އިންނަމާދޫ ފަލާހް ކާރު ތެރެއިން ސެންޓު ފުޅި ގޯސް އު؛ހޫންް..އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފިއެވެ

    1
    6
  2. 3ނިރު

    އެމްޑީޕީ ވެރިކަމުގަ ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރަށެއްގެ އާންމުން ދިރިރިއުޅޭ ހުރިހާތަނެއްގަ ސިނގިރޭޓް ގަންނަން ލިބޭގޮތަށް މަސްތުވާތަކެތީގެ. ހުރިހާބާވަތެއް ގަންނަން ލިބޭނެކަމަށް އެމްޑީޕީގެ ކުރީގެރައީސް މުހައްމަދު ނަސީދު ވިދާޅުވެއްޖެ.