މިހާރު ފުރިފައި އޮތް އާސަހަރާގައި އަނެއްކާވެސް ފަސް އެޅުމަށް ފަހު މީހުން ވަޅުލަން ސަރުކާރުން ނިންމައިފިއެވެ.

އާ ސަހަރާގެ ޖާގަ އިތުރުކުރުމަށްޓަކައި އެ ސަހަރާގެ އިރުމަތީ ފަރާތު މަހާނަ ގާތައް ނަގަން، މައްޔިތުންގެ އާއިލާތަކަށް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ އަންގާފައެވެ.

މާލޭ ސިޓީކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އާސަހަރާގަ ޖާގަ ނެތުމާއި ގުޅިގެން ޖާގަ ހެދުމަށްޓަކައި، ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އާސަހަރާގެ އިރުމަތީ ފަރާތުގެ މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައި ހުރި މަހާނަ ގައުތައް، މައްޔިތުންގެ އާއިލާގެ ފަރާތުން 31 މާރިޗް 2019 ގެ ނިޔަލަށް ނަންގަވައި ދެއްވުމަށް ދަންނަވާކަމަށެވެ.

އެމުއްދަތުގެ ފަހުން ނުނަގާ ހުރި ގައުތައް، އެތަނުން ނަގާ އެތަނަށް ވެލި އެޅޭނެ ވާހަކަވެސް ދަންނަވާކަމަށާއި މިގޮތުން ނަގަންޖެހޭ މަހާނަ ގައުތައް ނެގުމުގައި، އެގައުތަކަށް ލިބިދާނެ ގެއްލުމަކަށް، އެ ކައުންސިލުން ޒިންމާ ނުވެވޭނެ ވާހަކަވެސް ދަންނަވާކަމަށް އިއުލާނުގައި ވެއެވެ.

ކުރީގެ ސަރުކާރުން، މާލޭގައި މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލުކުރިއެވެ. ނަމަވެސް ފަހުން އެކަން އަނބުރާ ކުރިން އޮތްގޮތަށް ބަދަލުކުރީ ފެރީގައި މައްޔިތާ އުފުލުން އެއީ ދަތިކަމަކަށް ވުމުންނެވެ. އޭރު ސަރުކާރުން ނިންމާފައި އޮތީ ބުރިޖު ހުޅުވުމުން މާލޭގައި މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލު ކުރާށެވެ.

މީގެ ކުރިން ވެސް މާލޭގައި މަހާނަތައް މައްޗަށް ވެލި އެޅުމަށް ފަހު މީހުން ވަޅުލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    ސަހަރާވެސް މިހާރު ފުލެޓް އަކަށް ވީ ތަ؟

    23
    3
  2. ޖަދުވަލް ޒުހުރު

    ހަރުކަށިކަންތަ ހުރިހާކަމަކަށް ދައްކަނީ ވަޅުލާފައި ތިބި މީހުންވެސް ނަގާށޭ ބުނަގާ އެމީހަކު އާއިލާއެއްގެ މީހަކުގޮސް ތީދެން ބޮޑުވަރު

    25
    3
  3. ޙަސަނު

    މިހާރު މި އޮތް އިންޑިއާ ސަރުކާރުން ގަބުރު ތައް އަންދާން ވެސް އަންގަފާނެ ބިން ހެޔޮގޮތުގައި ބޭނުންކުރަންށޭ ކިޔާފަ

    17
    3
  4. ބޭބެ

    މިހާރު ބިމުގައި ޖާގަކުޑަވެ ގަބުރުސްތާންތައް ފުރިގެން ގަބުރުތައްމަތީގައި ގަބުރުވަޅުލާން މިވަނޫ މަޖުބޫރުވެފައެވެ. އަދި ދެތިން ބަރިޔަށް ވަޅުލުމަށްފަހު ކުރިން ވަޅުލި ގަބުރުތަށް ކޮނެގެން ނަގަންވެސް މިވަނީ ޖެހިފައެވެ.
    މިކަމުގައި އޅުގަނޑަށް ފެންންގޮތަކީ ކޮންކްރީޓުން ފޮށިހަދައި ގަބުރުސްތާންގެތެރެއަށް ފައްތައި އެ ފޮށިތަކުގެ ތެރޭގައި ގަބުރު ބާއްވާށެވެ. އޭރުން ފަހިން މައްޔިތާގެ ކަށިތައް ނަގަންޖެހުނަސް ފަސޭހަވެ، ކަށިތަކަށް ލިބޭ ގެއްލުން ކުޑަވާނެއެވެ.

    7
    4
  5. ގޯނިބޭ

    ތިޔަށްކިޔަނީ މަހާނަމައްޗަށް މަޑިއަށްޖެހުން.

  6. ޢިއްބެ

    މުޅިމާލެ ސަހަރާ އަކަށް ބަދަލުކޮށް ހުރިހާ އެއްމެން މިތަނުން ދާންވީ، މީމީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއްނޫން.