ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ އެކު އެއްބަސްވެވަޑައިގެންފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރޭ "ޗެނަލް-13" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ، ހެލިކޮޕްޓާރު ބެލެހެއްޓުމާއި ރާޑާރު ބެލެހެއްޓުމުުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެ ގެންނަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ގާއިމް ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"އެގޮތަށް ކުރާ ކޮންމެ ކަމަކީ، އޭގެ ފަހަތުން މިތަނަަށް ސިފައިން ބޭލުމުގެ ބޭނުމުގައި ކުރާކަމެއް، ރާޑަރު ބަލަހައްޓަން ސިފައިން، މަތިންދާބޯޑު ޑޯނިއާ ބަލަހައްޓަން ސިފައިން، ހެލިކޮޕްޓަރު ބަލަހައްޓަން ސިފައިން، މާދަމާ ގެރިގާޑިޔަލެއް ގެނެސްފިއްޔާ ގެރިގާޑިޔާ ބަލަހައްޓަން ވެސް ސިފައިން. ީގެ ފަހަތުގައޮތީ، މިއީ ރާއްޖޭގައި މިލިޓްރީ ބޭސްއެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް، މި މިލިޓްރީބޭސް ގާއިމް ކުރުމަށް ރައީސް ނަޝީދު ވަނީ އެއްބަސްވެފައި، އައްޑުއަތޮޅުގައި މިލިޓްރީ ބޭސް އެއް ގާއިމް ކުރުމަށް ނަޝީދު ވަނީ މޯދީއާއެކު އެއްބަސްވެފަ އިނގޭތޯ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2010 ވަނަ އަހަރު އިންޑިޔާ ސިފައިންނާއެކު އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖެ ގެނެސް ބޭއްވުމަށް ނަޝީދުގެ ސަރުކާރުން އިންޑީއާ އާއެކު ވެފައިވާ އެއްބަސް ވުމަކީ، ވަލު ދޮރައަށިން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ގާއިމްކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށެވެ.

"ރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަންޏާމު ގާނޫނުއަސާސީގެ 231 ވަނަ މާއްދާގަ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުލް މެޖޯރިޓީއަކުން ފާސްކޮށްގެން މެނުވީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ގާއިމެއް ނުކުރެވޭނެ. އެހެންވީމާ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އެ މެޖޯރިޓީ އެބޭފުޅާ އަތުގައި ނެތީމާ އެބޭފުޅާ ވަލު ދޮރައަށިން މިލިޓަރީ ބޭސްއެއް ގާއިމް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ މިލިޓަރީ ބޭސްއެއްގެނަން ނުކިޔައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2010 ވަނަ އަހަރު ރައީސް ނަޝީދު ވެފައި އޮތް އެއްބަސް ވުމަކީ އޭގެ ފަހުން ހުންނެވި ރައީސް ވަހީދު އާއި ރައީސް ޔާމީންގެ ސަރުކާރުން ނިމުމަކަށް ގެނަސްފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަނެއްކާ އެ އެއްބަސްވުން އާކޮށްގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އައްޑުއަތޮޅު އޮންނަ ލޮކޭޝަނަކީ ވަރަށް މުހިއްމު ލޮކޭޝަނެއް ކަމުން އެތަނުގައި މިލިޓަރީ ބޭސް އެއް ގާއިމް ކުރުމަކީ ގޮންމެ ގައުމަކުންވެސް ބޭނުންވާކަމެއް ކަމަށެވެ. އިންޑިއާއިން އެތަނުގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަނީ ޗައިނާއަށް ފާރަލުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ އިން ބޭނުންވާ ގޮތައް ރާއްޖޭގެ އަސްކަރީ ސިޔާސަތު ބައްޓަން ކުރަން ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އިންޑިއާގެ މަތީ ފެންވަރުގެ ވެރިން ވަނީ އިންޑިއާގެ މީޑިއާގައި އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭގެ ބަދަލުގައި ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާ އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. މަތީނު

    އުމަރު ވިޔަސް އެހެން މީހެއް ބުންޔަސް ތެދެއްވާބީ ހަމަ ތެދަކަށް. އިންޑިޔާ ސިފައިން މިހާރުން މިހާރަށް ބާލާ ހަމަ ބާލާ ހަމަ ބާލާ

    122
    12
  2. Anonymous

    ނަޝީދަކީ ބޮޑުވެގެންވީ މަކަރުވެރި ހީލަތްތެރިއެއް. އޭނާއަކީ މުސްލިމުންގެ ދުޝްމަނެއް. މިޑްލް އީސްޓާއެކު ކުުރުމަށް އިޒްރޭލުން ތައްޔާރުވަމުންދާ ހަނގުރާމާގައި، އިންޑިޔާ ބައިވެރިވުމަށް ނަތަންޔާހޫއާއެކު މޯދީ ވަނީ "ސްޓްރެޓެޖިކް އެލަޔަންސް" ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި. ދިވެހިރާއްޖެއަކީ މިހަނގުރާމަކުރުމަށް ބޭނުންކުރާ އެއްބޭސްގެ ގޮތުގައި ހެދުމަށް، 2010 ވަނަ އަހަރު ދިވެހި ސަރުކާރާ އެކު އިޒްރޭލުންވެސް ވަނީ މަޝްވަރާކޮށްފައި. އެއިރުގެ ސަރުކާރު ވެއްޓުމުން އިންޑިޔާ މިދޭތެރެއަށް ވެއްދީ. މިހާރު ހަނގުރާމައިގެ ބެރުގެ އަޑު ގުގުމާލާ ހިސާބަށް މިދަނީ. ތަޖުރިބާ ކާރުން ލަފާ ކުރަނީ 2020 ގައި މިހަނގުރާމަ ފެށޭނެކަމަށް. އެހާތަނަށް ދިވެހިރާއްޖޭގައި އިންޑިޔާގެ ބޭސްއެއް ގާއިމު ކުރުމަކީ އެމީހުން އެންމެ އިސްކަންދޭ އެއްކަންތަން.

    99
    5
  3. ޔަހުޔާ

    ދުނިޔޭގެ ހާލަތަށް ބަލާއިރު، ނަޝީދު ކަހަލަ ދޮގުވެރި ހީލަތްތެރިންނާއި އެމީހުން ކޮންޓްރޯލްކުރާ ސަރުކާރުތައް ދުނިޔޭގެ ޒައިނިސްޓު ހުރިހާ ގައުމެއްގައި އޮތީ. ފަހުޒަމާނުގެ އަލާމާތްތައް މިފެންނަނީ. ﷲ ތަޢާލާ އަނގަވާފައިވަނީ، ރިބާ ކާބަޔަކު ހަލާކު ކުރައްވާނެ ކަމަށް. އަދި، އަނިޔާވެރިންނާއި، ޝައިތޯނުގެ ބައިވެރިން ހަލާކު ކުރައްވާނެކަމަށް. މިގައުމުގެ ހާލަތަކީ މިހުރިހާ ކަމެއްގެ ތެރޭގައި ހިމެނޭ ހާލަތު. އަޅުގަނޑުމެން މުސްލިމުން މިހާލަތުން އެނބުރި ﷲ ގެ މަގަށް ރުޖޫޢަވެގެންނޫނީ މިހަލާކުން ސަލާމަތްވާނެ ގޮތެއް ނޯންނާނެ.

    90
    8
  4. ކުރައްވާދޭންވެ

    މަޖްލީހުގެ މެޖޯރިޓީ ހޯދަން މިސަރުކާރުން އުޅެނީ އެއީ އައްޑޫގައި އިންޑިއާގެ މިލިޓަރީ ބޭހެއް ހަދަން ވެގެންނޭ އެމްޑީޕީން ގަސްތު ކުރަނީ އެމެން އެކަނި ރާއްޖޭގައި ވެރިކަން ކުރަން މިގައުމަކީ އެއީ އެމްޑީޕީ ގެ މިލްކިއްޔާތެއް ނޫނޭ މީ ދިވެހިރާއްޖޭގެ އެންމެހާ ދިވެހި ރައްޔިތުންގެ ގައުމެކޭ އަދި މިގައުމަކީ ވަކި ބަޔަކު ބޭނުންވީމާ އިންކަމް ޓެކްސް ނެގިފައި އަދި މިނިމަމް ވޭޖް ލޭބަރ އެއް ގާއިމް ކުރަން ޖެހޭނެ ގައުމެއް ނޫނޭ މިގައުމުގައި މިހާރު އިންވެސްޓްކުރާ މީހުން ފެލާލާ ކެނެރީގެ ނަޝީދު އުޅެނީ މުއްސަނދިވާން އޭ އެއީ މިގައުމަށް ފާވެފައި އޮތް ބޮޑު ބަލާއެކޭ އޭނާގެ ކިބައިން މިގައުމު ސަލާމަތް ކުރައްވައި އޭނާއަކީ ސިޔާސީ ގޮތުން އެއްވެސް އާރެއް ބާރެއް ނެތް ނިކަމެއްޗަކަށް ހައްދަވާދެއްވާ މިދުއާ އިޖާބަ ކުރައްވާދޭންވެ...

    81
    10
  5. ހޮޅިމީހާ

    އައްޑޫ އެއަރޕޯޓު އަންނީ އިންޑިޔާގެ އަސްކަރިއްޔާއަށް ދޫކުރަން ނިންމާފައިވާކަމުގެެ އަޑުތަކެއްވެސް އެބައުޅޭ. މޯދީ މިގައުމުގެ އަރަނިކަހާލަން ދަރަށް ބަނދެފި. އަޅުވެތިކަމުގެ ޔެލޯއެލާޓް ގައުމުގެ ހާލުގެ ދޫ ނެރެފި.

    75
    8
  6. ޚާރިޖީ

    ޢުމަރަށް އަށްސަރިބަހާ ސާބަސް.....މިއޮތް ހުރިހާ ދުވަހު ނަޝީދު ގޮވީ ޗައިނާއަށް 16 ރަށް އޮތީ ދީފައޭ ..... ކޮބައިތޯ އެ 16 ރަށް ވެރިކަމުގައި ތިބި މީހުން ވީނޫންތޯ އެ ސޯޅަ ރަށް އާންމު ކުރަން ދޮގު ގެ ދޮގު މުޅި ދުނިޔެ އަށް އެދޮގު ފެތުރި ބޮޑެތި ގައުމު ތަކުން ބޭނުން ވީ ރައީސް ޔާމިންގެ ސަރުކާރު ވައްޓާލަށް އެބޭނުމުގައި އެކަމު މިއަދު އިންޑީޔާ ވީމާ އެމީހުން ކަހާތަން ހިރުވާ ވެސް ނުލާ.....ދަރަނީގެ ދަންތުރާގައި ޖެހުނީ ކަމަށް ބުނާމުން ދިޔާއި ޗައިނާ އިން ލޯނު ނެގީމާ ބަލަ އިންޑިޔާ އިން ނެތި ލޯނަކީ ދުވަހަކުވެސް ދިވެެހި ދައުލަތުްން ނެގި އަދެއް ނޫން ..ޗައިނާ އިން ނެގި ލޯނުގެ ބޮޑުބޔަކީ 7 ހާސް ފްލެޓް އެލުމާއި ރަންވޭ އެޅުން އަދި ބްރިޖް.... އެތަންތަން އޮއޮތީ ފެންނާން 800 މިލިއަން ޑޮލަރ އެކަމު އިންޑީޔާއިން 1.4 ބިލިއަން ޑޮލަރު ނެގީމާ ދަރަނީގެ ދަންތުރައަކަށް ނުވޭ ހެހެ / ހުލުލޭ އެއަރ ޕޯޓްގެ އާރޓާމިނަލް ގެ 1400 ބުޑު މިހާރު ވަނީ ކޮންކުރީޓް ކޮށްފައި ހަގީގަތް ބައްލަވާލަށްވަން ރައިސް ސޯލިހު ވަޑައި ގަތުމަށް ދައުވަތު އަރުވަން އެބުޑު ތަށް އެހެރީ ފެންނަން އެކަމު ވިދާޅުވީ ކުރެހުމެއްވެސް ނެތޭ .... ކުރެހުމުއް ނެތި މިޒަމާނުގައި މީހަކަު ފާޚާނާ އެއްވެސް ނަހަދާނެ ... ކުޑަ އަދަދެއް ނޫނޭ 1400 ބުޑު އެމް އޭސީ އެލް ގެ މުވައްޒަފުން އާގާތުން އަހާލަ ބަލަ އަޅުގަނޑު އަތުގައި ފޮޓޯ ވެސް އެބަހުރި

    76
    5
    • ފފފ

      އިޒްރޭލުގެ ދަލުގައި ޖެހިފަ ތިބޭ މީހުން ދެނެގަނެވޭނެ އެންމެމެ ފަސޭހަ ގޮތަކީ، އެމީހުން ދޮގުހަދާވަރު ދެނެގަތުން. އިބޫއާއި ނަޝީދަކީ ބޮޑެތި ބުހުތާނު ދޮގުތަށް ހަދާ މަކަރުވެރި ނުލަފާ ބައެއް. އެސްޓީއޯ އޭ ކިޔައިގެން ހަދަނީވެސް ހުސްދޮގު. އެއަރޕޯޓޭ ކިޔައިގެން ހަދަނީވެސް ހުސްދޮގު. އިންޑިޔާ ސިފައިންގެ އަދަދު އޮޅުވާލުމަށް ބޭނުންކުރަނީ ހީލަތްތެރި ގޮތްތަށް. ރާއްޖޭގެ އިގްތިޞާދޭ ކިޔައިގެން ހަދަނީ ހުސްދޮގު. ވިޔަފާރިވެރިން ކައިރީ އަހާލީމަ އެނގޭނެ މި 2 މަހު ވިޔަފާރިތައް ދައްވި މިންވަރު. "ދެރަގޮތެއް" ނުހަދާނަމޭ ކިޔައިގެން ހަދަނީ ހުސްދޮގު. މިއޮތީ ނުބައި ނުލަފާ ދައްޖާލު ބަޔަކަށް ވެރިކަން ހަވާލުކުރެވިފަ. ދިވެހިންނަށް ރީތިގޮތްތަކެއް މެދުވެރިވުން ނިކަން ގާތް.

      27
  7. ވިސްނާ

    އެޖެންޑާ 19އިގެ ދަށުން މަޖިލީހަށް ކުރިމަތިލާފައިތިބި ކެންޑިޑޭޓުންނަކީ ކޮންމެހެން ގައުމަށް ހެވެއް އެދިގެން އުޅޭނޭ ބައެއް ނޫނެވެ. އަދި ކިއެއްތަ، ހިހޫ ތަނުން ކާލައިގެން ބޮޑުމުސާރަ ނަގައި ލާދީނީ ނަޝީދު އަންގާ އެޖެންޑާތަކަށް ވޯޓު ދޭން ތިބޭނެ ބައެކެވެ. އެޖެންޑާ 19އަށް ނޫނެކޭ ބުނެމާ!!

    82
    7
  8. އެޖެންޑާ19

    އުމަރާ! އަހަރެމެންތަބާވާނީ އަންނިއަށް، ކޮންގައުމެއްތަ؟ ބަލަގަ ރާއްޖޭގެވެރިކަން ބަދަލުކުރަން އެމީހުންދިން ފައިސާގެ ބޮޑުއެހީތެރިކަމުގެ ބަދަލުގައި ރާއްޖޭގެބައެއް އިންޑިޔާއަށް ދޫކޮށްލުމަކީ ރާއްޖެއަށްއެއްވެސް ގެއްލުންހުރިކަމެއްނޫން، އަހަރެމެން ބޭނުންވަނީ އެޖެންޑާ ނަވާރައިން ހުރިހާދީންތަކެއްގެވެސް އިހްސާސްތައްވެސް ދަނެގަނެ ރާވެސް ލިމިޓްކޮށްގެން ނުވަތަ ކޮންޓްރޯލު ކޮށްގެން މިސްކިއްތަކަށް އަރާމީހުންނަށް އުދަގޫނުވާނެ ގޮތަކަށް ވިއްކަން، އަހަރެމެންގައުމައް ހަމަޖެހުން އަންނާނީ މިއުޅޭ ދީނީމީހުންގަނޑު ކޮންޓްރޯލު ކޮށްގެން. އަންނި ޒިންދަބާދު.

    32
    • ލާދީނީއެޖެންޑާ19

      ކަލޭތީ ކަނޑައެޅިގެން ދީނުންބޭރުވެފައިވާ މީހެއް. މުސްލިމުން ތަބާވާނީ ހަމައެކަނި މާތްﷲ އަށް. އަންނިއަކީ އިންސާނުންގެ ތެރޭގައިވާ ޝައިތާނެއް. މޑޕ އަކީ އެޝައިތާނާއަށް ތަބާވާ ލާދީނީ ބައެއް.

    • ޝޭމް އޮން ޔޫ! ):

      ކަލޭއަށް ރާފުޅިއެއް ބޯލެވެނިކޮށް ވަރިހަމަދޯ ގައުމު ވިކިގެން ދިޔަޔަސް! ކަލޭ އަމިއްލަޔަށް ދޭބަލަ އިންޑިޔާއަށް ވިކެން. ނޫނީ އިންޑިޔާގަ ލާދީނީކޮށް އުޅެވޭނެގޮތަކަށް އުޅެން! ޑޯންޓް ޓްރޭޑް ދަ ސޭފްޓީ އޮފް އައުއަރ ކަންޓްރީ ފޯރ ޔޯރ އޯން ސެލްފިޝް ނީޑްސް!! މޑޕ ގެ މަކަރާއި އަނިޔާއިން ގައުމު ސަލާމާތްކުރައްވާންދޭވެ! ):

  9. މިގޭ

    ބުދު ފައްޅީގެ ވެރިޔާ އެހުރިހާކަމެއްވެސް ކުރާނެ .
    މިފަހަރު ނޫނެކޭ ބުންޖެހޭ
    އެހެންނޫނީ ހިތާމަކުރާނެ.

    24
    1
  10. ބޯބުޅި

    އަހަރެން ދެކޭގޮތުގައި މިއަދު ދިވެހިރާއްޖޭގެ ދޮންބަންޑާރައިންނަކީ އުމަރު ނަސީރެވެ. ގާސިމް އިބުރާހީމަކީ ދޮންބަންޑާރައިންނަށް ފަންކާ ކޮށްދޭން ހުންނަމީހާއެވެ.

    18
    1
  11. ގައުމީ ވިންދު

    އުމަރު ނަސީރުގެ ވާހަކަ ވަރަށް ސާފު. ސިހުރު ބޮނޑިބަތުގެ އަސަރު ކޮށްފަހުރި މީހަކަށް އުމަރުގެ ވާހަކަ މޭރުން ނުވެދާނެ. އޭގަ އަހަރެން ކުރާނެކަމެއް ނެތް. ވަރަށް މާފު.

    24
  12. ވިސްނާ

    "ރާއްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ކުރަންޏާމު ގާނޫނުއަސާސީގެ 231 ވަނަ މާއްދާގަ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުލް މެޖޯރިޓީއަކުން ފާސްކޮށްގެން މެނުވީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ގާއިމެއް ނުކުރެވޭނެ." މިހެންވެގެންދޯ ކޯލީޝަންގެ އެއްބަސްވުމެއް ނެތޭ ކިޔާފައި ލާދީނީ ނަޝީދު ހުރިހާ ދާއިރާތަކަށް އެމްޑީޕީ ކެންޑިޑޭޓުން ނެރެގެން މިއުޅެނީ.

    22
    1
  13. މާމިގިލީ މީހާ

    ނަސީދުގެ އަމިއްލަ ގޭގައި އަސްކަރީ ބޭސް ހަދާބަލަ. ނަސީދު ހީވަނީ ރާއްޖެއަކީ ނަސީދުގެ މައިންބަފައިންގެ ތަރިކަ މުދާހެން.

    21
  14. އެމެންނޭ

    ހެލްމެޓާ އެކު، ފެރީތަކަށް ބާރު ބޮޑުވެއްޖެ ނަމަ މިއިން އަންގާދެނީ އާންމު މީހާ އަތްމަތީގައި ފައިސާ ދަތިވެފައިވާ މިންވަރޭ އެކަމަކު މިސަރުކާރުން ބޭކާރު ގޮތުގައި ސްކޫލް ކުދިންނަށް ހެދުުނު ނާސްތާ ދެނީ އޭ ކިޔާ ސްކޫލް ގައި އުޅޭ 10 ކުއްޖަކަށް ހެދުނު ނާސްތާގެ ގޮތުގައި ކުނިވެފައި ހުންނަ މޮޅަ ކާތަކެތި ހޫނުކޮށްގެން ގޮސް ސްކޫލް ތަކުގެ ކުދިންނަށް ކާން ދިން ކަމަށް ހަދާ ދުވާލަކު 3 ހާސް ކުދިންނަށް ކާންދިން ކަމަށް ބުނެ ބިލް ކޮށްގެން ފައިސާ ގަނޑު މަޅާލާ ދައުލަތް ލޫޓުވާލަނީއޭ ހިންނަވަރޭ އާއި އަބޫޖަހުލާއި ދެމީހުން ވެގެން 5 މިލިއަން ބަދަލުގައި 30 މިިލިއަން އެންމެ ތިން މަސް ދުވަސް ނުވަނީސް ބަނޑު އަޅާލައިގެން ޒީރޯ ލެވެލް ކޮރަޕްޝަނޭ ކޯއްޗެއް ކިޔަންތޭ ދަ ގޫބައްޑާ މެން އޭން ބުނެބަލަ ދަ ވަގު ގޫބައްޑާއަނޭ މެންނޭ ކޯއްޗެއްތޭ ލަދު ހަޔާތް ކޮބާތޭ ގޫބައްޑާ މެން ދަ ރާއްޖެތެރޭ ރަށް ރަށަށް އަރާއިރު ރާއްޖޭގެ ހަލާކޭ މީ ދަ ގޫބައްޑާމެންނަކީ...

    13
    1
  15. ބަނޑުއަޅާލަނީއޭ

    ހެލްމެޓާ އެކު، ފެރީތަކަށް ބާރު ބޮޑުވެއްޖެ ނަމަ މަމެންނަށް އެގިގެންދާ އެއްޗަކީ ކުދިންނޭ ކުދިންނޭ އަންނަން ހުރި ތަދުމަޑު ކަމާއި ހަނަފަސް ކަމުގެ ބޮޑު ކަމާއޭ މިހާރު މިއޮތް ވެރިކަމަކީ އެއީ ރައްޔިތުންއެދޭ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދޭ ބަޔެއް ނޫނޭ އެމެންގެ ޕާރޓީ ގައި އުޅޭ ވަގުން މުއްސަނދި ކުރުމަށް ޓަކައޭ ސްކޫލް ތަކުގެ ހެދުނުގެ ނާސްތާ ވެސް ހިލޭ ނަމެއްގައި ދެނީ އެއީ ހިނގާ ކަމެއްވެސް ނޫން ހަމަ ސަރުކާރުގެ ފައިސާ ގަނޑު ބަނޑުއަޅާލަނީއޭ އެޑިއުކޭޝަންގެ ބޮޑުން ތައް ބަނޑުއަޅާލަނީއޭ ބަނޑުއަޅާލަނީއޭ...

  16. 1111

    އެންމެންވެސް މި ކިޔަނީ ނަޝީދު ކަހިރުވަހޭ.. ތިވަރަކުން ތިކަންކަމަށް އިސްލާހް ކުރަން ބޭނުންނަމަ މާމޮޅު އެއްޗަކަށް ހަދައިގެން މިއުޅޭ ހުޅަގުގެ ވަބާ (ޑިމޮކްރަސީ) އިން މި ޤައުމު ސަލާމަތް ކުރެވޭތީ އުޅެންވީ އެއްނު! ފޫކޮޅުގަ ހުރި ހަޑި ނުފިލުވާ އެހެން ހަޑިތައް ފިލުވަން އުޅޭނަމަ ދުވަހަކުވެސް ގެނެވޭނެ އިސްލާހެއް ނޯންނާނެ.

    6
    1
  17. މާވަޑި ފަލާހް

    އުމަރާ ކަލޭހަމަތަ؟ ކަލޭގެ މިނިސްޓަރުކަމުގަ ތިބުނާ ހެލްކަޕްޓަރުތަކާ އިންޑިޔާ ސިފައިން މިޤައުމުން ބޭރުނުކުރީކީއްވެތަ؟ އޭރު ކަލެއަށް ލިބެމުންދިޔަ މާލީމަންފާތަކާ އެހެނިހެން އިނާޔަތްތަކާހުރެ އެވާހަކަނުދައްކާ މިހާރު އެހުރިހާކަމެއް ނުލިބޭންފެށީމަ ތިއުޅެނީ އަނގަކަހާތީދެއްތޯ؟ ޤައުމުގަ ހަމަޖެހުންނަގާލާ އަވަށްޓެރި ޤައުމުތަކާއޮށްނަގުޅުން ހީނަރުކޮށް ކަނޑާލަން ތިކުރާމަސައްކަތް ހުއްޓާލުމަށްގޮވާލަން. ނޫނީ އަހަރެމެން ރައްޔިތުންނުކުމެ ކަލޭހުއްޓުވަން ޖެހިދާނެ.

    2
    20
  18. ބޯގުޑޭ

    ނަޝީދު ރާއްޖެ އައިސް އާރޓިފިޝަލް ބީޗް ގައި ދެއްކި ވާހަކަ އާއި އަދި އެއަށް ފަހު އައްޑޫ އަށް ގޮސް ދެއްކި ވާހަކަ އަޑު އަހާލުން ވ މުހިއްމު...ޓާޓާ، ޖީއެމްއާރު، ގެ ހަރަކާތް ތަށް މަސައްކަތް ތަށް މިހާރުވެސް ރާއްޖޭގައި ކުރިއައްދޭ . ދީނޭ ކިޔައިގެން އެތަކެއް ވާހަކަ ދައްކާ ދީން ކިޔަވައިގެން ތިބި ޝޭހުންނާ ޗެލެންޖު ކޮއްފަ އޭނާ އާއި އޭނާގެ އައުވާނުން އެދަނީ.. ރާވިއްކައިގެން ލާރި ހޯދާ ވާހަކަ ޔާ، އެއްޖިންސުން ގުޅުން ހިންގާ މީހުން އަށް މީޓިން އަށް ގައުމުގެ ވެރިން ދައުވަތު ދީ، ނަސޯރާއިންނަށް މިތަނަށް އައުމަށް ދައުވަތު ދީ، އަދި އެމީހުން ކައިރީ ޤުރުއާން ނޫން އިތުރު ގޮތެއް ހޯދަދޭން އެދި، ޖަހާނެ ސަކަރާތެއް ޑިމޮކްރަސީގެ ނަމު ކުރާއިރު ތި ނޫސް ލިޔާ މީހަ އިން ފެށިގެން ކޮމެންޓް ބަލަން ތި ތިބެނީ..ހޭލާ ބަލަ ދިވެހިންނޭ...!

    14
  19. މީވެސް ސިސްޓަމެއް

    ރަންގަޅުކަމެއް، ބަލިކަށި ނިކަމެތި ޤައުމުތަކަށް ލިބިދޭ ދިފާއީ ނިޒާމެއް، ޗައިނާއަށް އަށްވެރެއް ތޭޕިސްތާންވެސް މާ ރަންގަޅުވާނެ! މީކީ ހަންފެތުރޭ ޒަމާނެއްނޫން!

    3
    7
  20. ދިސްވޭ

    ދަރުމަވަންތަ ހޮސްޕިޓާ އިންޑިއާ އަށް ހިބައިން ދޭން ކެނެރީގެ ނަޝީދު ވެފައިވާ ވައުދާއި ވެލާނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ދުލި ބަދަލު ކޮށްގެން އައުމުން ދޭން ޖެހޭ އެއްބަސްވުމާއި މަޖީދީމަގު ވިއްކާލުމުގެ އެއްބަސްވުމާއި އަދި ބަގާވާތެއް ކޮށްފާނެއޭ ކިޔާ ސައިކޯ ވެފައި ހުރުމުން ވެރިކަން ދިފާއު ކުރަން އޭ ބުނެ އިންޑިއާގެ 10 ހާސް ސިފައިން އައްޑޫ ގަމުގައި އާއި ދޫނިދޫގައި ތައްޔާރަށް މުޒާހަރާ ކުރާ މީހުން ގަޔަށް ރަބަރު ވަޒަން ޖަހަން ބޭތިއްބުމުގެ އެއްބަސްވުމޭ ކުރިއަށް ދާނީ...

  21. ފިކުރު

    އުމަރު ބުނީތެދެއްތޯ ކަށަވަރު ކުރެވިފައިނުވާތީ އުމަރު ބުންޏަސް ދޮގެއްވާނީ ދޮގަކަށް ހަރުގަޑަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް އުމަރު ކުރިތޯވެސް ބައްލަވާ

    12
    • ޑަންޑަހެލު

      ޢުމަރު ދައްކާފައި ވަނީ އަސާސްތަކެއްގެ މައްޗައް ބިނާކޮށް ދައްކައިފައިވާ ހަޤީގަތް. ޢެޖެންޑާ19 އަކީ އެއި، މަޖިލިސް އަގުލަބިއްޔަތު ހޯދައިގެން ކުރާ ކަމަކީ އެއި. މިފަހަރު އިންތިހާބު އޮޅުވާލައިގެންވެސް ކާމިޔާބް ނުވިއްޔާ ސަރުކާރު ނޭވައި ހޮޅިއަށް އެޅޭނެ.

  22. ހުސެއިން

    އުމަރު ދޮގާއި މަކަރު ހަދައިގެން ދެނެއް މިގައުމުގައި ބަގާވާތެއް ނުކުރޭނެ ، މާތ ﷲ ވާގިފުޅައި އެކު ތިޔަ ނުބައި ވާބައިން މިގައުމު ސަލާމަތް ވާނެ ، ތިޔަ ބައިގަޑުގެ ދުވަސް ހިގައްޖެ ތީ ޖަލަށް އުމުރަށް ލާންޖެހޭ ބައެއް ، އަވަހަށް އިންސާފްވެރި ފަންޑިޔާރުގެއެއް ހްދައިގެން ޗަރީޔަތްކޮށް ދިގުމުއްދަތަކަށް މިމީހުންޖަލަށްލައި މިގައުމުގެ ފާގަތި ވެރިކަމެއް ކުރޭ

    15
    24
    • ވިސްނާ

      ހުސޭނާ!! ކަލޭމެންގެ ރުޙާނީ ލީޑަރު އުޅޭހެން އުޅޭނެ މީހެއް ނޫނޭ އުމަރަކީ.. ޕޯޑިއަމްތަކުގައި ކޮސްގޮވާފަ ގޮސް އެގޮވުނު ކޮސް އިސްލާހު ކުރަން ޓުވީޓު ކުރާކަށް..

  23. އަބޯ

    އިންޑިޔާ ގެ އަސްކަރީ ބޭހެއް ރާއްޖޭގަ ގާއިމު ކޮށް އެމްއެންޑީއެފް އުވާލުމަށް ނަސީދު ވަނީ އެއްބަސްވެފާ. މިސަރުކާރުގެ ސެކިއުރިޓީ ބަލަހައްޓާދިނުމާ ތަހްގީގު ކުރުމާ ކޯޓްތަކުގާ ވެސް ތިބޭނީ އިންދޑިޔާ މީހުން . އޭރު ދިވެހިން ތިބޭނީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގާ މިނިވަންކަމެއްނޯންނާ .އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގާ ތިބެން ރައްޔިތުން ބޭނުންވާނެބާ؟

    16
    1
  24. ބޯގުޑޭ

    ކޮބާ ކޮމެންޓް.! ޕޯސްޓް އެއް ނުކުރެވޭ.!

  25. ލީމަން

    ނަޝީދު އޭނާގެ ގެ ވިއްކާލާ އެކަމަކު ރާއްޖެ އޭނާއަކަށް ނުވިއްކޭނެ..

    ނަޝީދަށް ދެން މަގޭއާއިލާ އެކަކުވެސް ވޯޓެއް ނުލާނެ..

    17
  26. އަބޯ

    ނަސީދު ބޭނުންވަނީ ނަސިދުގެ ބައްޕަ މައިޓް ކުންފުނިން ހިޔާނާތްވިކަމަށް ސަރީއަތަށްސާބިތުގެ އިފްލާސްކޮށް ވިއްކާލި ގެ އަބުރާ ލިބިދެވޭފަދަ އިންޑިޔާގެ ފަނޑިޔާރުން ފަނޑިޔާރުގެ އަށް އައްޔަން ކުރަން

  27. ރާޅު

    އުމަރޫ ކަލޭމެންގެ ވެރިކަމުގަ ދާހިލީ ވަޒީރު ކަމުގަހުރެގެން މިރާއްޖޭގަ ބުދު ބެހެއްޓި ވީކަމެއް ހަރާމް

  28. އަލްޖިބްރާ

    އުމަރު ތިޔައީ ބޯބުރާންތިވެފާް ހުރި މީހެއްތަ ؟ ދެހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ 50ހަކަށް މީހުން ތިބެގެން ކަލޭގެ ދެފަޔަށް ހިނިއަރާއިގެން އުޅޭއިރު ، މިރާއްޖޭން މިއުޅޭ ބަންގާޅިން ހުސްކުރަން ކަލޭ ކޮމާންޑިންގ ސެންޓަރު ނުހަދަނީ ކަލޭގެ ހުރިހާކަމެއްވެސް ކޮށްދެނީ ބަންގާޅީން ކަމަށް ވަތީ ތަ ؟ ވަށްކަން ކުރުން ، ޑްރަގްވިޔަފާރި ކުރުން ، ބަގުރާ އުފެއްދުމާއި ވިއްކުން ،ބަދުއަޚުލާޤީ ކުށްތަށް ކުރުން ، މިރާއްޖޭގެ ހުރިހާ ކަންމަތީ ފިހާރައެއްގެ ވިޔަފާރި ތަށް ބަޑުދަށުލުން ! ނުވިތާކަށް މިހާރު އެމީހުންގެ ދަރިފަސްކޮޅުވެސް ދަނީ މިޤައުމުގައި އާލާކުރަމުން ! މިކަމަށް އެއްޗެކޭ ބުނަން ކަލެއަށް ނުކެރެނީ ކަލެއަށް ކަށްކާފަ ކާންދެނީވެސް ބަންގާޅީން ނަށް ވީމަތަ ؟

  29. އެލެކްސް

    މީހަކު ބުނާކަށް މިހާރު ނުޖެހޭ ދިވެހި ރާއްޖޭގެ މިނިވަންކަމެއްނެތް. ދިވެހި ދައުލަތް މިނިވަންކަމުގެ އުފަލުން މިހާރު ވަނީ މަހުރޫމް ވެފައި. އަމިއްލަ އަށް ބަސް ބުނުމުގެ ހައްގެއް ނެތް. އިންޑިއާގެ އަސްކަރީ ބޭހެކޭ ނުކިޔަސް ރާއްޖޭގައި ވަރަށް ފާޅުކަން ބޮޑުކޮށް އިންޑިއާގެ އަސްކަރީ ބޭހެއް އެބައޮތް.

  30. ގެރިމޯދީގެ ޖަވާބަކީ ކޮބާ؟

    މީހަކު އަޅެފަހެ އަޖައިބެއް ނުވާނެތަ؟ ތިޔަ ހެލިކޮތަޅަކުން އަށެއް އަޅަން ނޭނގިގެންތަ ހެލިކޮތަޅު ދުއްވުމުގެ ޓެސްޓުން ދިވެހީން ފާސްނުވެގެން މިއުޅެނީ؟

  31. ޢަލީ އަޙްމަދު

    އުމަރު ވިޔަސް އެހެން މީހެއް ބުންޔަސް ތެދެއްވާނީ ހަމަ ތެދަކަށް. އިންޑިޔާ ސިފައިން މިހާރުން މިހާރަށް ބާލަން ބޭނުންވާ ބޭފުޅުން އަންނަ އިންތިޚާބުގައި ރީނދޫ ކުލައަށް ނޫނެކޭ ބުނޭ!

  32. ސޯޅަ ގެވަޅު

    މިކަން ތެދަކަށްވުމަކީ ވަރަށް ކައިރިކަމެއް. ސައޫދީންގެ ރަސްކަން ދިފާއު ކުރަނީ އެމެރިކާ ސިފައިން.

  33. މިލްކްމޭން

    އުމަރާ ދައްކާވާހަކައަކީ ވަރަށް ގިނަ ފަހަރު ޙަޤީގަތަކަށް ވެފަ ހުރިކަންތައް. މިއައްނި އުޅޭގޮތުންނާ ބަސްމޮށުންތެރިކަން ހުރި ގޮތުން އޭނާގެ ސިއްރު އެޖެންޑާ ވަރަށް ސިއްރު. ރައްޔިތުންނޭ. ވިސްނާ ހޭލާ. ލޯމަރާލައިގެން ނުތިބޭ. ތާއަބދު ހިތާމަކުރަންޖެހޭނެ.