އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ބަންދަށް ނުވަ ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އިބޫ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އިބޫގެ ބަންދަށް ނުވަ ދުވަސް ޖެހިއިރު އެރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 139 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިބޫގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ، ފެނޭތޭ ފެނޭދޯ، ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • ސއފ

      .އެއްކަލަ ނުފެންނަމީހާ

    • ނުފެނިގެން ނޫޅެން

      ހާދަ އަމިއްލަޔަށް މަޖާވަނީ

  2. ކާ

    މާ އިގިރޭސި ވާނެކަމެއްނެޔް.ޔޫ ގެޓް މައި ޕޮއިންޓް ގެޓް އިޓް ރައިޓް ޔޫ ބެޓަ އަންޑަންސްޓޭންޑް