އެމްޑީޕީގެ މެޖޯރިޓީ ލިބުމުން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ނ. މަނަދޫގައި، މަނަދޫ ދާއިރާ އިން އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް އަހުމަދު ހާރޫންގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުން ގިނަވެގެން ރައްޔިތުންނަށް ވާނެ ގެއްލުމެއް ނެތް ކަމަށާއި، އެމްޑީޕީގެ، އެމަނިކުފާނުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރައްވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.
އެމަނިކުފާނަކީ ތަފާތު ސިޔާސީ ފިކުރުތަކަށް މަރުހަބާ ކިޔުއްވާ ބޭފުޅެއް ކަމަށާއި ތަފާތު ފިކުރުތަކާއެކު މަސައްކަތް ކުރެވޭނެ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނު ކުރައްވާ މަސައްކަތުން، ކޯލިޝަނުގައި ތިއްބެވި އެހެން ޕާޓީތަކާއި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެއްވެސް ދެރައެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާ އިރު، އެމަނިކުފާނުގެ ސަރުކާރު އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް މަޖިލީހަށް ނުކުންނަވަން ކޯލިޝަން ބޭކާރުކޮށްލާ، ވަކިވަކިން ޕާޓީތަކުން ނުކުންނަ އިރު، ޖޭޕީން ކޯލިޝަން ހެދީ ޕީއެންސީއާއި ޕީޕީއެމްއާ އެކުގައެވެ. އެމްޑީޕީ ހުރިހާ ގޮނޑިއަކަށް ވާދަކުރައްވާ އިރު، އެޕާޓީގެ ކެމްޕޭނުގައި ކޯލިޝަނުން ގެންނައި ރައީސް ބައިވެރިވަޑައިގަތުމުން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
ރައީސް އަށް ނ. މަނަދޫ އިން ހޫނު މަރުހަބާއެއް ކީ އިރު ރައީސް ވަނީ މިޖަލްސާގައި، މަނަދޫ އިން އަދި ނ. އަތޮޅުގެ ރައްޔިތުން މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ދެއްވި ވޯޓަށް ޝުކުރު ދަންނަވާފައެވެ.
25 އަހަރު މަޖިލީހުގަ ހުރެގެން އަމިއްލަ ރަށައް ކޮން ކަމެއް ބާ ކޮއްދެވުނީ
މަޖިލީހުގާ މިދިޔަ 7 އަހަރު ހުރެގެން ބުޖެޓައް ވޯޓު ނުދީ ނުވިތާކައް 25 އަހަރު ވީއިރު އަމިއްލަ ރަށައް ކަމެއްނުކޮއް ދެވުނު ކްމެެއް ނެއް
ގެއްލުމެއް ނުވާނެއޭ ބުނާއިރު ބަނގުރާ ޢާއްމު ކޮށް ކޮންމެ ރަށެއްގަ ފައްޅިއަޅާނެ
ސާލިހް ކޮންދޮގެއްތިޔަ ހަދަނީ އެމްޑީޕީގެ އެންމެ މެމްބަރަކު މަިޖިލީހުގަ އިނުމަކީވެސް ރާއްޖެ އަށް ގެއްލުންފޯރާނެކަމެއް. އެކަންމިހާރު ވަނީ ފެންނަން ފަށާފަ. އިންޑިޔާގެ އަސްކަރީ ބޭސް ހަމަލޮލަށް މިހާރު އެބަފެނޭ .މާގިނަދުވަހު ވެރިކަމުގަ ހުރުމަށް ނުވިސްނަވާތި ؟ ބޭސް ގާއިމު ކޮށްފިނަމަ ހަތިޔާރުގާ ހިފާނަން.
މަޖުލީހުގައި އެމްޑީޕީގެ މެންބަރުން ނެތުމަކީވެސް އެއްވެސް މައްސަލައެއްނޫން. ކޯލިޝަނަކުން ރައީސްކަން ލިބިނީމަ ހުރިހާ ޕާޓީތައް އެއްފަރާތް ކޮށްފަ އެމްޑީޕީ އެކަންޏައް މަޖުލިސް ހޯދަދޭން އުޅުމަކީ އެއްވެސް އިންސާފެއްނޫން.
%100 ގެއްލުންވާނެ. އެއީ މިގައުމުގެ އޮތް ރިޔާސީ ނިޒާމް ބަރުލަމާނީއައް ބަދަލްކޮއް މުރުތައްދު އަންނި ބޮޑު ވަޒީރަކައް އައްޔަނު ކޮއް ލާދީނިއްޔަތު މެކުހައް ޖަހާ އިންޑިޔާއައް ގައުމުގަ ހުރި ހަރު މުދާ ވިއްކާލާނެ. އަދި ބަގާވާތް ކުރާނީވެސް އަންނި
މަނިކުފާނުއިތުރުފުޅުނަހައްދަވާ
ކަރުނައަޅާ ރޯންޖެހޭނީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މިރާއްޖޭގެ ރައްޔިތުން
އިތުރުފުޅުނަހައްދަވާ
އުމަރު ވިޔަސް އެހެން މީހެއް ބުންޔަސް ތެދެއްވާނީ ހަމަ ތެދަކަށް. އިންޑިޔާ ސިފައިން މިހާރުން މިހާރަށް ބާލަން ބޭނުންވާ ބޭފުޅުން އަންނަ އިންތިޚާބުގައި ރީނދޫ ކުލައަށް ނޫނެކޭ ބުނޭ!
މިހާރުކުރަން ވިީކަމަކީ ޕާޓީތައް އުވާލުން އެއިރަށް ގައުމު ހަމަޔަކަށް އެޅޭނެ ހެން ވަރައް ހީވޭ މިބައިބައިވުން ފިލާނެ ވިސްނާ......