މައިމީހާ ވިހެއުމުގެ އޮފަރޭޝަން ކުރިތާ މާގިނަ އިރުތަކެއް ނުވެ، ދަރިފުޅު ނިޔާވީ ޑޮކްޓަރުގެ އިޙުމާލުން ކަމަށް، އެ ތުއްތު ދަރިފުޅުގެ އާއިލާއިން ތުޙުމަތު ކުރާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރ.މަޑުއްވަރިއަށް ނިޞްބަތްވާ މި އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި، އަންހެންމީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އޮޕަރޭޝަންކޮށްފައިވަނީ މެންދުރުފަހު ތިނެއް ޖަހާއިރު ކަމަށެވެ. އަދި އެހާ ގިނަ ގަޑިއިރުތަކެއް ވަންދެން އޮޕަރޭޝަން ނުކޮށް ބާއްވާފައި އޮތް ސަބަބުވެސް އާއިލާއަށް ސާފުކޮށްދީފައިނުވާ ކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

"އަޅުގަނޑުމެން އައިސްފިން މިއަދު ހެނދުނު ނުވައެއް ޖަހާއިރު މިތަނަށް (އުނގޫފާރު ހޮސްޕިޓަލަށް). ގެނައިތާ މާގިނަ އިރުތަކެއް ނުވެ، ޑޮކްޓަރުން ބުނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާށޭ ޖެހޭނީ. އެކަމަކު އޮޕަރޭޝަން ކުރީ ހަވީރު ތިނެއް ޖެހިއިރު. އެހާ ގިނަ އިރުވަންދެއް ބޭއްވީ ކީއްވެކަމެއް ނޭނގެ. ދެން އަޅުގަނޑުމެން އަޑުގަދަކުރަންފެށީމަ ޕޮލިހުން އައިސް، ހޮސްޕިޓަލްގެ އިސްވެރިންނާއި އެއްކޮށް ބައްދަލުކުރީ. ހޮސްޕިޓަލުން ޤަބޫލެއްނުކުރޭ ޑޮކްޓަރުންގެ އިހުމާލެއް ވާ ކަމަކަށް. އަޅުގަނޑުމެން މި ތުޙުމަތު ކުރަނީ އެއީ ޑޮކްޓަރުންގެ އިޙުމާލުން ވީ ކަމެއް ކަމަށް." ނިޔާވި ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލުގައި މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިކަމާއި ގުޅޭގޮތުން ޕޮލިހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށާއި، އެކަން މިހާރު، ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އުނގޫފާރު ހޮސްޕޮޓަލާއި ހަވާލުވެހުންނެވި ފަރާތާއި ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ، މަޢުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.

ތުއްތު ކުއްޖާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:15 އެހާކަށް އިރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދދދދދދ

    ތުއްތު ކުދިން މަރާ ސަރުކާރު.

    22
    20
    • ބުރޯ

      ބުރޯ މިނޫން ސަރުކާރެއްގަ ތުއްތު ކުއްޖަކު މަރުނުވަނީތަ؟ މިރޭ ނިދަން އަރާ ވިސްނާލަބަލަ

      14
      9
  2. ޞިރާޠު

    ވަގު ސަރުކރު އައިފަހުން މިފަދަގޮތަކަށް މަރައިލި މިއީ 4 ވަނަކުއްޖާއެވެ. ރައީސް ޔާމީންގެ ސަރުކާރު އޮތްއިރު މިފަދަ ގޮތަކަށް ކުއްޖޖަކު މަރުވުމުން އެއީ ޔާމީންގެ އިހްމާލުކަމަށް ގޮވައި ނިދިފިޔައެއްނުޖަހާ އުޅުނު އާލަތުން މިއަދު ބުނާނީ ކީކޭބާވައެވެ؟

    19
    9
  3. އަލި

    ބަޔަކު ހަސްފަތާލު ދޮށަށް އެއްވެ މުޒާހަރާ ނުކުރޭތޯ..... ކަމެއް ވާ ކޮންމެ ފަހަރަކު ކުރިން ދަސްކޮށްދިނީ އެގޮތް ... ޗިކަން ގުންޏާ އާއި ޑެންގޫ ހަލުވި ކޮށް ފެތުރެމުން ދާއިރު މިކަމަށް ސަމާލު ކަން ދޭ ވަރަށް ވުރެ މަޖިލީހުގެ އިންތިހާބާއިގެން ސަރުކާރު އުޅެނީ.... ކުރިންނަމަ ބުނޭ އެއީ ސަރުކާރު ފޭލް ވުމޭ ބައްޔެއް ފެތުރޭ އިރަށް އެލަވަ ކިޔަމުން ދިޔައީ މިފަހަަރު ކިހިނެއްބާ...... އައި ޖީ އެމް އެޗްގެ ހާލު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް... އެތަނަށް ލާފައި ހެރަ ކުޑަ ބަންދޭ އަކީ ވަހިއްދީނަށް ވަރުގަދަ ލަނޑެއްދީފައި ހުރި މީހެއް މުޅި ބަނޑޮސް ބަނގުރޫޓު ވި ވަހިއްދީނު ރަނގަޅު ކަމުން ޝަރިއަތަށ ނުދިޔައި އެހެން ނޫންނަމަ އަދިވެސް އިންނާނީ ޖަލުގައި......

    17
    2
  4. ާއުގޫފާރު

    މި ސޯލިހެއް އައިފަހުން މިނޫން އަޑެއް ނީވޭ ހިތާމަހުރި

    15
    7
  5. ?

    ޔާﷲ

    9
    2
  6. ޜރރ

    ޢެތާ ވިއްސަން އެހުންނަނީ ވ ރަހުމްކުޑަ ލައިނުގެންފަ ހުންނަ ޑރ އެއް.... ކިތައް ކުދިންތޯ އޭނާގެ އިހުމާލުން އެމަރުވަނީ މަދު މީހަކު ތިޔަހެން އަންގާނީ..... ޑީޕޯޓް ކޮއްލަންވީ އަވަހައް

    17
    3
  7. ޑރ

    ޢުގޫފާރު މީހެއްގެ ދަރިއެއް ވެސް މަރުވި ކަރުގަހިފާ ދަމާނެރެގެން މުޅިގައި އޮތީ ނޫވެފާ ދަތްދޮޅިމަތި އޮތީ ދުޅަވެފައި ނިކަމެތި އާއިލާއެއްވީމާ އަޅާނުލާތިބީ

    15
    2
  8. ނޫސް ކިޔާމީހާ

    މާތްކަލާކޯ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަކުންނޫން މީހުން މަރަނީކީ މަރު އޭގެ ވަގުތު ޖެހުމުން ޔާމީނު ވެރިކަމުގާ ހުއްޓަސް ސޯލިހު ވެރިކަމުގާ ހުއްޓަސް ވަރުވާނެ ކުދިންނޭ އެއްޗެތިކިޔަންވީކީނޫން ދެންވެސް ކުށެއްކުރެވިފައިވާނަމަ ތައުބާވެ އިސްލާހުވޭ 5 ވަގުތު ނާޅާ ނަމާދު ކުރޭ

    17
    4
  9. ޖަހާންގިރި

    ވޯޓު ވަގު ވެރިކަމަށްއައި ފަހުންމީހުން މަރުވާލެއްގިނަ އެހެންނުވާނީ ކޮމިސަނެއްހެދީ މީހުންމަރުވާގޮތް ބަލަންވިއްޔަ.

    4
    3