މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ދެކުނުން ގދ.ފަރެސްމާތޮޑާގައި އަޅައި އެއާޕޯޓްގެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ހުންނެވި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕެއިންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓް މި އަހަރު ނިމުމުގެ ކުރިން ނިންމަން އަމާޒު ހިފައިފައިވާކަމަށާއި އެއާޕޯޓް އަވަހަށް ހަދައި ނިންމައިދިނުމަށް ރައްޔިތުން އެދެމުންދާކަމަށެވެ.

"އެއާޕޯޓް އަވަހަށް ހަދައި ނިންމައިދިނުމަށް ރައްޔިތުން ވެސް ދަނީ އެދެމުން. ދާއިރާގެ ރައްޔިތުންގެ ތަރައްގީ ގުޅިފައިވަނީ ކޮން ދިމާލަކަށްކަން އަޅުގަނޑަށް އެނގޭ" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާކަމަށާއި އެދުވަސްވަރު ކަންކަން ކުރަންޖެހުނީ ވަރަށް ދަތިކޮށް ކަމަށެވެ.

"އޭރު މަޖިލީހުގެ ތެރޭގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ހުރަސްތައް ވަރަށް ބޮޑަށް ކުރިމަތިވި އެކަމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވޭ" އަސްލަމު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ކޯލިޝަނެއްގައި އެއްބަސްވެވޭނެ ކަންކަމާއި އެއްބަސް ނުވެވޭނެ ކަންކަން ވެސް ހުންނާނެ ކަމަށާއި އެކުގައި އުޅޭއިރު ތަފާތު މައްސަލަ ޖެހޭނެ ކަމަށެވެ. މައްސަލައެއް ޖެހޭއިރަށް ބޮޑާ ހާކާލާފައި އެހެން ދިމާއަކަށް ދިއުމަކީ ހައްލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''ވާހަކަދައްކައިގެން ހައްލު ހޯދޭނެ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދައި އޮމާންކަމާއެކު ފަސް އަހަރުގެ ދައުރެއް އަދާކޮށް ވައުދުތައް ފުއްދެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ ކޯލިޝަނަށް ލިބިގެން.'' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ފަރެސް މާތޮޑާގެ އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުއެވެ. އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެގެންދާ 19

    ސާބަހޭ ތަރައްގީގެ ބާނީ ރޔާމީން. މަނިކުފާނައްޓަކާ ގައުމު ފަޙުރުވެރިވޭ. ތިޔައީ ރައީސުންނަކީ. އަމިއްލަ ގައުމުގެ އިސްތިގުލާލާ އިސްލާމްދީނާ މިނިވަންކަން ދިފާއުކޮށް ބޭރުބައެއްގެ އަޅުވެތިކަމަށްނުގޮސް ތަރައްގީ ގެނެވިދާނެކަން ސާބިތުކޮއްދިން އަހަރެމެންގެ ލޮބުވެތި ރައީސް ރޔާމީންއަށް އައްސަރިބަހާ ސާބަސް. ރޔާމީންގެ ތާއީދާއެކު މަޖުލިހަށް ނުކުމެހުރި މިހާރުގެވެސް މެމްބަރަށް ވޯޓުދީ ހޮވަމިފަހަރުވެސް. ތަރައްގީއަށް ވޯޓުދީ އެއްބާރުލުންދިނީ އޭނަ. މޑޕ ފާއިތުވި 7އަހަރު ބަޖެޓަށް ވޯޓުނުދީ ތަރައްގީ ހުއްޓުވީ. 2އަހަރު މަޖުލިހަށްނުވަދެ މުސާރަނެގީ. ވީމާ ރައްޔިތުންވިސްނާ މިކަމާ މިނިކަމަށް ވޯޓުދޭންވީ މޑޕގެ ސިއްރު19އަށް ނޫނެކޭބުނޭ.

  2. ނަޒީރާ

    ފައިސާ ނެތީމަތޯ ހައުސިންމިނިސްޓްރީން 715 މިލިޔަން ރުފިޔާ ކަލޭ ކައްވާލީ؟ އޮޑިޓްރިޕޯޓް ބަލާ ވަގާ!

  3. ގައްދޫ މީހާ

    ކޮބާ ހޭ ގައްދޫ އެެއަރޕޯޓް ..ރައީސް މައުމޫން 2007 ވަނަ އަހަރު މާވެއްދޫ ގައި ހަދަން ފެށި އެއަރޕޯޓް ހުއްޓުވާލީ އެމްޑިޕީ ސަރުކާރުން، ގައްދޫ ޒާހިރު 2009 މަޖިލިސް އިންތިޙާބު ވީ އަމިއްލަ ކެޑިޓޭޓެއްގެ ގޮތުގައި . އިންތިޙާބުވެފައި 2010 ގައި އެމްޑީޕީ އަށް ގޮޑި ވިއްކާލައި ، ހަދިޔާގެ ގޮތުގައި މާވާރުލު އެއަރޕޯޓް ޕްރޮޛެކްޓް ދީނީ.. 7 އަހަރުން އެއަރޕޯޓް ނެހެދުނު.. މިއަދު އޭނާގެ ދަރި އެމްޑީޕީ ޓިކެޓްގައި މަޖިލިސް ކެމްޕެއިންގައި މާވާރުލު ނިންމާނެ ވާހަކަ ބުނުމަކީ ޖޯކެއް ނޫންތޯ؟

  4. މަސްވެރިޔާ

    އަސްލަމޫ.... މިއީ ޗަންޕާ ބުރަދަސްގެހެޔޮފުޅުކަމުގެތެރެއިން ދިވެހިންނަށް ފޯރުކޮށްދޭ ތަރައްގީގެ ލޯނުގެ ތެރެއިން ކޭޝް ލިބިފައިވާ ޕޮރޮޖެކްޓެއް، ފައިސާ ހުރި ޕޮރޮޖެކްޓެއްގެ މަސައްކަތް ޓައިމް ލައިނާ އެއްގޮތަށް ކުރަންޖެހޭނެ. ނަމަވެސް މަސައްކަތްގައި ގަލްފް ކޮބްލާއިން ބާއްތިއްބައިފައިވަނީ ވަރަށް މަދުބަޔެއް 8 މީހުންވަރު. ތިޕޮރޮޖެކްޓަކީ ރ. ޔާމިންގެ ސަރުކާރުން ވަރަށް އިސްކަމެއްދިން ކަމެއް. ތިކަން ސިޔާސީނުކޮށް ނިންމާލަދީ. ފަރެސްމާތޮޑާއަކީ މިސަރުކާރުގެވެސް ފޭނުން. ބަޓް ގޮނޑި ގެއްލިދާނެ، ސަބަބަކީ ކެންޑިޑޭޓުގެ މަސައްކަތް ރޭޓް.