ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވާހަކަ ދައްކަވައިފިއެވެ.

ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ ރިޔާޒު މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެންވާނީ އެކަށީގެންވާ ސަބަބަކާ އެކުގައި ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ނުވާނެ ކަމަށެވެ.

ދާދި ފަހަކާއި ޖެހެން ދެންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެއްވި ރިޔާޒު ސަރުކާރުގެ ވަޒީރުންގެ ދިފާއުގައި މިގޮތަށް ވާހަކަ ދެއްކެވި އިރު ޖުމުހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އިދިކޮޅު ފަރާތްތަކާއި ކޯލިޝަން ހަދާފައެވެ.

ސަރުކާރުގެ ދިފާއުގައި ރިޔާޒު ވާހަކަ ދެއްކެވިއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފް މެދުވެރިކޮށް އެތައް ބަޔަކަށް ބަހާލި ޖަރީމާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ގުޅޭ ތަޙްޤީޤު ރިޕޯޓުގައި ރިޔާޒު ރަޝީދުގެ އެކައުންޓަށް 424،255 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވަނީ ބަޔާންކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ މި ތަހުގީގަށް 163 މީހެއްގެ 28،000 އަށްވުރެ ގިނަ ލިޔެކިޔުންތައް ބަލާ މުރާޖައާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިފާއުގައި ރިޔާޒު ރަޝީދު ވަނީ އޭނާއަށް އެސްއޯއެފުން އެއްވެސް ފައިސާއެއް ދީފައި ނޯންނާނެ ކަމަށެވެ. ރިޔާޒް ރަޝީދު އެސްއޯއެފް އިން ފައިސާ ލިބުނު 150 އަށް ވުރެ މީހުންގެ ތެރޭގައެވެ. ރިޕޯޓްގައި ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފް އިން ވަނީ 54 މިލިއަން ޑޮލަރު އެކި ފަރާތްތަކަށް ބަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލްޖިބްރާ

    މަގޭ އެކައުންޓަށްވެސް ހަރާމް ފައިސާ ވައްދާފަ އޮށްވާ ފަޅާއެރީމަ ދެން ސަޕޯރޓް ނުކޮށް ވަންނާނީ ކޮންވަލަކަށް ؟ ސަޕޯރޓް ކުރިއަސް ނުކުރިއަސް ކަލޭގެ މައްސަލަތަށް ބެލޭނެ ! ކުށްވެރިވާނަމަ އެކަމުގެ އަގުވެސް އަދާކުރަން ޖެހޭނެ !

    21
    2
  2. Anonymous

    ދެފުށް ކެހެރި ކަލޯމެން !!! ޢެއިރެއްގެ ވައިޖެހޭ ކޮޅަކަށް އޮޑި ދުއްވާލާ!!!

  3. ރޭސް

    ތީވެސް ހިހޫތަނުން ކާމީހެއް

  4. ޙަބީބު

    ޢިބޫ ނުބަލާނެ ބޮލަކައް ކަނދުރާޔަކައް މަވެސް މިހުންނަނީ ބިރުން މަށޭކިޔާތަ

    6
    4
  5. ކެޔޮޅު

    އިތުބާރެއް ރައްޔިތުންނައް ދިނީ މިހާތަނައް ކޮން ވަޒީރެއްތޯ ކުރީކޮންކަމެއްތޯ ރައީސްޔާމީމު ކުރައްވާފަހުރިކަމެއްގެ ހިރަފުސް ފޮޅާލުންނޫނީ ދެން އޮއްނާނީ ކޮންއިތުބާރެއް؟

    11
    1
  6. ޔާސިރު

    މީ ހަމަ ފައްކާ ދެފުއްކެހެރިއެއް މަވެސް ގަބޫލުކުރަން ނަމަވެސް މަ މަސައްކަތް ކުރަނީ މީނަކާރި ..މީނާ ކައިރީގަވެސް އުޅެނީ އެކަހަލަ ދެފުއްކެހެރިން ހާއްސަކޮށް ވިލިފުއްޓަކީ ވަރައް ވިޔާނުދާ މީހުން ގިނަ ރަށެއްކަން ފާހަކޮށްލެވޭ