މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފައިނޭންސް ސެކްޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި މުޙަންމަދު ވަޙީދު ޢަލީ އެ މަޤާމަށް ހަމަޖައްސާފައިވަނީ އެ މަޤާމުގެ ޝަރުޠު ހަމަނުވަނީސްކަމަށް، އަމިއްލަ ފަރާތަކުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިކަމަށް "ވަގުތު" އަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެ ފަރާތުން ހުށަހަޅާފަައިވާގޮތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ކޮށްފައިވާ އިޢުލާނުގައި ކަނޑައަޅާފައިވާ ތަޢުލީމުގެ ދާއިރާއަކީ އެކައުންޓިންގ އެންޑް ފައިނޭންސްއެވެ. އެހެންނަމަވެސް، މުޙަންމަދު ވަޙީދު ޢަލީ ހުށަހަޅާފައިވަނީ ހިސާބު މުއްދަރިސްކަމުގެ އެޑްވާންސް ސެޓްފިކެޓެކެވެ. އެ މަޤާމަށް ވާދަކުރި އެހެން ފަރާތަކުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ޑިގްރީއެއް ހަދާފައިވާއިރު، އެފަރާތަށް އެމަޤާމު ނުދީ މުޙަންމަދު ވަޙީދު ޢަލީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ހަމަޖައްސާފައިވަނީ ކޮންމެވެސް އެހެން ފަރާތެއްގެ ނުފޫޒު އޮވެގެންކަމަށް ހީވާކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މުޙަންމަދު ވަޙީދު ޢަލީ ހުށަހަޅާފައިވާ ހިސާބު މުދައްރިސްކަމުގެ އެޑްވާންސް ސެޓްފިކެޓަކީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގެ ސެޓްފިކެޓެއްކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ކަނޑައަޅާފައިނުވާކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ހިއުމަން ރިސޯސް ކޮމިޓީއިންވެސް އެ ސެޓްފިކެޓަކީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގެ ސެޓްފިކެޓެއްކަން ކަނޑައަޅާފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ސެޓްފިކެޓަކީ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާގެ ސެޓްފިކެޓެއްކަން ބަޔާންކޮށްދޭ އެއްވެސް ލިއުމެއް މުޙަންމަދު ވަޙީދު ޢަލީ ހުށައަޅާފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އިންޓަރވިއު މަރްޙަލާގައި މުޙަންމަދު ވަޙީދު ޢަލީއަށް އިގިރޭސިބަހުން މުއާމަލާތު ކުރަން ނޭގޭކަމަށްވެސް އިންޓަރވިއު ޕެނަލްގެ މެމްބަރުން ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

މުޙަންމަދު ވަހީދު ޢަލީއަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ މަޤާމަށް ކުރިމަތިލީ ފަރާތަކުން އެ މައްސަލަަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅުމާއި ގުޅިގެން، އެ މައްސަލަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބެއްލެވިކަމާއި، އެކަމާބެހޭގޮތުން ތައްޔާރުކުރެވުނު ރިޕޯޓުގައިވެސް މުޙަންމަދު ވަޙީދު ޢަލީއަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހަމަޖައްސަން މަސައްކަތްކުރަނީ ސިވިލް ސަރވިސްގެ އުސޫލްތަކާއި ޚިލާފަށްކަމަށާއި، އެ މަގާމަށް އަލުން އިޢުލާންކުރުމަށްވެސް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ. އެހެންނަމަވެސް، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް ބެލުމެއްނެތި، މުޙަންމަދު ވަޙީދު ޢަލީއަށްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފައިނޭންސް ސެކްޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހަމަޖައްސާފައިކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި މައްސަލައިގައި ބަޔާންކޮށްފައިވާކަމަށް "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަލްފާޟިލް މުޙަންމަދު ވަޙީދު ޢަލީއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފައިނޭންސް ސެކްޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން، އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވްގެ މަގާމާއި ތަޢުލީމީ ފަންޑުގެ ވެރިޔާގެ މަޤާމާއި އެކްޓިންގ ޕާރމަަނަންޓް ސެކްރެޓަރީގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މިކަމާގުޅޭގޮތުން "ވަގުތު" އިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ގުޅުމުން، އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ކޮންއިރަކު ހިނގާފައިވާ ކަމެއްކަން ސާފެއްނުވޭ. ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އަައްޔަން ކުރީ ކޮން ތާރީހެއްގައިކަމެއް ސާފެއްނުވޭ.
ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ ޝަރުޠުތަކުގެ ތެރޭގައި އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގެން ޖެހޭނެ ކަމަކަ(ށް ސިވިލް ސަރވިސްގެ އޮނިގަނޑުގައި ބަޔާންކޮށްފައެއް ނޯވޭ.
ސިވިލް ސަރވިސްގެ ޝަރުތުގައި އޮވޭތަ ޝަރުތު ހަމަނުވާ މަގާމަކަށް މީހާ ހަމަޖައްސަން. މައްސަލަ ޖެހިގެން މިއުޅެނީ އޭނާގެ ޝަރުތު ހަމަނުވާތީއޭ.
މި މައްސަލަ ރަގަޅަށް ބަލައި ފިޔަވަޅު އަޅަންޖެހޭ. ސަރުކާރުގެ ތެރޭގައި ހުންނަ މިކަހަލަ ކަންތައްތައް ރަގަޅު ކުރަންޖެހޭ
މީނަމާ ސައިޒުން ބޮޑުވެގެން އުޅެންފެށީމަވެސް ހިތައް އަރައިފިއޭ ކޮންމެވެސް ގަޑުބަޑެއް އުޅެއޭ
ޑިގްރީ ހަދާނެކަމެއް ނެތް. ސިޔާސީ ޕާޓީ އެއްގެ ޕޯޑިއަމްގައި ނުވަތަ ސިޔާސީ ޕާޓީއަކަށް ވައި އަޅުވަން އުޅެންވީ. އޭރުން ބޮޑެތި މަގާމު ލިބޭނެ
މިއީ އެއްކަލަ ހިސާބު މުދައްރިސް ދޯ.. ބޯ ހަލާކު. މަ ކުރިން ހީކުރީ އެއީ ޒާތީ ކަމެއް ކަމަށް. މިހާރު އެގިއްޖެ ރަގަޅު ވާހަކަ އެެއްކަން
އޭސީސީން ބެލިބެލުމުން ތިކަހަލަ އެއްވެސްކަމެނެތްކަން ފާހަގަކޮށް ރައީސްއޮފީހަށް ސިޓީލިޔާނެ. ތިކަހަލަ މައްސައެ ނުވެސް ބަލާކަށް ތިމީހާއަށް އަންގާނެ. މިއޮތީވާ ގައުމެ. މިއީ އަސްލު ބަނާނާ ރިޕަބްލިކް.
މީދޯ މާފުއްޕާފަ އުޅޭ މީހުންގެ ފެންވަރަކީ. މީ ހާދަ ސިރިއަސް މައްސަލައެކޭ. މީ ކުރީ ސަރުކާރުގެ ކޮރަޕްޝަނެއް. މައްސަލަ ބަލާ މިކަމުގަ ޝާމިލުވި އެންމެން އިންސާފަށް ހުށަހަޅަންޖެހޭނެ.
މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. ސަރުކާރުގެ ޒީރޯ ޓޮލަރަންސްގެ ތެރެއިން މިކަން ބަލައި ތަހްގީގު ކުރަންޖެހޭ
އެއޮއްފަދަ ޕީއެސް ސައީދު ބޭރުކޮށްލީ މިހެންވެތާދޯ..
ހިއެއްނުވޭ އެސޮރުގެ ކަމެއް ހެނެއް ތިއީ. އެސޮރު ބޭރުކުރީ ކެމްޕެއިންގައި އުޅެގެން ކަމަށް ވަނީ
އޭ ހަހަހަހަ މިއޮތް ވާހަކަތަކެއް މިސޮރު ކުރި ދުވަހެއްގައި ހޮޓާލެއްގެ އިދެވަރަށް ފޮނިކެޑި މިއީ މިއީ ދޯ ވަހީދުގެ ފެންވަރަކީ މީނާގެ ވަރަށް ގިނަވާހކަތައް މަސައްވެސް އިގޭ މިނާ މިއީ ވަރަށް ކޮރަޕްޓް މީހެއް މިނާ ތިނަދޫ މީހެއްގެ އތުން ވަރަށް ގިނަ ލާރިވަނީ ނަގާފަ މިނާ އުޅެނީ އެމީހާއަށް ފިލާގެން ކަމަށް ބުނަނީ
މިކަން ކޮށްފައި އޮތީ ޔާމީން ސަރުކާރުން. ކީއްވެތަ ވަގުތުން މިކަން ހިނގާ ދިޔަ ދުވަސްވަރު ނުލިޔުނީ. މިހާރުތިބި މީހުންގެ ބޮލުގަ އެކަން އަޅުވަންދޯ.
އެގުނީމަ ދޯ ލިޔެވޭނީ
މިފަދަ ގޮތަކަށް މަގާމަށް އައިސްފައިވާ މީހެއް މަގާމުގައި ބެހެއްޓަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އަވަހަށް ވަކިކުރޭ
މިކަމަށް ތައްުޔާރުކުރި ރިޕޯޓުގައި މީނާ ކުރިން ހުރި މަގާމަށް ރުޖޫއަކުރުމަށްވެސް ލަފާދީފައިވޭ.
ތިފެންނަނީ މިސަރުކާރުގެ ކޮރަޕްޓްޝަން
މީނާގެ އަތުގައި އޮންނާނީ ދިވެހިބަހުން ހަދާފައި އޮތް ހިސާބު މުދައްރިސްކަމުގެ ސަނަދެއް. އެއީ ފައިނޭންސް ގެ ސަނަދެއް ނޫން
މިހާަރުވެސް އުޅޭތަ އިނގިރޭސި ނޭގޭ މީހުން؟ ހާދަ ކަޑަމީހެކޭ ދޯ
މިކަހަލަ ޝަރުތު ހަމަނުވާ މީހުން ގެންގުޅޭތީ ސެކްޓަރ ހަލާކުވަނީ
މީނާއަށް އިގިރޭސިބަހުން ވާހަކަދައްކަން ނޭގޭ ކަމަށްވެސް އިންޓަރވިއު ކުރި މީހުން ބުނިކަމަށް އޮފީސް ތެރޭގައި ވާހަކަ ދެކެވޭ
މިސަރުކާރުން މަގާމު ދީފައިވަަނީ،ދެހަސަދުންކުރެ ހަދަސަކުން،ހިނައި ތާހިރުވާން،އެގޭބައަކަށްނޫން
މިއީ ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއް. މިކަން ބަލައި ފިޔަވަޅު އަޅަންޖެހޭ
އަވަހަށް އިސްތިއުފާ ދެއްވާ
މީދޯ ޕީއެސް ބޭރުކުރިކަންތައް
ތި ޑިގްރީ އާސެޓްފިކެޓް ނެތަސް ޢަލީ ވަހީދު ހުންނާނީ މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތިދާއިރާގައި އުޅެ އުޅެ ކަމުގެ ތަޖްރިބާ ލިބިފައެވެ. އަލަށް ޑިގްރީ ނަގައިގެން ވަންނަމީހާ އަށް އެކައްޗެއްވެސް ނޭނގޭނެ.ކުރީއްސުރެން މަޤާމްތަކުގައި ތިބި މީހުން ސެޓްފިކެޓް ނެތަސް ކަމުގެ ތެރޭގައި އުޅެއުޅެ މާމޮޅުވާނެ. ބޭނުމަކީ ކަންވުން. ސެޓްފިކެޓް ވެސް ބޭނުންވަނީ ކަމުގެ ޤާބިލް ކަމާ ކެރި ކުޅަދާނަކަން ހުރިތޯ ބެލުމަށް. އެހެންކަމުން ޤާބިލްކަމާ ތަޖްރިބާ ގެ މާރކްސް ޢަލީ ވަޙިީދު އަށް ލިބޭނެނޫންތޯ؟ އެހންނޫނަސް ކުރިން ސަރުކާރުގައި މަސައްކަތް ކުރި މީހުން މާޒިންމާދާރުވާނެ. ކަމަށް ކަމޭ ހިއްތަވާނެ.ޒުވާނުން އުޅޭނީ ބޭނުންގޮތަކަށް ދެދުވަހުން އެއްދުވަހު ސަލާމް ބުނާނެ.ޒިންމާދާރު ވުމަށް މާޅަވާނެ.
ހާދަ ކަމެކޭ މި ފަޅާ އަރަނީ
ބުޅާ ގޯނިން ބޭރުވީތާ
ސެކްޓަރުގައި ހުރި އެންމެ ކޮރަޕްޓް މީހާ
އުއްމީދު ކުރަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކުން އިންސާފުވެރިކަމާއެކު ބަލައި، މަގާމު ހައްގު ފަރާތަށް މަގާމު ލިބޭނެކަމަށް. އަދި ކޮރަޕްޝަނަށް ސަރުކާރުން ދެއްވާ ޒީރޯ ޓޮލަރަންސް މިމައްސަލައިގައި ދައްކުވައިދިނުމަށް މިނިސްޓަރަށް އިލްތިމާސް ކުރަން
ލަދުން ބޯ ހަލާކުވެއްޖެ. ތައުލީމީ ދާއިރާގެ ކަންތައް މިހާ ދަށު ދަރަޖައަށް ދިޔައީމަ އެއީ ބޮޑު މައްސަލައެއް. މިއީ ނުބަލާ ދޫކޮށްލާވަރުގެ މައްސަލައެއް ނޫން. މަގާމު ލިބެންޖެހޭނީ ޝަރުތު ހަމަވާ މީހުންނަށް
މި މަގާމުގައި މީނާ ހުރެގެން ނެގި މުސާރަވެސް ހަލާލު ނުވާނެތާ. ހަލާލު ނޫން ތަކެތި ދަރިންނަށްވެސް ދޭކަށް ނުވާނެ ނޫންތޯ
މީ ވަރަށް ކޮރަޕްޓް މީހެއް. އަޖައިބެއް ނުވޭ މީނާގެ ހީލަތްތެރިކަމުން މިކަހަލަ ކަމެއް ކުރީމާ. މީނާގެ ކޮރަޕްޝަންގެ އަމަލުތައް ބަލައިލުން ރަގަޅުވާނެ
ޝަރުތު ހަމަނުވާ ފަރާތަކަށް މަގާމު ހަމަޖެހުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. މި މައްސަލަ ބަލައި، މަގާމު ހައްގު ފަރާތަށް މަގާމު ހަމަޖެހެންޖެހޭނެ
ހާދަ ދެރަކަމެކޯދޯ. ތައުލީމީ ދާއިރާގައިވެސް މިފަދަ ގޮތަކަށް މަގާމު ހޯދާތީ
މީނާއާގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ކުރިންވެސްވާނީ ހުށަހެޅިފައި. ވީކަމެއް އެބައޮތްތޯ؟ މިފަހަރު ވަކި ތަފާތު ގޮތެއްވެދާނެބާ؟
މީނަގެ ވާހަކަ މުވައްޒަފުން ވަރަށް ދައްކަ. ފައިނޭންސް ސެކްސަނުން އެންމެ ގިނައިން ސަލާމް ބުނާމީހަކީވެސް ވަހީދު އޯ. އެކަމަކު ކުއްޖަކު ސަލާމް ބުނެފިނަމަ ސިވިލްސާވިސްއޭކިޔާ ފިޔަވަޅު އަޅާ. ޢަދި މިހާރަކަށް އައިސް މީނަމީ ތަންތަން ޗެކުކުރަންދާ ފަރާތްކަމަށްވަނީ . އެހެންސެކްސަންތަކަކަށް ޒިންމާއެއް ނެތް.
ވަހީދު އެއީ ވަރަށް ބަރާބަރު އޮޑިޓަރެއް. ފައިނޭންސަރެން ނޫން . ޢެހެންވީމަ ވަހީދު ރަގަޅުވާނީ އޮޑިޓް ސެކްސަން ކަމަށް ފެނޭ .މީގެކުރިން ވެސް އޮޑިޓްކޮށް ހުންނާނެ ބަައެއްމީހުން ސަލާމަތްކޮށްފައި. މިސާލަކަށް ތޮއްޑޫ ސްކޫލް މޫސާ ސޯލިހު ، ށ. ޢ.ތ.މ އިސްމާލު މެން . މިކަންވަރަސް ސާފުވާނެ
ސާބަސް. މީ ޢާއިސަތު ސިހާމުގެ ވެރިކަމުގައި މުހުސިނުގެ ޕީއެސް ކަމުގައި 2015 ގައި ހަމަޖެހުނު ވަޒީފައެއްގެ ވާހަކަ. އަދި ކިރިޔާތަ އެނގުނީ
ބަލަގަ މީނަޔަށް ވަޒީފާ ހަމަޖައްސާނީ ސިވިލް ސާވިސް ކޮމިޝަނުން ދޯ. މީނަގެ ކުށަކީ ކޮބާ؟
ކުރީގެ ބައެއް ޑީ.ޖީން ޑީ.ޖީ ކަން ކުރީ ކޮން ސަނަދެއް އޮވެގެންބާ. އިހަކަށްދުވަހު އަދި ކިރިޔާ އެމް.ބީ.އޭ ހެދީ. އެވެސް އެހެންމީހުން އެސައިންމެންޓް ހަދާދީގެން
ގަވާޢިދާ ޚިލާފަށް ވަޒީފާ ދިނިއްޔާ ދޭނީ ކޮމިޝަނުން. 2015 ގައި ކޮމިޝަނުގައި ތިބިމީހުނަށް ފިޔަވަޅު އަޅާ
ބަލަ އެކަމަށް ހުށައަޅާނީ އެޑިއުކޭޝަނުން ދޯ
މި މަގާމުތައް ބޭނުންވާ މީހުން މިނިސްޓްރީ ތެރޭގައި އުޅޭހެން ހާދަ ހީވެޔޭ
ނުޖެހޭ ދޯ ކޮންމެހެން އިގިރޭސި އެގޭކަށް. ކަލޭމެން ހާދަ ހަސަދަވެރިއޭ ދޯ.
މި ވަހީދު އެހެން ވެއްޖިއްޔާ ހުރިހާ ސަރުކާރެއްގަވެސް ވަރަށް ބާރުގަދަތާ. 2015 ގައި މި ވަޒީފާ ދީފައި މިއޮތޯ ޝަރުތުވެސް ހަމަނުވަނީސް، އެވެސް އަދި ޝަރުތު ހަމަވާ މީހުން ކުރިމަތިލާފަ ތިއްބާ. ދެން މި ސަރުކާރުގެވެސް އިސް މަގާމުތައް. ހީހީ ހަލާކު، ޝަރުތު ހަމަނުވާނަަމަ އާއިޝަތު ޝިހާމުގެ ވެރިކަމުގައި ހީވޭތަ މި ވަހީދުއަށް މަގާމު ދޭނެހެން
މީނާ މި މަގާމަށް ހޮވައިދިނީ ސިވިލް ސަރވިސް ކޮމިޝަނުގެ އިސް ފަރާތަކަށް ގުލާނުކުރާތީ އޭ އަޑު އެހިން. އެ ބޭފުޅާގެ ކަންތައްތައް ހުޅުމާލޭގައި މިހާރުވެސް ބަލަހައްޓަނީ މީނާ ކަމަށްވަނީ.
މީނާ ތައުލީމީ ފަންޑުގައި ހިންގާފައިވާ ކޮރަޕްޝަންތައްވެސް ބެލޭނެ ދުވަހެއް އަންނާނެކަމަށް އުއްމީދު ކުރަން. އަދި ގުޅުން ހުރި ވިޔަފާރިތަކަށް ފަހިކޮށްދިން ފުރުސަތުތައްވެސް ބަލާނެކަމަށް އުއްމީދު ކުރަން. އަޑުއިވޭ ސިޓީ ބޭކަރީއިންވެސް ތި ބޭފުޅާ މުސާރަ ލިބޭ ވާހަކަ
މީނާ ގެންގުޅޭ އިންޝުއަރަންސް ކާޑު ހޯދިގޮތް ބަލާލީމަ އެގޭނެ މީނާގެ ކަރަޕްޝަން ހުރި މިންވަރު. ތައުލީމީ ފަންޑުންވެސް ގަވާއިދާ ޚިލާފަށް މުސާރަ ނަގަނީ އަދި އަމިއްލަ ކުންފުނިތަކުންވެސް މުސާރަ ނަގަނީ
އޮހޮ.. މިއީ އެއްކަލަ ބަޑުފަޅާ ވަހީދު ދޯ... ދެން އިތުރަށް ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ނެތް. ވަރަށް ސަލާމް
މީނާއަކީ އިންޓަރނަލް އޮޑިޓް ދަތުރުތަކުގައި ގޮސް ޕްރިންސިޕަލުން އަތުން ބަނބުކެޔޮ ޑަބިޔާ އަތުލާ މީހެއް.
މީނާއަށް ސެކްޓަރުގެ މީހުން ބަނޑުފަޅާ ވަހީދު ކިޔަނީ ކޮންމެވެސް ކަމެއް ވެގެން. އެހެންނޫނީ އެންމެން އެހެނެއް ނުކިޔާނެދޯ
އަޅުގަނޑު އެެދެނީ މީނާގެ މައްސަލަ ހުޅުވާލެވިފައިވާ މާހައުލެއްގައި ބަލަން. އޭރުންތާ އަސްލުވީގޮތް އެގޭނީ. ހަމަ އަސްލުގައިވެސް ޝަރުތު ހަމަނުވަނީސް ވަޒީފާ ދިނީތޯ ބަލަން ބޭނުން
ކޮންމެ ސަރުކާރަކުން މިފަދަކަމެއް ކުރިޔަސް ސީދާ އެކަމަކާއި ދެކޮޅު..އެކަމު ނިމިދިޔަ ވެރިކަމުގައި ޝަރުތުހަމަނުވާ އެތައްސަތޭކަ މީހުންނަށް އެކިދިމާލުން ވަޒީފާތައް ދިންކަން އެއީ އަހުރެން ފަދަ އެތައް ބަޔަކަށް ރޭދުވާ އިނގޭފަދައިން ޔަޤީންވާ ހަޤީޤަތް..ފިލްމީދާއިރާގެ އެކްޓަރެސް އިންނާއި ސިޔާސީމީހުންގެ ގާތްމީހުންނަށް ކިޔަވައިގެންތިބިމީހުން ކުރިމަތިލާފައިވަނިކޮށް އޯލެވަލްފެންވަރު ނެތަސް މަތީމަޤާމުތައްވަނީ ދީފަ. "ވަގުތަށް" އަދީބާ ޔާމީނު ކުރީމާ އޯކޭދޯ؟ ކޮމެންޓު ޖަހާނެބާ؟
ޔާމީނުގެ ވަރިކަމުގައި ސަރުކާރު ކުންފުނިތަކަށާއި އެނޫންވެސް ތަންތަނުގަ ކުފޫހަމަނުވާ މީހުންނަށް ވަޒީފާ އުފައްދައިގެން ބެހިއިރު އަޅެ ވަގުތުން އާޓިކަލެއް ނެހެދީ ކީއްވެބާ؟ އެކި މުއައްސަސާތަކަށް ވެއްދި ދަށްފަންތީގެ މުވައްޒަފުން އެތަންތަނުގެ ވެރިންނަށް ގޮންޖަހާ ހަޔާތްގޮވުމަށްފަހުވެސް ތިމަންނާމީ ބުރޯގެ މީހެކޭ، ނޫނީ މެޑަމްގެ މީހެކޭ ކިޔާ އެތަންތަނުގަ ރަސްކަންކުރިއިރު ވަގުތުގެ ލިޔުންތަރިންގެ ހިތްވަރު ދައްކާލިނަމަ.. ހަމަބުނެލީ
މަހަށް ދޭބަލަ..މަހަށް
ޤަވާޢިދާ ޚިލާފަށް މަޤާމް ދީގެން ސިވިލްސާވިސް ގެ މެމްބަރުން ތިބީމާ މިވަނީ ކޯއްޗަކަށް؟ ކޮބާ ނަޒާހަތްތެރިކަން؟
މަޤާމަށް ކުރި އިއުލާނުގައި ވަކިޝަރުތެއް ކަޑައަޅާ ބަޔާންކޮށްފަވަނިކޮށް ޝަރުތު ފުރިހަމަނުވާ މީހާ ޑިސްކޮލިފައިކުރަންޖެހޭނެ. އޭގެ ބަދަލުގައި ޝަރުތު ފުރިހަމަނުވާ ފަރާތަށް މަޤާމު ހަމަޖެއްސުމަކީ ބަޔަކު ހިންގާފައިވާ ކޮރަޕްޝަން އަމަލެއް. މިކަމުގައި ޝާމިލުވާ އެޑިޔުކޭޝަނާއި ސިވިލް ސާވިސް ކޮމިޝަނުގެ މީހުނާމެދު ފިޔަވަޅުއަޅަންޖެހޭ. މިނިސްޓްރިން ކުރި ތަޙްޤީޤަށްފަހު އެކުލަވާލި ރިޕޯޓްގައިވެސްވަނީ ވަހީދު ކުރިންހުރި މަޤާމަށް ބަދަލުކުރުމަށާއި ފިނޭންސް ސެކްޝަންގެ ޑީޖީ ގެ މަޤާމަށް އަލުން އިއުލާނު ކުރުމަށް
ޔަޤީން ތިކަންކުރީ މިސަރުކާރުންނޫންކަން އެހެންނަމަ ފުރަތަމަ ލިޔާނީ އެވާހަކަ ؟
ޔަޤީން ތިކަންކުރީ މިސަރުކާރުންނޫންކަން އެހެންނަމަ ފުރަތަމަ ލިޔާނީ އެވާހަކަ ؟
ދެން ކިހިނެއް ދިވެހިބަސް ކުރިއަރާނީ. ދިވެހިން ވާހަކަ ދައްކަން އިނގޭތީ މަގާމު ނުލިބެންޏާ ތިމާއްދާ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ބޭނުމެއް ނެތެއްނުން.
ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ މަޤާމުތަކުގެ ޝަރުޠުތައް މުރާޖަޢާ ކުރަންފެނޭ. ސަބަބަކީ ޑިރެކްޓަރ ފެންވަރުގެ މަޤާމުގެ ޝަރުޠެއްކަމަށް މިހާރު އޮންނަ ގޮތުން ލެވެލް 7 ފާހެއް ނެތި ނާދެވޭ. މިހެންވުމުގެ ސަބަބުން އޮފީސްތަކުގައި ތިބި ތަޖުރިބާކާރު ބޭފުޅުންނަށް ކުރިއަށް ދިއުމަށްވަނީ ވަރަށްބޮޑަށް ހުރަސްއެޅިފައި.
ހެޔޮނުވާނެ. ސީ.އެސް.ސީ ގެ ޝަރުޠުތައް އިޞްލާޙްކޮށްދެއްވާ!
މިސަރުކާރުން ހުރިހާކަމެއްވެސް ކުރާނީ އަމާބުނީތީފަރަށް ދާއުސޫލުން ސަކުވާކުރިނަމަވެސް އެކަންބަދަލެއްނުވާނެ
ރައީސް ނަޝީދު ދައުރުގައި ޝިފާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުރެ ދަރުމަވަންތަ ސްުކޫލުން މާކުރިން އަމިއްލައަށް އެދިގެން ވަކިވެފައިވާ ޝިފާޢު އަލުން ދެލައްކަ ރުފިޔާ ދީފަ ވަކިކުރީވެސް ހަމަ އެމްޑީޕީގެ ސަރުކާރުގައި ދެލައްކަ ރުފިޔާ ލިބޭ ވަޒީފާއިންވާ ކެޓަގަރީ އަށް ފެއްތީ ވަރަށް
ސަލާމް
ތި ވަހީދަކީ މުޅި އެޑިޔުކޭޝަން ދާއިރާގެ ކަރޮޕްޝަން އައްޕަ