ގަވާއިދާއި ޚިލާފަށް އައްޑޫ ސިޓީގެ ފޭދޫ ގެސްޓު ހައުސްއެއްގައި، މަސައްކަތް ކުރަމުން ދިޔަ ތިން ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.

އެގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ތިން ރައްޔިތުންނެވެ. މި ތިން މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ފޭދޫ އެލީ ބިސްޓްރޯ ރެސްޓޯރެންޓުންނެވެ.

ހައްޔަރު ކޮށްފައިވަނީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު އެމީހުންނަކީ މަސާޖު ކުރާ ބަޔެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ 63000 ބިދޭސީން އެބަ ތިބި އިރު ގަވާއިދާ ހިލަފަށް އުޅޭ ބިދޭސީ ހޯދުމަށް "ސްޓިންގް ރޭ" ނަމުގައި އިމިގްރޭޝަން އިން އޮޕަރޭޝަނެއް މިހާރު ފަށާފައިވެއެވެ.

ދާދިފަހުން އިމިގްރޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ހުއްޓާލަން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

" ގަވާއިދާ ހިލާފަށް އުޅޭ މީހުން ހިފައި ހައްޔަރުކޮށް ޖަލަށްލުމަކީ މިކަމުގައި އޮތް އެންމެ ފުރިހަމަ ހައްލަށް ނުވާނެ" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުނައިދު

    އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު އެބުނަނީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ހުއްޓާލަން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް.އެކަމަކު ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމަށް އެއްވެސް އެއްބާރުލުމެއްނުލިބޭ.ނުލާހިކު ފަސޭހައިން ވާންއޮތްކަމެއްމީ.އެރަށެއްގަ އުޅޭ ބިދޭސީންގެ ކަންތައް އެރަށެއްގެ ކައުންސިލާ ހަވާލުކުރަންވީނުން.ކޮންމެ ރަށެއްގެވެސް ގަވާއިދާއި ޚިލާފަށް އުޅޭ އެތަކެއް ބިދޭސީން އެބައުޅޭ.މަހަށްދާ ދޯނިތަކުގަވެސް އެމީހުން.ޒުވާންކުދިން މަހަށް ނުދާކަމުގެ އަސްލު އެއީ.ކާޑެއްދޫ ކެންޓީންގަވެސް މުޅިންވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން.ކާކު އެކަން ބަލަނީ.