100 މިލިއަން ރުފިޔާއާއި ހަމައަށް ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާ އިން އެއްބަސްވެއްޖެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާއިން ނިންމީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި ބޭނުންކުރުމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ކަމަށް އެއްބަސްވުމަކަށް އައިސްފައިވާއިރު މި އެހީގެ ދަށުން މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ފައިދާއަށް ރާއްޖޭގެ އެކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ މަޝްރޫއުތަކަށް ފަންޑު ހަމަޖެހިގެން ދާނެއެވެ.

ސުޝްމާ ސުވަރާޖްގެ ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ހަ މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ދިނުމަށް ވަނީ ނިންމައި، އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީވެސް އިގްތިސާދީ އަދި އިޖްތިމާއީ މަޝްރޫއުތަކަށް ފޯރުކޮށްދޭ ފަންޑެކެވެ. އެގޮތުން ތައުލީމީ، ސިއްހީ، ނުވަތަ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކަށް ފަހު އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމި އެހީއެކެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ އެހީ އިތުރުކުރާނެ ކަމަށާއި މީހުން ބިނާކުރުމުގެ އިތުރުން މި ދާއިރާއަށް ބޭނުންވަ އިކުއިޕްމެންޓުވެސް އިންޑިއާ އިން ފޯރުކޮށްދޭނެ ކަމަށް ސުޝްމާ ވަނީ ވިދާޅުވެފައެވެ.

ސުޝްމާގެ ދަތުރުފުޅުގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުވުމުގެ ޕްރޮގްރަމެއް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
މީގެއިތުރުން އިންޑިއާއިން ވަނީ މާލޭގެ މަގުތައް އަލިކުރުމަށް ލެޑު ލައިޓުވެސް ހަދިޔާކޮށްފައެެވެ.

ސުޝްމާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވާނެއިރު މި ދަތުރުފުޅުގައި ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ސަރުކާރުގެ ގިނަ މިނިސްޓަރުނާއި ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން އެކަމަނާވަނީ މަޖިލިސް ރައީސް ގާސިމް އިބްރާހިމްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރައްވާފައެވެ. ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އިންޑިއާ އިން ބޭނުންވާ ގޮތަކަށް ރާއްޖޭގެ އަސްކަރީ ސިޔާސަތު ބައްޓަން ކުރަން ވެސް އެއްބަސްވެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އިންޑިއާ އިން ވަނީ ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮ ވިސްނޭ ދިވެއްސެއް

    ތި މައުލޫމާތު އެހާ މުހިންމެއް ނޫން. ބަދަލުގައި އިންޑިއާއިން ބޭނުންވަނީ ކޮންކަމެއްތޯ ބުނެދެއްވާ!

    16
  2. އަސޭޅާ

    ހާދަ ވަރަކަށް ލޯނު ނަގަނީ މިސަރުކާރުން. ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ. މިވެރިކަން އައިފަހުން ލޯނު ނަގާމިންވަރު މިދިޔަ 30 އަހަރަށްވުރެ މަތި. ޔާމީނު ވެއްޖެއާ މަގުތަކާއި ޕާކުތަކާއި ބުރިޖު ހެދި، ވައްކަންވެސް ކުރިޔޯ.... މިސަރުކާރުން އަދި އެއްކަމެއްވެސް ކުރީ ނޫން. އެކަމަކު ބަރި ބަރިޔަށް ލޯނު ނެގުން. ވައްކަންވިޔަސް ކުރާނަމަ މިފައިސާއަށް ވީގޮތް އިނގޭނެތާ...

    7
    1
  3. ކެޔޮޅު

    ބަދަލުގާ އަޅަންޖެހެނީ ކިތައް ބުދުފައްޅިބާ އަދި ދޭން ޖެހެނީ ކިތައް ފަޅުރައްބާ އޮއްނާނޭ އަނދިރި ވަޅުގަނޑެއް!!

    10