މާލެއިން ދިން ބިމުގެ ބަދަލުގައި އިންޑިއާ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ ހާރިޖީ ޝުޝްމާ ސުވަރޭޖް މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން، ދެ ގައުމުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި އިންޑިއާ އެމްބަސީ އަޅަން ހުޅުމާލެއިން ބިމެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ މިނިންމުމަށް އިންޑިއާއިން ވަނީ މަރުހަބާ ކިޔާފައެވެ.

ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ އެމްބަސީ އަޅަން މީގެ އަހަރުތަކެއް ކުރިން ދީފައި ވަނީ، ސޯސަންމަގުގައި ހުންނަ، އެގްރިޖކަލްޗަރުގެ ނާސަރީ ހިންގި ބިމެވެ.

ނަމަވެސް އެ ބިމުގައި އެންބަސީ އިމާރާތް ކުރުމުގެ މަސައްކަތް އިންޑިއާއިން ފަށާފައެއް ނުވެ އެވެ. އަދި އެ ބިން ދީގެން ނުރުހުން ފާޅުކޮށްފައި ވެއެވެ.

އިންޑިއާ ނޫނަސް އެހެން ގައުމުތަކުގެ އެމްބަސީ ހަދަން ބިން ދޭ ނަމަ ވެސް ދެން ދޭނީ ހުޅުމާލެއިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސުޝްމާގެ ދަތުރުފުޅުގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އާބާތުރަ ފިލުވުވުމުގެ ޕްރޮގްރަމެއް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
މީގެއިތުރުން އިންޑިއާއިން ވަނީ މާލޭގެ މަގުތައް އަލިކުރުމަށް ލެޑު ލައިޓުވެސް ހަދިޔާކޮށްފައެެވެ.

ސުޝްމާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވާނެއިރު މި ދަތުރުފުޅުގައި ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ސަރުކާރުގެ ގިނަ މިނިސްޓަރުނާއި ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން އެކަމަނާވަނީ މަޖިލިސް ރައީސް ގާސިމް އިބްރާހިމްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރައްވާފައެވެ. ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އިންޑިއާ އިން ބޭނުންވާ ގޮތަކަށް ރާއްޖޭގެ އަސްކަރީ ސިޔާސަތު ބައްޓަން ކުރަން ވެސް އެއްބަސްވެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އިންޑިއާ އިން ވަނީ ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ާވަތުބަތާނަ

  އަހަރެމެންނަށް ބިން ވިއްކަން ހުޅުވާލީމާ ޕްލޭނާ ފުށުއަރާ، މިފަހަރު ކިހިނެތްބާ ވާނީ.

 2. nabeel

  Qaumu hifumuge kolhumathi

 3. އެލެކްސް

  އިންޑިއާ އެމްބަސީ އަޅަން ބިން ދިން ކިތައްވަނަ ފަހަރު ކަން އެގޭ މީހަކު އެބަހުރިތަ؟

 4. އެލެކްސް

  މައުމޫނު މިއަލަނި މިސްކިތްވެސް ނެގީ އިންޑިއާ އެމްބަސީ އަޅަން ކަމަށް މީހަކު ބުނި. ހީނާމާގޭބިން ވެސް އެމްބަސީ އަޅަން އިންޑިއާއަށް ދިން. ކޯސްޓްގާޑް ބިލްޑިންގ ފައުންޑޭޝަން އެޅިތާ 7 އަހަރު. އެމްބަސީ އަޅާކަށް ނޫން އެއުޅެނީ އެއުޅެނީ ރާޝްތްރަޕަތީ ބަވަން މޯލްޑިވްސް އަޅަން

 5. މުޙައްމަދު ޢަލީ

  މާލެއިން، ހުޅުމާލެއިން، އައްޑޫއިން އިންޑިއާއަށް ބިން. ކިހާބޮޑު ދުއްޕާނެއް.