ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އަބްދުލްމުޣުނީ އަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވި ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީން، އޭނާއަށް ކުރަމުން އައި ތާއީދު މިއަދު ވަނީ އަނބުރާ ގެންގޮސްފައި ވަނިކޮށް ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެސް ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށެވެ.

"އެމްޑީޕީގެ ކެންޑިޑޭޓަކަށް އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ އެ ބޭފުޅަކު އަމިއްލައަށް އެފަދަ ކަމެއް މީގެފަހުން ނުކުރުމަށް އެއްބަސްވުމާއެކު މައާފަށް އެދެން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

މުގުނީއަށް ތާއިދު ނުކުރަން އެމްޑީޕީން ނިންމީ އޭނާ ކުރީގެ އަނބިމީހާ އަށް އަނިޔާކޮށްފައި ވާތީ އޭނާ އާއި ދެކޮޅަށް އެތައް ބަޔަކު މީސް މީޑިއާގައި އަޑު އުފުލަމުން ދަނިކޮށެވެ.

މުގުނީ އޭނާގެ ކުރީގެ އަނބިމީހާ އަނިޔާ ކޮށްފައި ކަމަށް ފުރަތަމަ މީސް މީޑިއާގައި ބުނީ އެއަންހެން މީހާ އެވެ. އެކަމަށް އެތައް ބަޔަކު ވަނީ މީސް މީޑިއާގައި "ހެކިބަސް ދީފައެވެ." ބައެއް މީހުން ވަނީ މުގުނީ އަނބިމީހާ އަށް އަނިޔާ ކުރަމުން ދަނިކޮށް އެކަން ހުއްޓުވާ އެކަމަށް ހުރަސް އެޅި ކަމަށް ވެސް ބުނެފައެވެ.

އަނބިމީހާ އަށް އަނިޔާ ކުރި މައްސަލައިގައި މުގުނީ ކުރިން ފުލުހަށް ވެސް ހާޒިރު ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިޔަޅުކަލޭގެ

    ލާދީނީކަލޭ ދައްކާ މަކަރުވެރި ވާހަކަ ބަލާބަލަ. ކަލޭމެން ސައުދުﷲ ހޮވުނީމަ މޑޕ އަށް ސޮއިކުރާނެކަން ޔަގީންކޮއްފަ ޕާޓީމީހާއަށް ތާއިދުނުކުރާނަމޯ. ސައުދުއާ މުޢުނީއާ ދެމީހުންނަކީވެސް މޑޕ ދެމީހުން މޑޕ ގެ ވޯޓު ދެބަޔަށް އެޅެނީ އެހެންވެ ބޮޑަށް ހޮވޭނެހެން ހީވާމީހާއަށް ތާއިދުކުރަން ނިންމީ. މުޢުނީ މުޅިއާއިލާ އެެއްކޮށް ނުކުމެ އިކުލީލަށް ވޯޓުދީބަލަ.

    12
    2
  2. ޕާޓޭ ގެ ޑެޑީ

    varah rangalhu ninmevumeh

    10
  3. ޣގޔ

    ޢެކަމަކު ކުޑަކުދިންނާއި ބެހޭ މީހާ ސަލާމަތްކުރާނަން

    15
  4. Anonymous

    ގެވެށި އަނިޔާ ކުރާ މީހަކައް ވުރެން ކަލޭ ނުބައި އަހަންނައް. އެއީ ކަލެޔަކީ މުރުތައްދެއްކަން 63 އިލްމުވެރިވަނީ ފަތުވާ ދީފައި. އަދި ކަލޭގެ އަމަލްތައް ހުރީވެސް މުރުތައްދެއްގެ އަމަލްތައް. ގެވެށި އަނިޔާ ކުރިމަކުގައިވީނަމަވެސް އެމީހަކީ މުރުތައްދަކައް ނުވޭ ތައުހީދުގެ މަތީގައި ހުރީ. އެހެނވީމަ އެމީހާ ކަލެޔައްވުރެން ހުރިހާ ގޮތަކުން ބެލިޔަސް ރަނގަޅު.

    6
    1
  5. ގލޅ

    ތިއައީ މަޖިލިސް ކެމްޕޭނަށް ޖަހާ ދަންތުރައެކެވެ
    ތިމާއަކީ މާބޮޑަށް ރަހުމާ ހަމްދަރުދީ ހުރިމީހެއް
    ކަމަށްދެއްކެން އުޅެނީ ގިނަވޯޓްހޯދާށެވެ ތިމާގެ
    މާޒީއަކީ ހަޑިހުތުރު މާޒީއެކެވެ އޭތި ކަޑައެވެ
    އެހެންވީމާ ތި މަޅިފަތީގައި ދިވެހިން ނުބެދޭނެއެވެ

  6. ކިންގްފިޝަރ

    ނަޝީދަކީވެސް މައްސަލަތަކެއްގައި ތުހުމަތުތަކެއް ކުރެވިފައިވާ މީހެއް. މިކަމަށް ފިޔަވަޅުއަޅާނީ ރައްޔިތުން ނުކުމެ ވޯޓުން.

    8
    2
  7. ރައްޔިތުމީހާ

    ރާބުއިމާ ދީނަށް ފުރައްސާރަކުރުން އެކަމަކު ބަރާބަރު! އެއްޗެޖޭކިޔަނީ! ކޮބާހޯރަ؟ ޖަލުގަ އޮއްވަ ނެރުނީ ހަމަ ތިމީހުން.