މުޖުތަމަޢުގެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމަކަށް ހިތްވަރު ނުދެއްވާނެ ކަމަށް، ފޭދޫ ދާއިރާ ގެ މެމްބަރ އިބްރާޙިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އައިބީ މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް، މުޖުތަމަޢުގެ ހަމަޖެހުން ގެއްލޭފަދަ ކަންކަން، ބަޔަކު ރާވައިގެން ފޭދޫގައި ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އައިބީ ވިދާޅުވީ، އެ ފަދަ ކަންކަން ކުރުމުގެ ބޭނުމަކީ، އޭނާގެ ކެމްޕެއިން ޓީމް ބަދުނާމުކޮށް، ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށާއި، މިފަދަ ކަންކަން ބަލާ، ފިޔަވަޅު އެޅުމަށް، މޯލްޑިވްސް ޕޮލިސް ސާރވިސްއަށްވެސް ގޮވާލާ ކަމަށެވެ.

"މިކަން މި ކުރަނީ ބަޔަކު ރާވައިގެން. އަޅުގަނޑުމެންގެ ޓީމުން ކުރާކަމެއްގެ ގޮތުގަ މީހުންނަށް ވިސްނައިދޭން ކުރާ ކަމެއްމީ. އަޅުގަނޑު ކެމްޕެއިންގަ އުޅޭ އެއްވެސް ފަރާތަކުން މިފަދަ ކަންތަކެއް ނުކުރާނެ. އަދި އެއީ ދުވަހަކުވެސް އަޅުގަނޑު ހިތްވަރު ދޭނެ ކަމެއްވެސް ނޫން. މިދަފަ ކަންކަން ބަލާ ފިޔަވަޅު އެޅުމަށްވެސް، ފުލުހުންނަށް އަޅުގަނޑު ގޮވާލަން." އައިބީ ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް އައިބީ ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ. ނަމަވެސް މި އިންތިޚާބުގައި އައިބީ އަށް ތާޢީދުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެން

    އެޖެންޑާގައި ފެން ނަން ހުރިކަންތައް ބަލާފައި ރައްޔަތުން ވޯޓް ދެއްވާށެވެ. ޔާގުންޑާގެ އޮންނަކަހަލަ ފޮރުވިފައިވާ އެޖެންޑާއެއް އެމްޑީޕީ އަކުން ނުގެންގުޅެއެވެ. އަޅުގަނޑުމެން އަދިވެސް މި އުޅެނީ ވޭތުވެ ފަސް އަހަރު ޑރ ޝައިނީ މެން ހިންގި ސިއްރުއެޖެންޑާގެ ދަށުން ހިންގި ސިއްރު ކަންތައްތައް މުޅިން ނުހޯދިގެންނެވެ. އަފަދަ އރޖެންޑަާއެއް އެމަޑީޕީ އިން ނުގެންގުޅޭނެއެވެ.