މައްޗަށްގޮޅި އުުތުރު ދާއިރާގެ ރައްޔިތުންނަށްޓަކައި ޙާޞިލްކޮށްދޭން ބޭނުންވާ ކަންކަން، ނުވަތަ އެ ރައްޔިތުންނަށް ވާ ވާޢުދުތައް ވާނީ، ޙަޤީޤަތުގައިވެސް ޙާޞިލްކުރެވޭނެ ވަޢުދުތަކަކަށް ކަމަށް، މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ޖަމީލާ ޢަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ޖަމީލާ ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތް ކުރުމުން، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންތައްތަކަށް ބިނާކޮށް، ޕްލޭން ތަކެއް އެކުލަވާލަމުން ދާ ކަމަށެވެ.

"ހުރިހާ ރައްޔިތުންގެ އަޑު އަހާފަ، ދެން އަޅުގަނޑު ޖެހޭނީ ކޮންމެވެސްވަރެއްގެ ސްޓްރަކްޗަރ ތަކެއް އެކުލަވާލަން. އަޅުގަނޑުގެ މަސައްކަތް ގެންދަންވީ ކޮން ދިމާލަކުންތޯ ބަލަން އަޅުގަނޑު ދެން ޖެހޭނީ. އަޅުގަނޑަށް އައި ބައެއް މުޙިއްމު ކަންތައްތަކުގެ ތެރޭގަ ގެދޮރުވެރިކަން އައި. އަދި ސްޕެޝަލް ނީޑްސްގެ ވާހަކަވެސް އައި. އަޅުގަނޑު ބޭނުންވަނީ ޙާޞިލްކުރެވޭނެ ވަރުގެ ވަޢުދުތަކަކަށް އެ ވަޢުދުތައް ވާން." ޖަމީލާ ވިދާޅުވިއެވެ.

ޖަމީލާ އަކީ ދިވެހި ދަޢުލަތަށް ވަރަށް ގިނަ ދުވަސް ވަންދެއް، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 29 އަހަރު ވަންދެން ތަޢުލީމީ ދާއިރާގައި ޖަމީލާ މަސައްކަތް ކުރެއްވިއެވެ. އަދި 4 އަހަރުގެ މުއްދަތަކަށް، ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރުކަންވެސް ކުރެއްވިއެވެ.

މީގެ އިތުރުން، 2 އަހަރުވަންދެން، ދިވެހި ދަޢުލަތުގެ ފަރާތުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަޤާމުގައިވެސް ޖަމީލާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުން 20 އަހަރު ވަންދެން، ޓީވީއެމް ގައި ވަނީ މަސައްކަތް ކުރައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ޖަމީލާ ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޒާމު

    ޔޫދެން ހާދަ މުސްކުޅިއޭ މިހާރު ތިކަމާ ނޒުޅެ އޮރިއާން ނިވާކޮށް އޮސްލާހުވެބަލަ

    2
    2
  2. ޢަބުދުﷲ

    ޢިންޝާﷲ ޖަމީލާ ހޮވޭނެ ނިޒާމް. ޖަމީލާ މުސްކުޅި ކުރެއްވި ފަރާތުން ތިބާވެސް މުސްކުޅި ކުރައްވާނެ ދުނިޔޭގައި ހުރިއްޔާ. ތިބާގެ އަޚާއަށް މަލާމާތް ނުކުރޭ.