ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަމަވެސް އެމަޝްރޫޢުގެ އެއްވެސް ތަފްސީލެއް ރައީސް ނުދެއްވައެވެ. އެހެންކަމުން އެމަޝްރޫޢުގައި އަޅަން ހަމަޖެހިފައި ވަނީ ކިތައް ފްލެޓްކަމެއް، އަދި ބޯހިޔާވަހިކަން ލިބޭނީ ކިތައް މީހުންނަށް ކަމަށް ވެސް ރައީސް ވިދާޅެއް ނުވެއެވެ.

ރައީސް ވިދާޅުވީ މާލެއަކީ ބަޔަކު ދިރިއުޅެން ރަނގަޅު ނުވާނެ ހުރިހާ ސިފައެއް ހުރި މުޖުތަމައުއެއް ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޓްރެފިކް ފަދަ މައްސަލަތައް ރައީސް ފާހަގަ ކުރެއްވި އެވެ.

"މާލެއަކީ ސާފު ރަނގަޅު ތަނަކަށް ހެދުމަކީ އަޅުގަނޑުމެންގެ ވައުދެއް. މާލެ އަކީ ހިތް ފަސޭހަތަނަކަށް ވެގެންދާތަން ފެނިގެން ދާނެ،" ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

މާލެ އަށް ބަދަލު ގެނައުމަށްޓަކައި ވިޔަފާރި ބަނދަރާއި އެ ސަރަހައްދުގެ ވިޔަފާރިތައް ތިލަފުއްޓަށް ބަދަލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު އެ ސަރަހައްދަށާއި މުޅި މާލެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫޢު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ތިން ފަހަރަށް އިއުލާން ކޮށްފައެވެ. ނަމަވެސް އެމަޝްރޫޢުއަށް އެއްވެސް ބަޔަކު ޝައުގުވެރިކަން އަދި ސާފެއް ނުވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެ ބަދަލުކޮށް މާލޭގެ ތަރައްގީއަށް ޓަކައި ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

"އެބަ ޖެހޭ ބޮޑެތި ބަދަލުތަކެއް ގެންނަން. ޓްރެފިކްގެ މައްސަލަ އެހާ ބޮޑު. އެކަމާ ގުޅިގެން ހުރިހާ ވައްތަރެއްގެ ބަލިތަކާއި ނޭދެވޭ ހުރިހާ ކަމެއް މުޖުތަމައުގެ ތެރޭގައި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. އަކޭ

  ބަލަ ފުރަތަމަ ރާއްޖޭގެ އެހެން އަތޮޅުތަކުގަ ތި ހުރިހާ ބޯ ހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަބަލަ. މާލޭގަ ވެސް ގިނަވާނީ ރަށުގައި ގެދޮރު ނެތި ވަޒީފާއެއް ނުލިބިގެން މާލެ ބަދަލުވެފައި ތިބި އެހެން ރަށްރަށުގެ މީހުންނޭ. އެހެންވީމަ، ފުރަތަމަ ބަލާ ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށް ތަރައްގީކުރެވޭތޯ. އެއިރުން މާލޭގަ އުޅޭ ރަށްރަށު މީހުންވެސް އަމިއްލަ ރަށަށް ބަދަލުވާނެ. މާލެ ތޮައްޖެހުން ކުޑަވާނެ!

  17
  1
  • ތޫ

   މިއިން މީހެއްގެ އަނގައިން ނުނުކުންނާނެ ތެދު ބަހެއް. ހަދާނީ ހުސް ދޮގު. ރޯ ބުހުތާނު ދޮގު. މިތިބީ އިބިލީހުގެ އާލާތުން ވެރިކަމުގައި ވެޑުވިފަ.

 2. އާކާސް މުހައިމިނު ކުޅުދުއްފުށި

  މާލޭގަތަ އަދިވެސް... ރައްޔިތުން ބިކަ ކުރަންތަ ވައުދުވީ... ހަނދާންނެތް ދޯ ލާމަރުކަޒީ އޭ ކިޔާ އުޅުނު ދުވަސް... ވޯޓާއި ދިމާކޮށް ކިރު ހޮޅި ގޭސް ހޮޅި ބަތް ހޮޅި އެޅި ގުރޫޕް މީހުން

  16
 3. Anonymous

  ބަސްމަދުކޮށް ޢަމަލު ގިނަކުރޭ.

  16
  • ހާރޫނު.

   ބަސް މަދު ކުރީމަ ދޮގު ހެދޭ މިންވަރު މަދުވާނެ. ދޮގު ހެދުން މަދުވީމަ، މިމީހުން ހަދާފައިވާ ޑީލްއާ ހިލާފު ވެވުނީ. ޑީލް ހަދާފައިއެވަނީ ސީދާ ޝައިޠާނާއާ. ވެރިކަން ލިބުމުގެ ބަދަލުގެ ގޮތުގައި ދޮގުހަދަމުން ދިއުން. ތިމާ ހަލާކުވެ މުޖުތަމައު ހަލާކު ކުރުން. އެކަން ނުކޮށްފިނަމަ، ޝައިޠާނާ އޭނާގެ ފުރާނަ ހިފާނެ. އެއީ ޝައިޠާނުންގެ ޑީލްގެ ނުބައިކަމަކީ.

  • ގގގގ

   ކޮންމެވެސް ދޮގެއް ހަދާނުލާ ނުތިބެވޭނެ. މިމީހުންނަކީ ދޮގުހަދާ އޮޅުވާލައިގެން ހޯދި ވެރިކަމުން ކައިބޮއެގެން އުޅޭ ނުލަފާ ހިޔާނާތްތެރިތަކެއް. ބޮޑު އިބިލީސް އެގޮވަނީ އިހްލާސްތެރި ނުވުމަށް.

 4. ނުޖައްސާތި

  ރައީސް އިބޫ އަށް އަދި ކިރިޔާއޭ ފިރިހެންވަންތަ ކަމެއް ކުރާނެ ވާހަކަ އެއް ތިޔާ ދެއްކުނީ މާލެ ސަރަހައްދުން ދޭން ޖެހޭނެއޭ އެއް ފަހަރާ 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ހުޅުމާލޭން ހުޅުމާލޭން ދެވޭނެއޭ މިއަދަދަށް ގޯތި އެޗްޑީސީ އެމްޑީ ދައްކާ ވާހަކަ އެއް ނުޖެހޭނެއޭ އަޑުއަހަން އެއީ ޗަކަސް ޗަކަސްއޭ ނިއު އައިޑިއޮލޮޖީ އެއް ނުހުންނާނެއޭ އެމެންގެ ގައިގައި ޖައްސާށޭ ލާރޖް ކޮށް ވޯޓް ބޭނުން ނަމަ ދޫކުރަން ޖެހޭނީ އެއް ފަހަރާ 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތިއޭ ކުދިކޮށް ނުޖައްސާށޭ ނުޖައްސާށޭ...

  5
  4
 5. ގިވްއިން

  މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ހުޅުމާލޭ ދޭކުން ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް އިންތިޚާބުގެ ކުރިން އިއުލާން ކޮށް ބޮޑު ޔޫފޯރިއާ އެއްގޮތަށް އެކަން ކުރިއަށް ގެންދަންވީއޭ ޗާންސެސް އާރ ޓޭކެން ނޮޓް ގިވެން މިކަން ދަންނަން ޖެހޭނެއޭ ޕޮލިޓިކަލް ސައެންސް ދަންނަމީހުން ގޭމް ޗޭންޖް ކުރާނީ މާލެ ސީޓް ތަކޭ ދިސް އިޒް ދަ ފީލިންގް ޓޯކް ޓު މީ ލައިކް އަ މޭން...

  4
  2
 6. ސޯކާބެ

  އެއްބޭ ފުޅަކު ވިދާޅުވަނީ މާލޭގަ ބިން ނެއްކަމައް އަނެއް ބޭފުޅަކު ވިދާޅު ވަނީ ބޯހިޔާވެހިކަމުގެ ބިޔަ މަސްރޫއުއެއް ފެށޭނެކަމައް ދުން ކިހިނެއްތޯ ރަށްޔަތުންނަށް ވާނުވާ އެއްނޭގޭ އެގޭހާވެސް އެއްޗަކީ މާލޭގަވެސް އަދި ހުޅުމާލޭގަވެސް ފަޅު ބިންތައް ބައިވަރު ވިޔަފާރި ވެރިޔަކައް ބިމެއް ދޭންވެއްޖެއްޔާ ބިން ހުރޭ އަދި އެވިޔަފާރި ވެރިޔާލަށްވާ ފުލެޓް އަޅުވާފައި ރަށްޔަތުންނަށް ބޮޑުަގުގައި ވިއްކުން 3ކޮޓަރި އެޕާޓް މެންޓެއް އަޅާކަށް 1މިލޔަން ރުފިޔާވެސް ނުދާނެ އެކަމަކު ރަށްޔަތުމީހާޔަށް ވިއްކަނީ ވިޔަފާރި އުސޫލުން 4 '3 މިލިޔަނައް އެކަމަކު ވެރިކަމައް މިވަޑައިގަންނަވަނީ ޙިދްމަތް ކުރުމުގެ ނަމުގައި ވެރިކަން ހަމަ ލިބޭއިރަށް މުޅި ގައުމުގައި ހުރިހާއެއްޗަކީ އަމިއްލަ މިލްކިއްޔާތެއްކަން ދެންބަލަނީ ބިންތައް ހިސޯރުކޮއްގެން ހައްތާވެސް ބައްލަވަނީ ރަށްޔަތުން އަޅުވެތި ކުރަން މާލޭގެ ރަށްޔިތަކަށްވިއްޔާ ބިންކޮޅެއްދީގެން ނުވޭ ރަށްރަށުގަ ދެވޭ ބިން ހިއްކާފަނަމަވެސް މީ އެދިގުރާސްތާ 30 އަހަރުގެ ޕޮލިސީ ރަށްޔަތުމީހާ އަޅުވެތިކޮއްސަލާން ޖަހަން ޖެއްސުން މީ ވޯޓް ހޯދަންކުރާ މަސައްކައް

 7. ސަޓޯ

  ވޯޓު ހޯދަން ޖައްސާ އެންމެ މުސްކުޅި އުކުޅު... ޢައްޗީ.....

  19
 8. މާލެ

  ވެރިންގެ ކެމްޕޭން ދަންތުރަތަކުން ރައްޔިތުން
  ސަލާމަތްވާން ޖެހެއެވެ ކޮންމެ އިންތިޚާބެއް ކައިރިވުމުން ބޯހިޔާވަހިކަމުގެ ވާހަތައް ރާގުރާގަށް
  ދައްކަންފަށައެވެ އިންތިޚާބުން ކާމިޔާބުލިބުމުން
  އެއީ ނުދައްކާވާކައެއްކަމަށް ބުނެ ރައްޔިތުން
  އޮޅުވާލައެވެ ރައްޔިތުންނަށް ކުރިމަތިވެފައި ޒަރޫރީ
  ހާލަތުގެ ނާޖާއިޒް ފައިދާނަގައިގެން މޑޕގެ އިސް
  ފަރާތްތަކުން ހިންގާޖަރީމާތައް ހުއްޓާލަން ޖެހެއެވެ

  16
 9. ދދދދދދ

  ކޮޕީ ކުރުމަކީ ވަރަށް މުޑުދާރު ސިފައެއް

  14
 10. ކިނބޫ

  ރާއްޖެތެރޭ މީހުން "ގަދަކަމުން" މާލެ ގެންނަން މާލެ ސަރަހައްދުގަ ޔާމީން ފްލެޓް އެޅި ކަމަށް ކަލޭ ގޮވި. މިހާރު ކަލޭ ތިކިޔަކީ ކޯޗެކޭ.

  18
  • Anonymous

   މީނަ ހީކުރި ގަރަހިތަ ދިވެހިން މިހާރު އެހަނދާން ނުހުންނާނެ ކަމަށް.

 11. ކެކެކެކެކެ

  "........އެހެންކަމުން އެމަޝްރޫޢުގައި އަޅަން ހަމަޖެހިފައި ވަނީ ކިތައް ފްލެޓްކަމެއް، އަދި ބޯހިޔާވަހިކަން ލިބޭނީ ކިތައް މީހުންނަށް ކަމަށް ވެސް ރައީސް ވިދާޅެއް ނުވެއެވެ." ވިދާޅެއް ނުވެވޭނެތާ ކަރަންޓްގެ އަގު ހެޔޮ ކުރި ގޮތަށް ވިއްޔަ ކަންކަން ކުރަނީ. މީނައަށް އެޅޭނީ ފްލެޓެއް ނޫން. 4 މަސް ވީއިރު ދަތުރުފުޅު ކުރެއްވުން ނޫނީ ކުރެވުނު ހަމަ އެއް ކަމެއްވެސް ނެތް.

  17
  • ޗިއްލޫ

   100ދުވަސްތެރޭ ކުރަންބުނި ވައުދުތައް ހަދާންއެބަހުއްޓޭ އަހަރަމެން، ކޮބާ ކަރަންޓްގެ އަގު؟؟؟ ކޮބާ ކޮންމެދަރިވަރަކަށް ހެދުނުގެނާސްތާ؟؟؟ ކީއްވެބާ ރާއްޖެތެރޭގެ ސްކޫލް ކުދިންއަތުން ފައިސާނަގައިގެން ދަތުރުކުރަނީ؟؟؟

  • Anonymous

   އެއީ އެކަން ކުރަން ބުނާ އެއްޗެއްނޫން. "ދޮގު" ގެ އަހުލުވެރިންވީމަ ދޮގެއް ހަދާނުލާ ލޮލަކަށް ނިންޖެއް ނާންނާނެނު

  • Anonymous

   ބޮޑެތި ދޮގުތައް ހެދުމަކީ މިމީހުންނަށް އެއްވެސް ކަމެއްނޫން. ދޮގުގެ ނުބައި ކަމަކީ، އެކަމުގެ ސަބަބުން މީހާ އާއި މުޖުތަމައު ހަލަކުވޭ. ގިޔާމަތްދުވަހު އެކަމުގެ އަޒާބު ލިބޭނެ. ދުނިޔޭގައި އެކަމަށް ޝަރީއަތެއް ނުހިިގާ. ވަގުންނަށް ޝަރީޢަތްކޮށް އެމީހުންނަށް ދުނިޔެމަތިން ލިބޭ އަދަބުން ގިޔާމަތް ދުވަހުން އަޒާބު ލުއިވޭ. ވައްކަމަށްވުރެވެސް އެތައްހާސް ގުނަ ނުބައިކަމެއް ދޮގުހެދުމަކީ. އެއީ ޝައިޠާނާއާ ތިމާ ގުޅުވައިދޭ މަގު.

 12. އަލީ

  މާލެ ސާފު ރީތި ހިތްގަމު ތަނަކަށް ހެދޭނީ މާލޭގެ ބައެއް ކޮށިތައް ހުސްކޮށްގެން އެކަމު ތިޔަ ވިދާޅުވަނީ މާލޭގައި ފްލެޓް އަޅާ ވާހަކަ ދަންނަވަން ތޯ ކުރިން ވިދާޅުވި މާލޭގައި ފްލެޓެއް ނާޅާނަމޭ ...... ސިޔާސަތު ޖެހޭ ރަނގަޅަށް ހާމަ ވާން ...ވޭތުވެދިޔަ 5 އަހަރު ވަނީ މާލޭގައި ވަރަށް ގިނަ ޕާކު ތައް ހަދާފައި މުޅި މާލޭގެ މޫނު މަތީ ބަދަލް ކޮށްލާފައި ދެން ޕާކު ކުރަން ބަހައްޓަން ޖެހޭނީ ސިސްޓަމް އޭރުން ކުޑަ ތަންކޮޅެއްގައި ގިނަ ދުއްވާ ތަކެތި ޕާކު ކުރެވޭނީ މިހާރު ތިހަދާ ޕާކިން އޭރިއާ ތަކުން މާބޮޑު ބަދަލެއް ނާންނާނެ....

  15
 13. އަހުމަދު

  މާލެއަކީ ރީންދޫ ކިނބުލުގެ ބާވަތް ދިރިއުޅެން ރަނގަޅު ނުވާނެ ހުރިހާ ސިފައެއް ހުރި މުޖުތަމައުއެއްވިއްޔާ ރީންދޫ ކިނބުލުގެ ބައިގަނޑުދޭބަލަ އިންޑިޔާގެ ގެރިތައް ބާއްވާފައޮތް ޒުލަށް

 14. ބަޖަރާ

  ހިންނަވަރުގައިވެސް ޓްރެފިކް މައްސަލަ އެހާބޮޑުތޯ؟ ހުރިހާބަލިތަކާ ހުރިހާނޭދެވޭކަމެއް ހިންނަވަރުގެ މުޖްތަމައުގައިވެސް އެބައޮތް.

 15. ޢަލީ

  ބަލަ މާލޭގައި އިތުރު ޢިމާރާތްތަކެއް ނުކުރާނެކަމަށް ބުނި ކިހިނެތް ތިވަނީ، ވެވޭ ވަޢުދެއް ނުވެވޭ ވަޢުދެއް ނޭނގޭދޯ

  12
 16. عبدالله

  މަތިމައްޗަށް ވަޢުދުވަމުންދަނީ، ރައްޔިތުންގެ ވޯޓުހޯދުމަށް

  • ޔޫނާން

   އެއީ ވައުދެއްނޫން. ވައުދެއް ވިޔަސް ދިވެހިން ހޭއަރާ އެކަން ގަބޫލު ކުރާކަށް ނުވާނެ. މިވެރިންގެ ބޮޑު ގޮލާ އެބުނަނީ އިޙްލާޞްތެރި ނުވަން. ވައުދެއްވިއްޔާ އެއުވާލާނެ. ބުނާ ކޮންމެ ބަހަކުން އެތައްހާށް ދޮގެއް ހަދާލާނެ. މިމީހުންނަކީ "ސެކިއުލަރ" އިންގެ ޕަޕެޓުން. ސެކިއުލަރ އެއީ ޔަހޫދީންގެ ނުމުގައި އުޅޭ ޝައިޠާނީ ވަސްވާހެއް. އެއަށް ތަބާވެގެން ފައިސާ މިހޯދަނީ އިޒްރޭލާއި އެމީހުންގެ ބައިވެރިންގެ އަތުން. ސުބުޙާނަﷲ. ދިވެހިން ނިކަން ހޭލުންތެރިވެ މައުލޫމާތު ހޯދާ ދެނެގަނެބަލަ.

 17. ސައްތާރު

  މާލެނޫން އެހެން ތަނަކަށް ކަމެއްކުރެވޭނަބާ؟؟؟ މިސަރުކާރު އައި ފަހުންވެސް ހުރިހާކަމެއްމާލެއައް....އައްޑުއަތޮޅުގެ މަގުތަކުގަ ދުއްވޭވަރެއްނުވޭ އެކަމަކު ރޯޑުވާދީއަކާ އަނެކެއްޗަކާ ހައްދަންއެބަޖެހޭ، އެފައިސާ މިބޭނުންކުރަނީ މާލޭގެ މަގުތައްހަދަން!

 18. ސާއިރާ

  ބަލަ މިދިވެހިރާއްޖޭގައި އޮތީ މާލެ އެކަނިތަ؟ މިދިވެހިރާއްޖޭގައި ހުރިހާ ރަށަކަށް ކުރިއެރުން ލިބެންޖެހޭނެ.އަސާސީ ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެ.. ހުރިހާ ޚިދުމަތެއް ހުރިހާ ރަށަކަށް ފޯރު ކޮށްދޭންޖެހޭނެ.ޤާނޫނު އަސާސީގައި އޮންނަ ހަމަހަމަކަން ހުރިހާ މީހުންނަށް ފޯރުކޮށްދޭން ޖެހޭނެ. ދިވެހިދައުލަތުގެ މުއްސަނދިކަން ވަކި ބަޔަކަށް ލިބޭގޮތަށް ހަމަޖައްސާތީ އެކަން ކުށްވެރިކުރަން.މިހާރު ވެރިކަމުގައި ތިބީ ގިނައިން މާލޭގައި ވަޒަން ވެރިވެގެން އުޅޭ މީހުންނާއި މާލެ މީހުން. އެމީހުން ނުބަލާނެ އަތޮޅު ތަކުގެ ތެރޭ ތިބިބަޔަކަށް.އެމީހުން ބަލާނީ އެމީހުންގެ ހައްޓަށް.

 19. Anonymous

  މިތިބީ ދޮގާ މަކަރާއި ހީލަތުގެ އަހުލުވެރިން ވެރިކަމަށް ގެނެސްގެން. ހެޔޮނުވާނެ މިއިން މީހަކު ދައްކާ ވާހަކަ ގަބޫލުކުރަން. ﷲ ގެ ތަނަވަސް ރަހުމަތު މިގައުމު މިމުސީބަތުން ސަލާމަތް ކުރައްވާށި. އާމީން.

 20. މީވެސްކޮތަރު

  އަނެއްކާވެސް ކޮތަރު ކޮށިތަކެއްބާ!

 21. 1 މޯ ޕްލީޒް ކުފޫ ހަމަނުވާ ރައީސް!

  ނީޑް ވ ވޯންޓް!
  މިސާލަކަށް މަށަކީ އާއިލީ ގޮތުން ވާރުތަވެފަ/ވާން ނަމަވެސް ބިންކޮޅެއް އޮތްމީހެއް މާލެއިން ނުވަތަ އުފަންވި ރަށުން ނަމަވެސް އެކަމަކު މަ ބޭނުން ގޯއްޗަކާ ފުލެޓެއް މާލެ ކޮޅުން. ކޮންމެ ރީޒަނެއްވެސް ދެއްކިދާނެ. މާލޭގަ އުޅޭތާ 20-30އަހަރު ވެއްޖެޔޭ.ދަރިން މިތާކިޔަވާތީ،ވަޒީފާގަ ދާއިމީ ވީމައޭ،ދަފްތަރުގަ އިނީމައޭ،......ކީއްތަވާނީ ކޮންމެ ގެއަކަށްވަދެ ހާލަތުބަލާފަ ހައްޤުވެރިންނަށް ދިނިއްޔާ. ދުވަސްނެގިޔަސް މިއޮއްކުޑަ މާލެ އަކީ ކުޑަ ތަނެއް. އެއްގެއެއްގަ 3-4ޖެނެރޭޝަންސް އެބައުޅޭ ވ ހާލުގަ.އެމީހުންނަށް ދީފަ ދެން މާލޭގަ ކުއްޔަށް އުޅޭ އެކި ރަށްރަށަށް ނިސްބަތްވާ ދިވެހިންނަށް ދިނުން އިންސާފުވެރިއެއް ނޫންތަ. ހުޅުމާލޭގަ ސްޕޭސް އެބައޮތް އިރާދަކުރެއްވިއްޔާ ނީޑްވާ އެންމެންނަށް.
  އެމީހެއްގެ ރަޖިސްޓްރީ ވެފައިން ރަށަކުން އެމީހަކަށް ދިނުން އިސްކުރާނީ. ކޮންމެ ސަބަބަކާހުރެ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކޮއްގެން އުޅޭ މީހަކަށް އެ ރަށަކުން ވ ނުދޭނެ ގޯއްޗެއް. ބަޓް މާލެވީމަ މަވެސް ބޭނުން.