ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުގުނީ އަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންދިއުމުން ތިނަދޫ އެމްޑީޕީ ސަޕޯޓަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީ އާއި ދެކޮޅަށް އަޑުއުފުލާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ

މުގުނީ އަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔައީ އޭނާ ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވުމުންނެވެ.

ނަމަވެސް މުގުނީގެ ސަޕޯޓަރުން ބުނަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި އަދި ހެއްކެއް ގަރީނާއެއްގެ މައްޗަށް ބިނާކުރުމެއް ނެތި މުގުނީއަށް ކުރި ތާއީދު އެމްޑީޕީން ނެގުމުން އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

މުޒާހަރާއަށް ނިކުތް އެމްޑީޕީ މެންބަރުން ގެންދަނީ ނަޝީދު ވިދާޅުވި ނަމަވެސް މުގުނީއަށް ކުރި ތާއިދު ނުގެންދާނެ ކަމަށް ގޮވަމުންނެވެ. އަދި ބޭނުން އެއްޗެއް ނުހެދޭނެ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މުގުނީގެ ސަޕޯޓަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސަޕޯޓަރުން ތިބީ މުގުނީގެ ފަހަތުގައި ކަމަށާއި، އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް މުގުނީ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއްޔެ މުގުނީ ވަނީ ވިދާޅުވެފައެވެ.

ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލަބީބު

    މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްދީފައިނުވާ ގިނަ ޚިދުމަތްތަކެއް ތިނަދޫއަށް ކޮށްދެއްވީ ރައީސް ޔާމީން! މިއީ ދެބަސްނުވެވޭނެ ޙަޤީޤަތް! އެހެނަސް ......އާހް

    172
    18
  2. ސފ

    ނަސީދަކީ ނަސީދެވެ ސަމާލުވާންޖެހޭ މީހެކެވެ
    ދެއުޅި އެއްނުވާމީހެކެވެ މަކަރާއި ހީލަތުގެ ބޮޑެކެވެ
    ރާއްޖޭގެ ހަލާކެވެ

    192
    13
    • Anonymous

      ސަތޭކައިގެ ވާހަކައެއް.

      100
      5
  3. ތިިނަދޫ

    އުހު! ކަމަކު ނުދާނެ! ނަޝީދު ބުނީމަ ޖެހޭނެ ގޭގަ އިންނަ އަނބިމީހާ ވެސް އޭނަގެ ގެއަށް ފޮނުވަން! އިސްލާމްދީނަށް ނުކުރާ އިހްތިރާމް ކަލޭމެން މިފަދަ ޝައިތާނަކަށް ދޭތީ ހަމަ ހައިރާންވޭ! ރައީސް ޔާމީނުގެ ވެރިކަމުގަ ދައުލަތުގެ 3 ބައިކުޅަ 1 ބައި ބަޖެޓް ތިނަދޫއަށް އޮތީ އޮއްސާލާފަ. އެކަމަކުވެސް ބަތާ ހަރާމީންގެ ނުބައި ބޮޑުކަމުން ތިތާނގަ ޖެހުނީ! ތިނަދޫ މީހުން ދެން ތިބޭ ރާކަނި މަސް ކާން!

    162
    10
    • ާއަބޫަ

      ޔާމީނު އަޅާ ދެއްވީ މިއުޒިޔަމް ޕާކްއެކަނި ،

      3
      44
  4. ސަމަންތާ

    ތީ ޔެލޯ އެއްޗެހީގައި ތިބި ޕީޕީ މީހުން ދެން ލަލަލާ

    19
    103
  5. ާއަންމަޑޭ

    ބަލަ ކަނޑިތީމު ދާއިރާއަށް އެމްޑީޕީ އިން ނިކުމެ ހުރި ކެނޑިޑޭޓަކީ ޑުރަގު ބޭނުން ކުރާ މީހެކޭ ތާއީދު އަނބުރާ ގެނަދަން ކެރޭނެތަ، ރައީސް ނަޝީދުއަށް ޒާތީ ވިޔަސް ބޮޑުވަރު

    68
    3
  6. ޒިޔަތު

    ނަޝީދު މާރިޔާއަށް ކުރި އަނިޔާއޯ؟

    66
    1
  7. ޢަލީ ޢަލީ

    ތީ މުޣުނީ ފެމެލީ މީހުންކޮޅު

    5
    44
  8. މަމްދޫނު

    މުގުނީއާއި ސައުދާއި ވަރަށްތަފާތު. ކިޔަވައިގެންތިބިމީހުން ބޭނުމީކިޔަވާގެންހުރި މީހާ. ހަވަރުތިނަދޫކިއަގެން މީހުންބިރުގަންނަވަންނޫޅޭތި.

    24
    5
    • މުހައްމަދު އަހުމަދު

      ސައުދު ކިޔަވައިގެން އުޅެނީ ކޮންތާކުން ކޯއްޗެއް

      13
      2
  9. DHONA

    ކުރިންވެސް އޮންނާނީ ބޭނުންގޮތެއް ހަދާފަ.....ނާސިރު ޒަމާނުގަ.....ކެ ކެ ކެ

    15
    8
  10. ރިނީ

    މިޚަބަރުކީ އެއްވެސް މީހަކު ބޭނުންނުވާކަހަަލަ އަނިޔާގެ ވާހަކަ ދަށްކަން. ވަރަށްގިނަ ފިރިން އިސްލާމްދީނުގެ ނަމުގަ އަނބިންނަށް އަނިޔާކުރޭ. އެހެންކަމުން އަނިޔާއެއް ކުރިކަމަށް ތުހުމަތު ކުރާނަމަ ތަހުގީގު ނިމެންދެން މީނާޔަށް ރައްޔުތުންގެ ޚިދުމަތަށް ނިކުތުމުގެ ފުރުސަތު ލިބިގެން ނުވާނެ. ރީނދުލަސް ފިޔާތޮށްޓަސް ބެލެން ޖެހޭނެ.

    1
    2
  11. ނަގޫރޯޅި

    ހޮވުނީމަ ނަސީދުވެސް ސޯލިހުވެސް މީޑިޔާގެ ފުރަގަހުން މުގުނީއައް ތާއީދު ކުރާނެ،

    9
    1
  12. ލަކުޑިކާރު

    ނަށީދު އުޅެނީ ބޫޓުސައިޒު އޮޅިގެން ހީވާކަހަލަ ތިމަންނާމީ ރައީސޭމީ

  13. ދަރި

    ސާބަހޭ ތިނަދޫގެތިހިތްވަރުގަދަބޭފުޅުންނަށް ތިކަމުން އިބްރަތްހާސިލްކުރެއްވުމަށް ނަޝީދަށްތާއީދުކުރައްވާއެހެން ފަރާތްތަކަށް ވަރަށްއާދޭހާއެކު ދަންނަވަން މިހެންމިބުނީ މިއީ އިސްލާމީ ގައުމަކަށްވާއިރު އިސްލާމްދީނަށާ ރަސޫލާއަށާދީނީޢިލްމުވެރިންނަށްނަޝީދުފާޑު ކިޔުއްވާފައިވަނީ މުސްލިމުންގެކެތްތެރިކަންކޮޅުންލާވަރަށްރާއްޖޭގެރަށްޔިތުންހާލުގަޖެހޭގޮތަށް ރާއްޖެއަށްދަތިކުުރމުގެފިޔަވަޅުއެޅުއްވުމަށްމަސައްކަތްކުރައްވާފައިވޭ މިހުރިހާކަންތުންއެގެނީ ރާއްޖޭގެހުރިހާރަށްޔިތުންނަށްއެހޮއެދިގެން ނަޝީދުކަމެއްނުކުރައްވާނެކަމަށް ކުރިންނުވިރަށްކަލެއް ފަހުންވެސް ނުވެފަހުންނަނީ ވީމާ ނަޝީދުއާދޭތެރެރާއްޖޭގެ ބައެއްރަށްޔިތުންދެކިލައްވާގޮތް އަވަހަށްބަދަލުކުރައްވާ މިހާރުވެސް ލަސްވަނީ ވަގުތުފާއިތުވުމުގެކުރިން އަވަސްކުރައްވާ