ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ. މިއަދުގެ ޖަލްސާ ނިންމާލާފައި ވަނީ ދެން ޖަލްސާއެއް ބޭއްވޭނެ ވަކިދުވަހެއް އިއުލާން ނުކޮށެވެ.
މިއަދު ވެސް މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔައީ ހައެއްކަ މިނެޓަށެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ މައްސަލައެއް ނެތްކަމަށާއި ކޮމެޓީތަކުން މައްސަލައެއް ނުވަތަ ބިލެއް ނިންމުމަށްފަހު ރިޕޯޓެއް ވެސް ފޮނުވާފައި ނެތް ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ވެސް އެއްމެ ކަމެކެވެ. އެއީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ހުށަހަޅާފައިވާ، ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމި ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ. އެމައްސަލަ ދިރާސާ ކުރުމަށް ވަނީ ގައުމީ ސަލާތުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.
ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާ ހުއްޓާލިއިރު ސަރުކާރުން ފާސްކުރަން ވަރަށް ބޮޑަށް ބޭނުންވާ ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލް މަޖިލީހުގެ ކޮމެޓީގައި އެބައޮތެވެ. އޭގެ އިތުރުން މިދައުރުގައި މަޖިލީހަށް ހުށަހެޅި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލާއި ޖަމިއްޔާތަކުގެ ބިލާއި ވިސިލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހެޅި އިސްލާހު ވެސް އޮތީ މަޖިލީހުގެ ކޮމެޓީގައެވެ.
އަދި ހެއްކާއި ބެހޭ ޤާނޫނާއި ޤާނޫނު އުޤޫބާތައް އިސްލާހު ގެނައުމުގެ މުހިއްމު ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ.
މަޖިލިސް ޖަލްސާ މިއަދު ނިންމާލާފައި ވާއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރައްވަން މިހާރު ވެސް ގިނަ މެންބަރުން އުޅުއްވަނީ އަތޮޅުތެރޭގައެވެ.
ޢަދިވެސް ބޮޑު މުސާރަނަގއިގެން މުޅި ގައުމު އަރުވައިގެން ތިބޭ.ކީއްކުރާ ބައެއްމީ؟
މަސައްކަތް ނުކޮށް ތިބޭ ދުވަސްތަކަށް މުސާރައިން ކަނޑާ. އަހަރެމެންގެ ފައިސާ އެމީހުންނަކަށް ހަލާލެއްނުވާނެ.
އެމީހުންގެ ހިތުން ހަރާމެއް ހަލާލެއް ނުވާނެ. އެމީހުންނަށް އާހިރަތަކީ ހަމަ ބޯދާ ވިސްނުމެއް. މިދުނިޔެއަށް އައީ މިކުޑަ ހިނދުކޮޅު ތެރޭގައި މަޖާކުރަން. މިއީ ރާއްޖޭގައި އުޅޭ ގިނަ ޒުވާނުންގެ ފިކުރު. ވިސްނާލައްވާ އަދި ދެތިން އަހަރުގެ ހާލަތް.
މަޖްލީހުގެ މުސާރަ ދޭންވީ މަހުމުސާރައެއް ގޮތުގައެއް ނޫން. މުސާރަދޭންވީ ކޮންމެ ގަޑިއަކު މަސައްކަތްކޮށްފައިވާ ވަރަށް ބަލާފައި. އެހެންނޫނީ އެންމެ އާދައިގެ ޓީޗަރަށްވެސް މަޖްލިސް މެމްބަރެއްގެ މުސާރަ ލިބެންޖެހޭނެ. މަޖްލީހުގައި ހަމައެކަނި އޮންނަކަމަކީ އަނގަތެޅުން. ގިނަފަހަރު މައްސަލަތައް އެއްވެސްކޮޅަކަށް ނުޖެހި ދަނީ ބޭރަށް.
އެންމެ ރަނގަޅުގޮތަކީ މަޖްލީހުގެ މުސާރަ އެއްކޮށްް ކަޑާލަންވީ. މަޖްލިސް ޖެހޭނީ ހިލޭސާބަހަށް މަސައްކަތް ކުރާތަނަކަށް ހަދަން. އޭރުން ފައިސާބޯ މީހުން މަޖްލީހަށް ކުރިމަތިނުލާނައެއްނޫން.
އެކަމަކު ތިޔަގާނޫނުވެސް ފާސްކުރަންތިބި ބަޔަކީ ހަމަ މިޔަހޫދީމެންބަރުން. ކިހިނެއްމިކަނަ ކުރާނީ. ސަލާމަތެއްނެތް. މިޑިމޮކުރަސީ މިގައުމަށް ގެނައިމީހާއަށް ހަލާކުހުރި
ކުރާނެ މަސައްކަތެއް ނެތް ބަޔަކަށް މިހާ ބޮޑު މުސާރަ ދީފައި ބޭތިއްބުމުގެ މާނައެއް ނެތް. 30 އަހަރު ރައީސްކަމުގައި ބޭފުޅަކު ހުރެއްޖެނަމަ ބޮޑު މައްސަލައަކަށްވޭ. 20 ، 30 އަހަރު މަޖިލީހުގައި ދާއިރާއެއް ތަމްސީލުކުރުމަށް އެކަކު އިނުމަކުން މައްސަލައަކަށް ނުވޭ. މިކަހަލަ ދެއުޅިއެއްނުވާ ތިމާގެ ކަމަކާ ޖެހުނީމާ ހުރިހާކަމެއް ހުއްދަކޮށްގެން ތިބި މީހުންނަށް މަޖިލީހުގައި ނުތިބެވޭނެ ގޮތަށް 2 ދައުރު ހަމަކޮށްފައި ކުރިމަތި ނުލެވޭގޮތްވެސް ހަދަންޖެހޭ.
އެއްމިލިއަންވަރު މުސާރައަށް އިތުރުކޮށްފައި ތަކެތި އެތެރެކުރެވޭނެ އިތުރު ވަސީލަތްތަކާއި ފަސޭހަތައް އިއްޒަތްތެރިންނަށް ދޭން ނިންމަނިކޮށް ކުރާނެއިތުރުކަމެއް އޮވެދާނެވެ. އެއީ ދެން އިތުރު ކުރަންވީ ކިހާވަރެއްތޯ ބަލައި އެކަމަށް ވެށިތައްޔާރުކުރުން
މުސާރަބޮޑުކުރުން، މަސައްކަތް އިތުރަށް ކުރަން ވިސްނުން، އެމަސައްކަތަކީވެސް ތެން އިތުރު ކުރަންވީ ވަރަކީ ކޮބައިތޯބެލުން. މިހާ ބޮޑު މަޖިލީހެއް ރާއްޖެއަކަށް ބޭނުމެއްނުވެއެވެ.
ބޭބެމެން ކުރާނެ މަސައްކަތެއްނެތަސް ޤަވާއިދުން މުސާރަނަގާތި! މުސާރައިން އެންމެ ލޯލާރިއެއް މަދުވިޔަސް ޝަކުވާކުރާތި! ބޯހަލާކު!
އެންމެ ކިޔާލަން ބޭނުންވާ ސުރުހީ
"ރައްޔިތުން މަޖުލީހުގަ ކުރާނެ މަސައްކަތެއް ނެތުމުން، މަޖުލިސް މެމްބަރުން މިމަހު މުސާރަ ނުނަންގަވާގޮތަށް ނިންމައިފި"
ކުރާނެ މަސައްކަތެއް ނެތިއްޔާ ، ދޭނެ މުސާރަ އެއް ނެތިގެނޭ ކިޔާފަ މަޖިލިސް އުވާލުން ކީއްތޯ، އެހެންނޫނަސް މަޖިލީހުގަ ތިބި މަހުޖަނުން މުސާރަ ނުލިބުނަސް ބޯކޮށް ލާރި ލިބޭ ވިއްޔާ
ކުރާނެ ކަމެއްނެތް ނަމަ މުސާރަ ނުނަގާތި. މުސާރަ ނަގާ މެންބަރުން މިފަހަރު ވޯޓުން ބާކީ ކޮށްދީބަލަ.
މީ އަދާ ކުރަން ވި ވަޒީފާ އަކީ! އިންށާﷲ މި އަންނަ ފަހަރު ކުރި މަތި ލާނަން.
ކުރާނެ ކަމެއް ނެތިއްޔާ ދާއިރާގެ މީނުހްގެ ހާލު ބަލަން ދާނެ ކަމެއް ނެތް، އެމީހުންގެ ވިސނުން ހުރިގޮތާއި އެމީހުންނަށް ކުރިމަތިވާ ދަތިތައް ބަލާނެ ކަމެއް ނެތް.
ބޮޑު މުސާރަނަގައިގެން އަތް ޖަހަންވީ. ބޮޑެތި މުދާތަކާއި ބިން ގަންނަންވީ. ރިޝްވަތުގައި ހިފަންވީ. ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަންވީ. އިންތިހާބު ކާއިރި ވީމަ އެންމެންގެ ހާލު ބެލޭނެ، ދޮގު ވައުދުތައް ކޮށްދޭނެ. ހޮވުނީމަ ދެއަތް އުރާލަިގެން ގޮނޑީގަ. ދާއިރާއް އޮތްކަމެއްވެސް ނޭނގޭ. މިއީ އެއްވެސް ޕާރޓީއަކަށް ބުރަވެ ހުރެ ބުނާ އެއްޗެއް ނޫން، މިއީ ގައުމުގެ ހާލަތް، ރައްޔިތު މީހާ ބަދަލު ނުކުރަންޏާ އެއްވެސް ބަދަލެއް ނާންނާނެ.
ދެން އަޅުގަނޑު މިހެން ބުނީތީ ގޯސްވާނީވެސް އަޅުގަނޑު