ކީރިތި ގުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައިވާ ފޮތެއް ރާއްޖޭގައި ބޭނުން ކުރަމުން ގެންދާތީ އެކަން މީހުންގެ ސަމާލުކަމަށް އައިސްފިއެވެ.
"ކީރިތި ގުރުއާން ކިޔެވުމަށް އެހީއެއް، ދަރިވަރުންނަށް ހާއްސަ 5" ގެ ނަމުގައި ނެރެފައިވާ އެ ފޮތުގައި ބައެއް އާޔަތްތައް ނުބައިކޮށް ހުރިކަން މީހުންގެ ސަމާލުމަށް ގެނެސްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒެވެ.
އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފޮތުގައި ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި އެބަހުރި ކަމަށާއި އެހެންކަމުން ފޮތް ގެންގުޅުއްވުމުގައި ސަމާލުވުމަށް އެދިލައްވާ ކަމަށެވެ.
Samaalu kamah.
Mi fothugai baeh aayaiy thah nubai koh liyevifai eba huri. Veema mi foiy gengulhuvvumugai samaalu velavvaa. pic.twitter.com/SgoBK6N0M8— Dr.Mohamed Iyaz (@dr_iyaz) March 18, 2019
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މި ފޮތް ނެރެފައިވަނީ އެ މިނިސްޓްރީގެ ހުއްދަނެތިކަމަށެވެ. އިސްލާމްދީނުގެ އެއްވެސް މައުލޫމާތެއް ހިމެނޭ ފޮތެއް ރާއްޖޭގައި ނެރޭނަމަ ނުވަތަ ވިއްކާނަމަ އިސްލާމިކް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.
މިފޮތަކީ ބައެއް ޤުރުއާން ކްލާސްތަކުގައި ގުރުއާން މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަމުން އަންނަ ފޮތެއް ކަމަށް ވެއެވެ.
މިފޮތުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ވަނީ ގަސްދުގައި ކަމެއް ނުވަތަ އޮޅުމަކުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ފޮތް ޕްރިންޓްކޮށް ޝާޢިއު ކޮށްފައި ވަނީ އެމް07 ބްކްޝޮޕުންނެވެ.
ފޮތުގައި ނުބައިކޮށް ބައެއް އާޔަތްތައް ހުރި މައްސަލަ ބެލުމަށް ޑރ.އިޔާޒު އެދިލެއްވުމުން އެ މައްސަލަ ބައްލަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ވިދާޅުވެފައެވެ
މަންޒަރު ބަލަން ތިބޭ !!! ކޮބާ މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ނުބަލާނެ ކަންޔަގީން ، ރާވައިގެން ކުރާކަމެއް.
މިއޮތީ ލާދީނީ ސަރުކާރެއް! މިއޮތީ ކީރިތި ޤުރުއާނާ ދުރު ސަރުކާރެއް! މިއޮތީ ކީރިތި ރަސޫލާއަށާ އެނަބިއްޔާގެ އަޞްޙާބުންނަށް ފުރައްސާރަކުރާ ސަރުކާރެއް! މި ވޭތުވެދިޔަ 4މަަހެއްގެތެރޭގައި ފަޅާއަރާފައިވާ 10ވަރަކަށް ލާދީނީ ޙަރަކާތްތަކަށް ވިސްނާއިރު ތިޔައީ ޤަޞްދުގއި ކޮށްފައިއޮތް ކަމެއްކަން ކަށަވަރު! "ރާއްޖޭގައި އިސްލާމްދީން އޮންނަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެނެއްނޫން" =ސޭކް އިލްޔާސް=
އިސްލާމް ދީނަށް ފުރައްސާރަ ކުރެވޭނެހާ ގޮތެއް މިގައުމުގައި ހޯދާ އެކަން ކުރާނެ. މިތާނގެ ވެރިކަމުގައި ތިބީ "ޔަހޫދީ-ސެކިއުލަރ" މީހުންނާއި އެމީހުންގެ ޕަޕެޓުން.
އަދިވެސް އަދާލަތު ޕާޓީގެ މީހުން ކަނުވާނެ. އިސްލާމް ދީނަށް ފުރައްސާރަކުރާާ މީހުންނަށް ސަޕޯޓްދިނީމަ މިކަހަލަ ކަންތައް ގިނަގިނައިން ފެންނާނެ. ވެދާނެ މީ އަދާލަތު ޕާޓީއިން އިސްނަގައިގެން ކުރިކަމަކަށްވެސް.
ކޮންމެ ސަރުކާރެއްގައިވެސް ސެކިޔުލަރިސްޓުން އުޅޭނެ.
ބޮޑު ކަލޭގެ ޖަލަށް ދާންޖެހޭނެތީ ހަނުހުރީ. އިސްލާމީ އިލްމުވެރިން ޖަލުގައި މަރުވެދާއިރުވެސް އެމީހުން ނަފުސު ދުނިޔޭގެ އެދުމަށް ނުވިއްކަނީ އެމީހުންނަކީ، ފުރިހަމަ މުސްލިމުންނަށްވާތީ، ފަސްބައިގައި މުޑުދާރުކަމެއް ހުރުމުން އެއީ ތެދެއްކަން ރައްޔިތުންނަށް ހާމަވަނީ، ޝެއިހު ނަމުގެ ކުރިއަށް ޖަހައިގެން ތިބެ ސެކިއުލަރ ސަރުކާރަށް އެހީތެރިވާތީ. ﷲ އަށް ބިރުވެތިވުމުގެ ބަދަލުގައި މިހާޜު ތަބާވަނީ ސެކިއުލަރ ވިސްނުމަށް. ދީނެއް ގަބޫލެއްނުކުރޭ. އިސްލާމްދީނަށް ޓަކައި އެއްކަމެއްވެސް ނުކުރޭ. ކިހާ ދުވަހަކު މިނިސްޓަރު ކަމުގައި ހުންނާނަމޭ ހިތާބާ މި ނުލަފާ ކަލޭގެ ހިތުގައި މިއޮތީ.
ފޮތުގައިވާ މިސްޓޭކް ފާހަގަ ކޮއްފާ ( ކޮންސަފްހާ އެއްކަން ) އިންނަމަ ތީ ތެދެއްކަން ކަށަވަރުވީސް. މިހާރު ތިއިންގޮތުން ތެދެންކަން ނޫނީ ދޮގު ޚަބަރެއްކަން ކިހިނެއް އެގެނީ. ޝޭޚުންވެސް ކަމުގެ ދެކޮޅު ބަލާ ލާފަ ކަންކަން ހާމަކުރުން ރަގަޅުވާނެ.
މީގެ ކުރިންވެސް އެމް.ސެވަން ގެ އަގުވައްޓާލަން ބަޔަކު މަސައްކަތްކުރި...
އަސްތަޤްފިރުﷲ
ފޮތް އުފެއްދި ފަރާތެއްވެސް ފޮތުގައި ނެތްތޯ؟ ހަމައެކަނިޗާޕްކުރި ފަރާތްތޯއޮތީ.
(ކީރިތި ގުރުއާން ކިޔެވުމަށް އެހީއެއް، ދަރިވަރުންނަށް ހާއްސަ 5.) ދަރިވަރުން ފާފަ ވެރި ކުރުމަށް އަދި މަގުފުރެއްދުމަށް އަމާޒްކޮށް ދުރާލާ ރާވައިގެން އެޑިއުކޭޝަން މިނިސްޓަރު ގެ ނާޤާބިލު ކަމުންނާއި މިނިސްޓުރީ ގެ ވެސް ވަރަށް ބޮނޑު އިހުމާލުން ފިންޏެއް އަދި ހޫނެއް ވަކިނުވާ ކުނޑަ ކުދިން ނަށް ނޭންގި މިވަރުގެ ފާފައެއް ކުރުމަށް މަގު ފަހިކުރުވި ހުރިހާ މުއައްސަސާތައް ކުއްވެރިކޮށް މިކަމުގާ އިހުމާލުވާ އެންމެހާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ގޮވާލަން.
މިހާރު އެފޮތުން ކިޔެވި ކުދިން ތިބޭނީ ލާދީނީވެފަ
ތިހެން ހަދައިގެންވެސް މިރާއްޖޭން ތިޔަބަގައިގެ އުނދަގުލާއި ދުއްޕާން ފިލާނެނަމަ ކޮންފަދަ