މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއްގައި ތާރުއަޅަން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް އޭނާ އެވާހަކަތައް ބަދަލު ކުރައްވައިފިއެވެ.

މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއްގައި ތާރު އަޅަން ނިންމާފައިވާކަމަށް ސަމާއު ވިދާޅުވުމުން "މިހާރު" ނޫހުގައި ޝާއިއު ކުރި ޚަބަރެއް ޓްވީޓް ކުރައްވަމުން ޝަމާއު ވިދާޅުވީ ދެ މަގެއް ފިޔަވައި އެހެން ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް ދަންނަވާފައި ނުވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. އަޅުގަނޑު ބުނީ މާލޭގެ ދެ މަގެއް ފިޔަވާ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ކޮންނަން ނުޖެހޭގޮތަށް ތަރައްޤީކުރަން ޖެހޭކަމަށް." ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ، "ރާއްޖެ މިއަދު" ގައި އޭނާ ދެންނެވީ މަގުތައް ތަރައްޤީ ކުރުމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދާނެކަމަށް ކަމަށާއި، މަގުތައް ތަރައްޤީ ކުރާނީ ގަލުންތޯ ނުވަތަ އަޅާނީ ތާރު ކަމެއް ކަނޑަނާޅުއްވާ ކަމަށެވެ.

“ހަދާނީ ގަލުންތޯ، އަޅާނީ ތާރުތޯއެއް ކަނޑައެއް ނާޅަން." ސަމާއު ވިދާޅުވިއެވެ.

ސަމާއު ޓްވިޓާގައި އެހެން ވިދާޅުވި ނަމަވެސް "ރާއްޖެ މިއަދު" ގައި ސަމާއު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އޭނާގެ ލަފާގެ މަތިން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑުތަކުރުފާނު މަގުގެ ބޮޑު ބަޔަކާއި އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އިއްޒުއްދީން މަގުގައި ވަނީ ތާރު އަޅާފައެވެ. ނަމަވެސް މި ސަރުކާރުން ވިދާޅުވެފައި ވަނީ މާލޭގައި މިހާރު ފެންބޮޑު ވަނީ ތާރު އަޅައިގެން އެދެމަގު ހެދުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މޭޔާރުގެ ތާރަ

    ދޮންވެލި ލާބަލަ ކަލޭމެންގެ މެނިފެސްޓޯއާ އެއްގޮތަށް ކަންކުރެވޭނީ އޭރުން. މުސްކުޅިން ބުނެއުޅޭ މިސާލު ބަހެއްގައޮންނަގޮތަށް ގާހަކަޔަށް ފުމެވުނަސް މެކުނަކަށް ނުފުމެވޭނެ. އެހެންވީމަ އެބައެއްގެ ފެންވަރުން އެބަޔަކު ކަންކުރަންއުޅޭނީ. ރޔާމީން އިންޑަސްޓްރިއަލް ޒޯނެހަދާ ބޮޑުތަކުރުފާނު މަގު ދުނިޔޭގެފެންވަރަށްހަދާ ރަސްފައްނުހަދާ ބްރިޖްއަޅާ ހައިވޭޖަދާ ސިޓީޕާކްހަދާ ޔޫތުސިޓީހަދާ ދަރުމަވަންތަ ހޮސްޕިޓަލު ހެދީމަ ހީވީތަ ވަރަށް ފަސޭހަ ސުމެއްގެ ކަމެކޭ ނޫނޭ އެފެންވަރެ މިސަރުކާރުގަނެތް. އަމުދުން ސިޓީކައުންސިލުގަނެތް މާލެހިޔާގަ ފުޅައެޅިއިރު އެތަންވނުބެލެހެއްޓުނު ބައެއް ދެންކޮން ތާރައެކޭކިޔަން. ކަލޭމެންނަ ކުރެވުނުކަމަކީ ސަރުކާރުލިބުމުން މާލެސިޓީގެ މޭޔަރު ޝިފާގެނަން ސިފާ އަށްބަދަލުކުރުމާ ރަސްރަނި ސަލްޓަންޕާކަށް ބަދަލުކުރުން އެކަންވެއްޖެ. ޓީވީއެމްގެ ހަބަރު ކިޔާއިރު މުޅިންވެސްކިޔާނީ ސިފާ ނޭގެ ވާގޮތެ ނަންބަދަލުކޮއްގެން.

    43
    3
    • ގާހަކަ

      ފުރެންޑޫ! މެކުނު ފުމުނަކަސް ގާހަކަޔަކައް ނުފުމޭނެޔޭ މިހިން ކިޔަނީ. ކުރިޔައް ކުރިޔައް ބާރައް ކުރިޔައް

  2. އަލީ

    ތިޔައީ ދުވަހަކު ވެސް ތެދެއް ހަދާނެ ބަޔެއް ނޫން.

    45
    2
  3. Anonymous

    މަ މިތާ މިކިޔަނީއޭ މިވެރިކަމުގައި ތިބީ ސެކިއުލަރ-ޒައިނިސްޓް-ޔަހޫދީންނާ ބައިއަތު ހިފައިގެން އުޅޭ ބައެކޭ. އެމީހުންގެ އަނގައިން ބޭރެއްނުވާނެ ދޮގުނޫން އެއްޗެއް.

    50
    2
  4. އަބޯ

    މާލޭގަ ފެން ބޮޑުވަނީ ތާރުއަޅައިގެން އެމަގުތައް ހެދުމަކުންނޫން .މާލެ ފެންބޮޑުވާން ފެށީ 2008 ގަ އެމްޑީޕީ ވެރިކަމަށް އައިސް މާލެ ސާފުކުރު ހުއްޓާލާ ކާނުތައް ތަޅާލާފަ ފެންފޯއްރުއް އިންދާ ކާނުތައް ގަސްކާނާ ގެ ވަޅުގަނޑުތަކަށް ބަދަލުވެގެން ދިއުމުގެ ސަބަބަުން. ކާނުތައް ސާފު ނުކޮށް ފުރިގެންގޮސް ހުރިހާކާނެއް ހެން ވަނީބެދިފަ. މާލޭ ގަޮޑަކަށްވެގެން ކުނިވަހާހެދި ދިރިނޫޅެވޭ ހިސާބަށް ދިޔަހަނދާން ހުރީކާކު ؟ކިޔަވާނުދެވިގެން ކިތައްދުވަހު ސްކޫލްތައް ބަންދުކުރިބާ ؟ މިވަރުގެ ނާގާބިލް ބަޔަކު ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނީމާ އެހެން މީހުންގެ ބޮލަށް ކަނޑަާލުމުގެ ވާހަކަ ފަތުރަން ފެށީތަ ؟ ކަންކަން ކުރަންދަންނަބަޔަކު ބޭކާރުވާހަކަ ތަކެއް ނުދައްކާނެ މަސައްކަތް ކުރާނީ ހައްލު ހޯދަން. ނަސީދު ގެވެރިކަމުގާ ނެގި 16 ބިލިއަންގެ ދަރަންޏާ ، ފިނޭންސަށް ޖަމާކޮށްފާ ހުރި 2.5 ބިލިއަން ރުފިޔާ ގެ ބިލް އަދާކޮށް ނިންމުމަށްފަހު މާލޭގެ މަގުތައް ހެދިފާހުރި މިންވަރު ރަނގަޅު ނޫންބާ ؟ޓާޓާ ކުންފުނިން ގާކޮށޤޓާ އަރަބިއްޔާ އިމާރާތްކުރަން އެމްޑީޕީ ސަރުކާރަށް ދިން 21 މިލިއަން ޑޮލަރުން 6 މިލިއަން ކޮންޓްރަކްޓަރުންނަށްދީ ބާކީ 15 މިލިއަންޑޮލަރަށް ވީގޮތެއް ބުނެދެވިދާނެތަ ؟

    48
    2
  5. މާސްޓަރ

    ތިޔަމީހުންގެ ހުރިހާ ކަމެއްވެސް ހުންނާނީ ތިހެން. 100 ދުވަހުގެ ތެރޭގައި ރައްރަށުގައި މިސްކިތްތަކުގަ ޤުރުއާން ކިޔަވައިދިނުން ފެށުމާއި، މޫދައްއެރޭސަރަހައްދެއް ހެދުމާއި، މިސްކިތްތައް އޭސީ ކުރުންވެސް ވީ ހަމަ ތިކަހަލަ ގޮތަކަށް. މިކަން ކުރަން ބަލާލިއިރު ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން ކަޑުއޮތްކަން އެގި، ކޮންމެ ނަމާދެއްގައި ޤުރުއާން ކިޔަވާކަން އެގުމުން ވައުދުގެ ބޭނުން ކެޑުނީ!!!!!!

    35
  6. ހުސޭނުބޭ

    އަދި ވަރިހަމައެއްނު މާލޭގެ މަގުތަކުގައި ކާޕެޓްއެޅިޔަސް!......... ބަޖެޓް ހަދާފައި ފައިސާ ނަގާފައި އޮތީ އެގޮތަށް ކަންކުރަން! ދެން އެ ކަންތައްތައް ނުކޮށްދިނީމާ ބަޖެޓުން ނެގި ފައިސާ ދިޔަތަނެއް މަގޭ ކައިރީގައި ނާހާތި!

    30
  7. އަހުމަދު

    އެއްވެސް ޕްލޭނެއް ނެތި ކުރާ ކަންތަކުގައި އަބަދުވެސް ތިޔަ ގޮތަށް ކަންކަން މެދުވެރިވާނީ އެހެންވެ އަބަދުވެސް އެ ގޮތަށް ކަންކަން މެދުވަރި ނުވާގޮތަށް ބަސްބުނަންވާނީ މަގުހަދަން މިއަހަރުގެ ބަޖެޓްގައި އޮތްވަރަކާއި އެކަން ކުރަން ރާވަފައި އޮތް ގޮތް ސާފުކޮށް ދިނުމީ ސިޓީ ކައުންސިލްގެ ވާޖިބެއް .... ކުރިންވެސް ސިޓީ ކައުންސިލްގެ ބާރުތައް ނަގަން ޖެހުނީ މިގޮތަށް ކަންކަން ވާތީ

    30
  8. އަހްމަދު

    އަހަރެން ތިޔަ ޕްރޮގްރާމް ވަރަށްރަނގަޅަށް އަޑުއެހިން. ޝަމާއު ބުނި މާލޭގެ 2މަގެއް ފިޔަވާ ހުރިހާ މަގެއްގާ ތާރު އަޅާނެކަމަށް. އ ދެމަގަކީ މިހާރު ތާރު އަޅާފައިވާ ދެމަގުބާވައޭ ހިތަށްވެސްއެރި. އެޕްރޮގްރާމްގެ ރެކޯޑިން އެނުލަފާ ކަލޭގެއަށް އަޑުއިއްވާބަލަ. ބޮޑު ދޮގުވެރިއެއް. މިހާރުން މިހާރަށް ސިޓީކައުންސިލުން އިސްތިއުފާދީފާ ގެއަށްދޭ.

    40
  9. ހިހި

    ޖަޒީރާވަންތަ ސަރުކާރުގެ ވާހަކަ ހުންނާނީ އަބަދުވެސް މިކަލަހަ ގޮތަކަށް. މާދަމާ ބުނާނެ މާލޭގައި ފެން ބޮޑުވަނީ ރާ ނުބޮއެ، ކުޑަކަމުދާތީއޭ... ޙެހެެެހެެ

    44
    1
  10. Anonymous

    ލޮލް

    16
  11. ވިސްނުން

    ބުރޯ! ވިސްނުން ކިތަންމެހާވެސް ރަނގަޅު، އެކަމުތިކަމެއް ކަލޯމެންނަކަށް ހިޔެއްނުވޭ ވާނެހެންނެއް. ކަލޯމެންގެ ފެންވަރަކީ ކޮމިޓީހެދުން ނޫންތޯ؟ ކޮނަކަމެއްވީ؟ އަޅެބުނެބަލަ......

    37
  12. ރާޅު

    ބަލަގަ ކަލޭމެންގެ ވެރިކަމު ދޮގެއް ނުހަދަމެންނުން

  13. ބީނޫ

    އެމްޑީޕީގެ ކަމަކީ ވެރިކަމަށް އައިސް ޕާޓީ ދައުލަތުން ވައްކަންކޮށް އެކްޓިވިސްޓުން މުއްސަނދިކޮށް އެމީހުންނާއި އެމީހުންގެ އައުވާނުން އޮޅުކޮށްފަ ބޭތިއްބުން. ރައްޔިތުންނަށް މާބޮޑު ކަމެއް ނުކޮށްދޭނެ.

  14. ނަސީނު

    ޢެމްޑީޕީ މަޖިލިސް މެޖޯރިޓީ ނުދިނުމައް ރައްއިތުންނައް ގޯވާލަން

  15. ކަޅަބިޔާގެ ހައްވާ

    ތެވެރިންތޭ އަބަހައްދަ ވެފެއިތިބި ބާކިން ފަސް އަހަރަ އެބޭނެއި ފަންފުލުން ވަޗަސް

  16. ގުއި ރޯނު

    މާތް ރަސްކަލާނގެއާއި ޗެލެންޖް ކޮށްފައި މަރުތައް ތަހުގީގުކޮށް ޣައިބު ފާޅު ކުރުމަށް ބޮޑެތި ވަޢުދުތައް ވެގެން އައި ވެރިކަމުގައި މަރުތައް ވަރަށް ގިނަވެއްޖެ. ހުރިހާ މަރެއް ތަޙުގީގު ކުރަންޖެހޭނެ.!!! ޖަޒީރާ މެނިފެސްޓޯގައި ތާރު އެޅުމެއް ނުވެއެވެ. އޭގައި ވަނީ ގައު ތައް ނަގާ އުކާ ލުމާއި ދޮންވެލި ލުމެވެ. އަދި ކޮންކުރީޓް ޢިމާރާތްތައް ތަޅާލާފައި ފަން ޖިފްޑި ބިނާކުރުމެވެ.

    • ކުމާރީ

      ބޭބޭ ޖިފްޑި މިއީ ބޭބެމެން ގޭގަހުންނަ ގަހެއްގަ އަޅާ އެއްޗެއްތަ؟

  17. ބުރޯ

    ވަގުނަސީދު ގެ ސަރުކާރުގަ ނަސީދު ވިދާޅުވި ރާއްޖެއަށް ފޯއް އެރެ ކުރަންނުޖެހޭނެ ކަމަށް މިހެން ވިދާޅުވެ ރުކަކަށް1000 ރުފިޔާމަގުން 3،600،000 ރުފަިޔާ ބަޖެޓުންނަގާ ގަތީ ފީވަކުން 100 ރުއް. މިހާރވެސް މިއުޅެނީ ފޯއްދަނޑުތަކުގާ ފޯއް އަޅާފަ ހުރިލެއްް ނިނަކަމުން އިސްތިއުފާދިނީވެސް ފޯއްމަތީ ހިގަންޖެހުިގެން ފައިގެ ފުންނާބަށް ތަދުވާތީ ޔޯ ކިޔާ .ފޯކާ ދެކޮޅަށް ބަގާވާތް ރާވާ ހިންގަން އުޅެނިކޮށް އިސްތިއުފާ ބޯމަތިވީމަ ކުދިންކޮޅުގާތު ވިދާޅުވީ ތިޔައީ ބަގާވާތެކޯ ؟

  18. ރެޑް މުލީސަ

    ކޮންމެ އެއްޗެއް އެޅިޔަސް ފެންބޮޑުވާނެ

  19. ސައިބޯނި

    ހިނދުކޮޅުގަ އެމްޑީޕީ މަތީ ފަނޑީގެ މީހުން އުޅެނީ.