ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުލުހުންގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު، އެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ބާއްވާފައިވަނީ އިސްކަންއަރުކޮށީގައިއެވެ.

މި ބައްދަލުވުމުގެ ތަފުސީލެއް ފުލުހުން އަދި ނުދޭއިރު މުހިއްމު ބަދަލުތަކާއެކު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން މި މަހުގެ 29 ވަނަ ދުވަހު އިފުތިތާހު ކުރުމަށް ވަނީ ނިންމާފައެވެ.

ފުލުހުންނާ ގުޅޭ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތަށް ކުރެވެމުންދާއިރު މުއައްސަސާއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެ އެވެ. އެގޮތުން އާއްމުންގެ ހިޔާލު ފުލުހުންގެ އިދާރާ އަށް ދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯބެ

    ފުލުހުންގެ މުއައްސަސާ އަގުވައްޓާލި މީހުން ތި ތިބީ ފުލުހުންގެ ކުރިމަތީގަ. ދެން ކޮން އަގެއް އަރާނީ!! ފުލުހުންގެ ވެރިޔާ ހުރީ އެއްޗެއް ބޮވިފަ!! މިއަދު އޭނާ އަށް މުހިންމީ ﷲ ގެ ދީނަށްވުރެ އެހެން ދީންތައް. ގައުމްގެ އިސްތިގުލާލަށް ފަރުވާ ނުބަހައްޓާ ޣައްދާރު އަންނި އާ ޢައްދާރު މައުމުން ވެގެން ގައުމް އިދަ ޖައްސާލަނީ!! ޢެކަމަކު ވެސް ފުލުހުން ހެވޮފަ!! ގަމާރެއް ނޫންތަ!؟؟

  2. Anonymous

    ފުލުހުންގެ މުއައްސަސާ އަގުވައްޓާލި މީހުން ތި ތިބީ ފުލުހުންގެ ކުރިމަތީގަ. ދެން ކޮން އަގެއް އަރާނީ!! ޢެކަމަކު ވެސް ފުލުހުން ހެވޮފަ!! ގަމާރެއް ނޫންތަ!؟؟

    4
    1
  3. އަހްމަދު

    ވޯޓްގެކުރިން ބަންދުކުރަންޖެހޭ މީހުންގެ ލިސްޓް ތައްޔާރު ކުރުން.

  4. އަލި

    ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރެވޭނީ ވަރަށް މަސައްކަތުން ތަނުގެ ސިއްރުތައް ބޭޒާރު ކުރާ މީހުންނަށް މަގާމު ދިނުން ހުއްޓާލަންޖޭހޭ. އެއީ ދުނިޔޭގެ ހުރިހާ ގަައުމެއްގައި ވެސް ކަންކަުރާ ގޮތް ކޮންމެ ސަރުކާރަކުންވެސް އަޅާ ފިޔަވަޅެއް ދެންނަ ސަަރުކާރަކުން ބާތިލް ކޮށް އެމީހުންނަށް ވަޒީފާ ދޭހާ ހިނދަކު ރަނގަޅެއް ނުވާނެ .. ހުވަޔާ ޚިލާފު ވެފައި ވާ އެއްވެސް ފުލުހަކަށް ނުވަތަ ސިފައިންގެ މީހަކަށް އަލުުން ވަޒީފާ ދިނުމަކީ މުޅި މުއައްސަސާގެ ހައިބަތާ ކަރާމާތް އަދި އަޚުލާގު ނެތިދާކަމެއް... މިހާރު ތިބި ފުލުހުންވެސް ސިއްރު ބޭޒާރު ކުރާކަށް ޖެހެލުމެއް ނުވާނެ އެގޮތަށް ކަންކަން ވަނީ ވިއްޔާ........