ރަށު ތެރޭގައި ވަރަށް ބޮޑަށް ޗިކަންގުންޔާ ފެތުރޭތީ ގއ. ވިލިގިލީގައި ހުންނަ، ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފިއެވެ.

އެ ރަށު ސްކޫލް ބަންދުކުރިކަން ރަށު ކައުންސިލާއި، އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އެ ރަށު ސްކޫލް މިއަދާ މާދަމާވެސް ބަންދު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ޔަގީން ކޮށްދީފައިވާ އިރު، އެޑިއުކޭޝަނުން ވިދާޅުވީ ރަށުގައި ވަރަށް ބޮޑަށް ބަލި ފެތުރޭތީ ސްކޫލް ބަންދުކޮށްދިނުމަށް ކައުސިލުން އެދިފައިވާ ކަމަށެވެ.

ގއ. ވިލިގިލީ ކައުންސިލް މެމްބަރު މުހައްމަދު އިގްބާލް ފިކުރީ "ވަގުތު"އަށް ވިދާޅުވީ ރަށުގައި ވަރަށް ބޮޑަށް ވައިރަލް ހުން ފެތުރެމުންދާ ކަމަށާއި، އެ ހުމުން ފެންނަމުންދަނީ ޗިކަންގުންޔާގެ އަލާމާތްތައް ކަމަށެވެ. އަދި މި ދޭތެރެއިން ހުން އާންމުވެ، ހޮސްޕިޓަލްގެ އެނދުތައް ފުރިފައިވާ ނަމަވެސް، ރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލާ، ސާފުކުރުމަށް 10 ވަރަކަށް ދުވަސް ވަންދެން ހިންގުނު ޕްރޮގްރާމްތަކުގެ ސަބަބުން ބަލި އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

އެހެން ނަމަވެސް، އަނެއްކާވެސް ސްކޫލް ހުޅުވުމާއެކު ބަލި ފެތުރެން ފަށާފައިވާ ކަމަށްވެސް ކައުސިލަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑީ

    ސްކޫލްތައް ބަންދުކުރަނީ ރައްކާތެރިކަަމަށްޓަކައި، އެކަމު ދެން ހީވާނީ ބޮޑު ޗުއްޓީ އައިސްގެން އުޅޭހެން. އެންމެންތައް ކުދިން ގޮވައިގެން ގޮސް އުޅޭނީ ޕާކުތަކުގެ. މީ ކުރީ ފަހަރު މާލޭގަވެސް މީހުން އުޅުނުގޮތް ފްލޫ ފެތުރޭތީ ބަންދުކުރީމަ

  2. ނަގޫރޯޅި

    ޢަދި މިވެރިކަން ފެށުނިއްސުރެ ކަންތައްގަނޑެއް ދިމާނުވާ އެންމެ 24ގަޑިއިރުވެސް ނުދެ. ނިމިދިޔަ ސަރުކާރުގަ މިހެންދިމާވާ ކޮންމެ ކަމަކީ ސިިޔާސީ ބޮޑު ފިތުނައެއް އުފައްދާ އަދި ރައީސް މީހާގެ ސުންޕާކަމުން ވާކަމެއްކަމައްވެސް ކެނޑިނޭޅި ގޮވަމުންދިޔަ. އަދި އެއްބައި ޑޮކްޓަރުން "ޕްލީސް ޑޯންޓްގޯ" އަޅުވައިގެން ސިޔާސީ މަންފާތަކެއް މަސައްކުރާ ހޮސްޕިޓަލަށާ އަމިއްލަ ޖީބައް ހޯދި. ޢެދުވަހު ގޮވެލި ގޮވިމީހުން މިއަދު ބުނާނީ ކީކޭބާ؟

    4
    2
  3. ވަތަނަބެ

    މިއީ މި ސްކޫލުގެ ޕްރިންސިޕަލާއި އެރަށު ކައުންސިލް ގުޅިގެން ހިންގި ޖަރީމާއެއް. ޒަމާނުއްސުރެ ސްކޫލުތައް ބަންދުކުރާ ހަރުދަނާ އުޞޫލެއް އޮއްވާ އެ ސޫލު މުގުރާލާ އެމީހުންގެ ގުއި ރޯނުގައި އެޑިޔުކޭޝަނުގައި ތިބި ދެއުޅި އެއްނުވާ މީހުން ޖެހުނީ. އަބަދުވެސް މިހާރު ހިގަނީ މިކަހަލަ ކަންކަން.