ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް އިދާރީ ގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އެ ފުރުސަތު މިއަދު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ މީހުންގެ ފައިނަލް ލިސްޓާއި ގުޅޭ އެއްވެސް އިދާރީ ޝަކުވާއެއް އޮތްނަމަ، ހުށައެޅުމުގެ ފުރުސަތު މާދަމާ އިން ދފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އެ ފުރުސަތު ބަންދުވާނީ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އަށެވެ.

މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ ހޯމަ ދުވަހުގެ ރޭގައެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އެވެ. އެހެންކަމުން ދެން އިންތިޚާބު ޖެހެން އޮތީ 18 ދުވަހެވެ.

 

ކިޔުންތެރިންގެ ހިޔާލު