ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބ.ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލައްވާ މަޝްހޫރު ގާނޫނީ ވަހީލް ހިސާން ހުސެއިން މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާ ލިބުނު ކުދިން ތަކުގެ ތެރެއިން ކުއްޖަކު ސިޓީއެެއް ފޮނުވައިފިއެވެ.
ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.
ސިޓީގައި ވާގޮތުން ހިސާން ވަނީ އެމީހުން ކިޔަވަމުން ދިޔަ ގެއިން ފެނާއި ކަރަންޓު ކަނޑާލައި, ކުދިން ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް ވެސް އެއްލާފައެވެ. ފެނާއި ކަރަންޓު ކަޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ ޕަބްލިކް އިސްކުރުތަކުން ހަންހަމުގައި ފެންގެނެސްގެންނާއި އުއްބަތި ދިއްލައިގެން ކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން ނިދާފައި ތިބި ކޮޓަރީގެ ތަޅު އެތަށް ފަހަރަކު ހިސާން ހަލާކު ކުރި ކަމަށް ވެސް ސިޓީގައި ވެއެވެ.
ކަރަންޓް ކަޑާލުމުން ގާތްގަޑަކަށް 15 ދުވަހު ކަނު އަދިރީގައި އުޅެން ޖެހުނު ކަމަށާއި މި ކަން އެންމެ ރަނގަޅަށް އެގިލައްވާނެ ފަރާތަކީ ހިސާންގެ ބައްޕަ އައްޝައިހު ހުސެއިން ޔޫސުފް ކަމަށް މި ސިޓީގައި ވެއެވެ. ސިޓީގައި ވާގޮތުން ހިސާން ގެ ބައްޕަަ ވަނީ އެކަން އެގޮތަށް ނުކުރުމަށް ހިސާން އަަށް ނަސޭހަތް ތެރިވެފައެވެ.
ނަމަވެސް ބައްޕަގެ ނަސޭހަތް އަޑުނާހައި ހިސާން ވަނީ އޭނާގެ އިތުރުން ދެންތިބި ހަތަރު ކުރިން ގެއިން ނެރެ މަގުމަތި ކޮށްލާފައި ކަމަށާއި ހިސާން ކުރި އަނިޔާގެ މައްސަލަތަށް މީގެ ކުރިން އޭނާ ފުލުހަށް ވެސް ހުށައެޅި ކަމަށް ސިޓީގައި ވެއެވެ.
ރައީސް ސޯލިހަށް ފޮނުވި މި ސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.
އޭނާ ބުނީ މި މައްސަލާގައި ހެކިވެސް އޭނާގެ އަތުގައި އެބަހުރި ކަމަށާއި މި މައްސަލާގައި ހެކިބަސް ދިނުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
ސިޓީ ފޮނުވި މީހާގެ ތުހުމަތުތަކާއި ގުޅޭ ގޮތުން ހިސާން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ޝެއީޚް ދޮގެއް ނަހަދާނެ ، ދަރިފުޅުގެ ދިފާއުގައިގައިވެސް ދޮގުހެދުމުގެ ނުބައިކަން ޝެއިޚަށް އެގިލައްވާނެ
ހައްހައްހައް
މީނަޔާ ކުޅެންނުކެރޭނެ
ހިސާން އަށް މަޖިލިސްގެ ގޮނޑި ކާމިޔާބެއްނުކުރެވޭނޭ. ކޯޓުތަކުގައި ހަޅޭލަވާ މަގުމަތީގައި ހަޅޭލަވަމުން ދުވާ އަންހެނެއް . އެއްވެސް މީހަކަށް އިހްތިރާމް ކުރަންއެގޭ މީހެއްނޫން ހިސާނަކީ
އަޚްލާޤަކީ މީނައާޢި މޑޕ މީހުން ގަބޫލުކުރާ އެއްޗެއް ނޫން. ސެކިއުލަރ ވިސްނުމުގެ މީހުންގެ އުސޫލަކީވެސް ހަމަ އެއީ.
އޭނަ ފެން ވަރުވައިގެން ގެނެސްބަލަ ނިކަން. ހީވަނީ ބޮޑު މިލަގަނޑެއްހެން ވިއްޔަ.
ހަމަ ހިނި އަންނަނީ ? ? ?
އަންހެނުންނަށްވެސް ހުރި ހުތުރެއް ހިސާނަކީ މީނާ މަޖިލީހަށް ހޮވާނެ ހެނެއްހިޔެއްނުވޭ. ވޯޓްދެއްވާއިރު ވިސްނަވާ.
ތި ވާހަކަ ވަރަށް އަސަރާ އެކު އަހަރެން އަޑު އެހީމު.ހީވަނީ ވަރަށް ބޮޑު ތެދެއް ހެން.
ތިކުރައްވާ ހިއްވަރަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން
މިއީ އަދި އަންހެން ރީނދޫ މެން އުޅޭ ގޮތް. ފިރިހެންުންގެ ވާހަކ ނުދެއްކިއްޔާ ރަނގަޅީ.
އަދި އުޅޭނެ އައްނިޔަށް ބޮޑުބޭބެ ކިޔާ އެއްޗެއް. އެއީ ސީދާ ބުލީކުރުމުގެ ނަމޫނާއެއް. ސްކޫލް ދުވަސްވަރު އޭނާގެ ބުލީގެ ޝިކާރަޔަށްވީ އަންހެންކުދިން އޭނާޔާއި އެކު އެއްކުލާހެއްގައި ތިބި. މިވާހަކަ ފުރަތަމަ ދެކެވުނީ މައުމޫނުގެ ދަރިޔަށް ޖޯކް ޖަހައި އޭނާއާއި އޭނާގެ ފިރި މީހާ ސާބެ ދޫކޮށްލި ވީޑިއޯ އާއި ހިސާބުން.
އީވާ ދުންޔާ މައުމޫނަށް ޖޯކްޖެހީ ބްލީ ކުރާކަށް ނޫން. އެއީ ޒާތީ ހަސަދަވެރި ކަމަކުން އެމަންޖެ ކުރިކަމެއް. ފަހުން އެވީޑިއޯ ޑިލީޓްވެސްކުރި. މާބޮޑުކަމަކަށް ތިކަން ހަދާނެ ކަމެއްނެތް.
ވަކީލަކައް ވިޔަސް މީހާގެ އެއްވެސް ރަނގަޅު ވެލިއުއެއްނެތް. މަޖީލަހައްވަންނައް މިއުޅެނީ ލާރިގަނޑުގެ ބޭނުމުގައި. ރައްތިތުންނަށް ކަމެއްކޮއްދެވޭނެ މީހެއްނޫން މީ
މުއުނީ އަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ ސައުދު އާއި އައްނިޔާއި ދެމީހުން ހެދި ޑީލެއްގެ ދަށުން. ވީމާ ސައުދު ނިމޭއިރު ހުންނާނީ މޑޕ ޢާއި އެކު.
މުއުނީ ރައީސް ސޯލިހް ގެންނަން ކުރި ޚަރަދާއި ހޭދަ ކުރި ވަގުތު އެއްމެ ރަނގަޅަށް އިނގޭނީ ކުރީގެ ތިނަދޫ މެމްބަރު ނާޒިމަށް. މުއުނީގެ މައްސަލަ ހިލުވާލުމާއި ޕްރެޝަރ ކުރުމަށް ގަސަމް އާއި އޭނާގެ އާއިލާއިން ކުޅުުނު ރޯލްވެސް ކުޑައެއްނޫން. އެއީ ގަސަމްގެ ކޮށްކް ޕްރައިމަރީއިން ފެއިލްވި ހިސާބުން ފެށުނު މައްސަލައެއް.
ބައްޕަގެ ބަސްނާހާނެކަން އެނގޭނު ބަލައިލީމަވެސް. ޝެއިޚެއްގެ ދަރިއަކު ބުރުގާ ނާޅާ ނުހުންނާން ބައްޕަގެ ބަސްއަހާނަމަ. އަދި ލާދީނީ މީހުން ޖަލުން ސަލަމާތްކުރަމުންނާ އެމީހުންގެ ފަހަތުން ނުދުވާނެ ރަށުތެރޭގަ.
މީނަ ވަރަށް ވެފައި ކޯޓަށް ދާތަންފެންނާނެ. އެކަމަކު މީނަ ވިން ވި ކޭސްއަކަށްވާ ކޭސް އެއް ނެތް ފެންނާކަށް. މުޅިންވެސް ދެއްކުންތެރިކަން. ތިމީހުންވެސް ކޯޓެއް ލައިގެން ޝަރީޢަތަށް އަޑުއަހަން ވަދެފައި ނިކުމެ މޮޅުވާހަކައެއް ދައްކާލާފައި މަޖިލީހަށް ކުރިމަތިލާންވީ
ތިކަމުގައި ސާލިހުއަށް ކުރެވޭނެ ކަމެއްނޯންނާނެ. އޮތަސްނުވެސްކުރާނެ. މަޖްލިސް މެޖޯރިޓީ ހޯދާ ބަރުލަމާނީ އަށްބަދަލުކޮށް އުމުރަށް ރައީސް ކަމުގަ ހުރުމުގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް ތިކަހަލަ ވިޔާނުދާކަންތަށް ކުރާމީހުން ގާތުގައި ތިބުން ވަރަށްބޭނުންވާނެ. ތިކުއްޖާއަށް ލިބުނު އަނިޔާއަށް ހަމްދަރުދީވާން.
ނުކެރޭނެ ފިޔަވަޅު އަޅާކަށް!
ގަރުދިޔަމާމަ ހުސޭވެސް މިއުޅެނީ މަޖްލީހަށް ކުރިމަތިލައިގެންދޯ؟
ސިޔާސީ ކަމެއް ކަމުގައި ބެލޭނެ ޖާގަ އެބަ އޮތް ! ނަމަވެސް އަނިޔާވެރި އަމަކު ކުއްވެރިކުރަން ! ހިސާނަކަސް ކަން ކުރަންވާނީ އިންސާފުން ވަރަށް އަވަހަށް މި މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމަށް ދެކެން !
ހިސާން އެ އުޅެނީ އޮރިޔާމުން. އެފަދަ މީހެއްގެ ކިބައަކުން ރަނގަޅުކަމެއް ނުފެންނަނެ. ބ. ތުޅާދޫ ދާއިރާގެ ލޮބުވެތި ރައްޔިތުން މިފަދަ ކަންކަމަށް ފުންކޮށް ވިސްނެވުން އެދެން.
ހިސާން ގެ ބައްޕައަށް ބޮޑުބޭބެ ކިޔާ ކުދިން ވެސް އެގޭގަ އުޅުނީ ވަރަށް ހާލުގަ. ބ.ހިތާދޫގަ ނޫޅޭނެ އެކަން ނޭނގޭ މީހެއް
ހުސް ހޮޅި ވާހަކަ، މޮޅު ސްޓޯރީއެއް ފަޅާލީ، ތިޔަ ކަރާ ކީއްވެތަ ކުރިން ނުފަޅަ ވަނދު ވަންދެން ތިޔަ ބޭއްވީ ، ތިޔަކަން ތައްތައް ތިޔައީ މީހަކު ބުނެގެން ލާރިކޮޅަކައް ޓަކައި ފަތުރާ ޕުރޮޕެގެންޑާއެއް، އަދި ބަލަން ހުރޭ ތި ވާހަދެއްކި ފަރާތް، ޖަލުގެ ތޭރި ތައްތެރޭ ހުންނަންވެސް ޖެހޭ، ވަރައް ސާފު، ހިޝާން ދޫނުދޭތި،
މިއޮއް އޯގާތެރި މީހުންގެ އޯގާތެރި މިންވަރު ހާމަވަނީ. ހިސާންއާ ކުޅެލެވޭނެބާ. ހިސާންއަކީ ޖަޒީރާ ވަންތަ އަންނި ގެންގުޅޭ ރޮބަޓެއް. ޙިހިހިހި
ތި އެމްޑީޕީ ގަ ގިނަ ވާނީ ތިކަހަލަ ކޮންމެވެސް މަޅިއެއްގަ ބެދިފަ ތިބި މީހުން. ދިވެހިން ވިސްނަވާފަ ގޮތެއް ނިންމަވާ.
އޭނާއާމެދު އަވަސް ފިޔަވަޅެއް އަޅަން ގޮވާލަން. އަސްލުގައި ތިފަދަ ކުށެއްކޮށްފައިވާ މީހަކަށް ކޯޓުތަކުގައިވެސް ވަކާލާތުކުރެވިގެން ނުވާނެ.
ޢޭނާއެބުނަނީ ކިޔެވިދުވަސްވަރު އެހެންވީމާ އޭނާގެ ކިޔެވުމައް ކިހާއަނިއެއް އެދިނީ އެހެންވުމާއެކު ހިޝާން އަކީ ވަރައް ރަހުމުކުޑައަނިޔާވެރިއެއް
ތިޔަ ހިސާނު އޭނާގެ ބައްޕަގެ ބަސް ނާހާކަން އެނގޭނޫންތަ؟ ޝައިޚު ޙުސައިން ޔޫސުފުއެއީ އަޅުގަނޑުވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް! އެބޭފުޅާއަކީ އިސްލާމް ދީނަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް! ނަމަވެސް ހިސާނު ހުސައިންގެ ބަސްމަގާއި އޭނާގެ އަމަލުތަކާއި އޭނާ ހެދުންއަޅާގޮތުންވެސް އޭނާއަކީ ބައްޕަގެ ބަސް އަހާ މީހެއްނޫންކަން އެނގޭނެ!
އަޅެ ތިޔައީ ޝެއިޚެއްގެ ދަރިއެއްކަން އަދި ކިރިޔާ މިއެނގުނީ. ބައްޕައަށް ގޮންޖައްސަވާފަ އުޅުއްވާހެން ހީވަނީ އަޅުއްވާ ހެދުމުންވެސް. އެހެންތާ ވާނީ ބައްޕަ މިދިވެހިރާއްޖެ ވެފަ.އެމަންޖެ އަނެއްދިވެހިރާއްޖެ ވީމާދޯ؟ ކަމަނާ ވިސްނަވާ ކޮންމެރާއްޖެއެއްގައި އުޅުނަސް ނިމިގެން އެންމެން އެއް ރާއްޖެއަށް ދާންޖެހޭނޭކަން. ވ.ސަލާމް.
ތިނަދޫ އުތުރު ދާއިރާއަށް ވީ ގޮތަކީ އެމްޑީޕީ ކެންޑިޑޭޓް ނުހޮވޭނެކަން އެނގޭތީއާއި ސަޢުދުﷲ ހޮވުނީމާ އެމްޑީޕީއަށް ސޮއިކުރާނެކަން ޔަގީން ވާތީއާއި އެމްޑީޕީ ކެންޑިޑޭޓް އަށް އެމްޑީޕީން ތާއީދުކޮށްފި ނަމަ މި ދެ މީހުންކުރެ މީހަކަށް ގޮނޑި ނުލިބި ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަށް ކާމިޔާބު ވާނެކަން އެނގޭތީ އަންނި ސްޓަންޓް ޖެއްސީއެވެ. ޙިސާން ތަފާޓެވެ. އޭނާ ބަރަހަނާ ވެގެން އުޅުނަސް އެންމެން ކުރިމަތީގައި މީހަކު މެރިޔަސް އޭނާއަށް އެމްޑީޕީން ތާއީދު ކުރާނެއެވެ. ތިޔަ ސިޓީއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އިބޫއަކީ ހަމަ ނަމެކެވެ. ހަގީގީ އިބޫައަކީ އަންނިއެވެ. އިބޫއަކީ އިނގިރޭސީންނާއި އެމެރިކާނުން އަދި ރޭޕިސްތާނުން ބުނެގެން އިސްކުޅަ ޕަޕެޓެކެވެ.
ބަލާލީމާ ހީވެ ވވ ނުލަފާވާނޭހެން.....
މުގުނީގެ އަންހެނުންނައް އަނިޔާކުރާ ތާއީދު އަނބުރާ ގެންދިޔައީ ކީވެތޯ ކުޑަކުދިންނައް އަނިޔާ ކުރާމީހާގެ ތާއީދު އަނބު ނުގެނދިޔައީ ނަސީދު ބޭނުމެއް ނުވާނެނަގާކައް އެއީ ނަސީދުގެ އކސ
އައްޗީޑީ ހިސާން
ބާލާލީމަ ވެސް ޖަހަނީ ވަރަށް ނުލަފާ މީހެއް ވައްތަރު. ކީކޭ ބުނާނީ. ތާކުންތާކުން ނުޖެހޭ މީހެއް ތިއީ. މުޅި ހިތާދޫއަށް ވެސް ހުރި ހުތުރެއް. ބުރުގާ ވެސް ނާޅާ އެއުޅެނީ. ހިތާދޫގައި ބުރުގާ ނާޅާ ނޫޅޭނެ މީނާ ނޫނީ އެހެން މީހެއް. އަދި ޝެއިހެއްގެ ދަރިއެކޯ މީ
މިރާއްޖޭހެ މާލިއްޔަތުން ވައްކަން ކުރިމީހުންގެ އަތްކަޑާފަ ތިކަންވެސް ބަލަންވީ
ފުރަތަމަ ނަޝީދުގެ. ޖީއެމްއާރަށް އެއާޕޯޓް ވިއްކާލައިގެން ދައުލަތަށް ނުވަދެ ގެއްލުނު 60 މިލިޔަން ޑޮލަރުގެ ވާހަކަ މި ދައްކަނީ. އެއީ ހަމަ މމޕރސ އާ އެއްވަރު އަދަދެއް. ވީއިރު ހަމަ މިމީހުން ކަރަށް އަޑުލާ އެހެން މީހުންނަށް ވަގަށް ގޮވީމަ ވަރަށް ތާހިރު
ކުޑައިރު ކުޅެން އުޅެފަ އިގިލި ކޮއްޕިވާހަކަ އޭގެވިހި ބާވިސް އަހަރު ފަހުން ލޯހިރުވާލާއިރައް
ދެއްކުމަކީ ސީދާ އަބުރު ކަތިލުން ވޯޓް ހޯދަން ތިނޫން އުކުޅެއް ބޭނުންކުރޭ
ރަސްފަނު ބީޗްގައި 6 އަހަރުގެ ކުޑަކުއްޖަކު މޫދައްއެރި އުޅުން. އެކުއްޖާ މަންމަ އިނީ ކައިރީގަ އިން ކުޑަދޮށުގަ ދަރިޔައްވާނުވާ ފެންނަހިސާބުގަ ބަލަން. ހިސާނާ އޭނަގެ ފިރިމީހާޔާ ކުދިން އަދި ރައްޓެހިންތަކެއް އެވަގުތު ރަސްފަންނައް ޕްކްނިކް ހަދާލަން ދިޔަ. ދެކޮޅު ހޯދާބެލި އިރު އެންމެ ރަނގަޅު ކަމައް ފެނުނީ އެއްކަލަ މަންމަ ކުއްޖާ މޫދައްއެރުވައިގެން އެކުއްޖާޔައްވާނުވާ ބަލަން އިންކުޑަދަށެ. އެވަގުތު ހިސާން އޭނަފިރިމީހާގާތު ބުންޔެ، އެމޭޒުދޮށުގަ ގޮސް އެއަންހެންމީހާ ކުރިމަތީގަ ޖައްސާލާ އޭރުން އޭނަޔައް އެކުއްޖާޔައް ވާނުބަލަން އެތާއިދެގެން އުންދަގޫވާނެ، ދެން އޭނަޔައް މަޖުބޫރުވާނެ އެތަނުން ތެދުވަން އޭރުން އެކުޑަދައް އެއްކޮއް އަހަރުމެނައް ލިބޭނެ. ކަންކުރީވެސް އެހެން. މީމަގޭ އަންހެނުންނައް ދިމާވި ކަމެއް.
އިންސާފޭ، އަނިޔާވެރިކަމޭ، ދޮންކޭލޭ، މުށިމަހޭ އަނގަނެތްތަނަށް ފުޅާކޮށް އުޅުނު މީހުންގެ ޙާލު ހުރިގޮތް އެބަ ފެނޭނު!
ހީވާ ގޮތުން މިވާހަކައިގައި އުދުހޭ މުސައްލަވެސް މަދެއްނުން
ބައްޕަގެ ނަސޭހަތް އަޑުއެހިނަމަ މިހާރުހުރީސް ބުރުގާ އަޅާފަ އެމްޑީޕީ ގައި ތިބޭ ގިނަ އަންހެންވެރިން ތިބެނީ ބުރުގާނާޅާ މީވަރައްވާހަކަ
ހަގީގަތާ ކުރިމަތި ލަމާ؟ ތިޔައީ ހަމައެކަނި ހިސާންގެ ގޭގައި ހިނގި އަދި ހިނގާ ކަމެއް ނޫން. މާލެެއަށް ކިޔަވަން އައިސް ތިބޭ ކުދިންނަށް ތަފާތު ގޯނާކުރޭ! ގޭގައި ގެންގުޅޭ ނޫނީ ކިޔަވާ ކުދިންނަށް ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުމަކީ އާދައެއް!
ވާނުވާ ނޭނގި ފިތުނަ އުފައްދަން ނޫޅޭ.. މުޢުނީގެ މައްސަލައަކި ދާދި މިދާކަށް ދުވަހަކު އެތަށް ބައެއްގެ ކުރިމަތީގަ ހިނގި އަދި ފުލުހުން ސީދާ ސީންއަށް ހާޒިރުވެ ތަހުޤީޤުކޮސް ހެކިބަސް ނަގާ ޕީޖީއަށް ފޮނުވަން ނިންމާފަ އޮތް މައްސަލައެއް.. މިއީ ހިސާނު ރަނގަޅަށް ބާލިޢު ނުވާ ޒަމާނެއްގަ ހިނގިކަމަށް ބުނެ ބަޔަކު ހަދައިގެން އުޅޭ އަލިފްލައިލާ ވަ ލައިލާ ވާހަކައިގެ ބައެއް.. ބަޔަކު މައްސަލައެއް ހަމަ ޖައްސާއިރަށް ތާޢިދު އަނބުރާ ގެންނަން ވެއްޖެއްޔާ އެމް.ޑީ.ޕީގަ އެކަކު ނުހުންނަ ވަރަށް ޔމީނު މެން ގޭސް އަނބުރާ ޑުރާމާ ކުޅޭނެ..ދެން ތިބީ މޮޔައިންނެއް ނޫން ދެއްތޯ
އެމްޑީޕީގެ ވެރިކަމުގައި އެމެންގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބަރުދަން ބޮޑު ވައުދު ފުއްދާ އެވައުދާއި ހަވާލުވާން ދަރުބާރުގެ އަށް އެމެންގެ ވެރިކަމުގައި އަންނާން ބުނުން އެއީ އެއްގޮތަކަށް ވެސް ކޮރަޕްޝަން ކަމަށް މަމެން ނުދެކެމޭ އެމްޑީޕީން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭން ބުނުމުން ރައީސް އޮފީސް ޖެހޭނީ އެމްޑީޕީން ބުނާ ގޮތަށް ހަދަން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއް ވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...
ގަރުދިޔަ މާމަ ހުސޭނުވެސް މިފަހަރު މަޖުލިސް އަށް ކުރިމަތިލީދޯ؟
ހަމަ ހިނިއަންނަނީ ވާހަކަ ދައްކާއިރުވެސް އެގޭ ވަރަށް ބޮޑާކަން
ވޯޓު ބޯމަތީގަ އޮތީމަ ރައީސް ނަޝީދުވެސް ޕިސްޕިސް ޖަހާފަ ހިސާނަށް ބަވާފަ ޓްވީޓްއެއް ކޮށްފިދޯ. ބަލަގަ މީނާ މިބުނަނީ މީހުންގެ ނަންތަކަށް ދާންދެން! ޙިސާނު އޭދަފުށީ ދާއިރާއަށް ކުރިމަތިލިއިރުވެސް މީ ދެއްކި ވާހަކަ. މިކަމަށް ދެން ބަލަން ވެއްޖެނުން. މިކަން އޮޅުވާލަން އެމްޑީޕީ އިން މޮޅެތި އެއްޗެހިލާނެ. ޢެ ކުދިންހޯދާފަ އެކުދިންކައިރީ އަހަމާ!
އެމްޑީޕީ މުޣުނީ ގެ ޓިކެޓް ނެގި ގޮތަށް ހިސާނާ މެދުވެސް ޢަމަލުކުރާނެ ކަމަށް ހީކުރަން. އެމްޑީޕީ އަކީ ހަމަހަމަ ކަމާއި އިންސާފު ހޯދައިދޭން އައިބަޔެއް. ވަކިމީހަކު ބަދުނާމް ކޮށް އަނެއްމީހާގެ އަގު ވައްޓާލާފަ އނެއްމީހާގެ މައްސަލަ ނުބަލައި ދޫކޮށްލުމަކީ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ހުވަޔާއި ޚިލާފަށް ކުރާކަމެއް.ހަމަހަމަކަމާއި އިންސާފަކީ އެއްމެންނަށް ލިބެން ޖެހޭއެއްޗެއް.
މި ހިސާނުގެ ކަމަކީ އަމާލް ކުލޫނީ ހެދިގެން ބްރީފްކޭސް ހިފައިގެން ފޮޓޯ ނަގަމުން ދުވުން... މީ ދެން މާ މޮޅު ޤާނޫނީ ވަކީލެކޯ.. ލަދުބް ބޯހަލާކު.. ތުަޅާދޫ ދާއިރާގައި ތިބޭނެ ހޭކެނޑޭ ބައިގަނޑެއް..އެބައިގަނޑުން މިމަންޖެ ހޮވާ ދޭނެ ވިއްޔަ.. ދޭބަލަ ނިކަން އޭދަފުށި ދާއިރާއަށް ވާގޮތް ބަލާލަން..
ފުލުހައް ހުށައަޅާފަ އޮތްތޯ ޔަގީން ކިއްދެއްވާ ވޯޓްގެ ކުރިން!
ކިތަންމެ ދޮގެއް ހެދިޔަސް ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެ ، ނުކުރާ ކަމެއް ކަން ކިހިނެއް އެގޭނީ އަނިޔާ ލިބުނު މީހުންގެ ފަރާތުން ބަހެއް ނުހޯދާ، ހަމަ މީހަކު ބުނާހާ އެއްޗެއް ގަބޫލް ކުރާކަށް ނުވާނެ .ހަގީޤަތް ނޭގޭމީހުން ،