ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް، އެކި ތަންތަނުގައި ވާހަކަ ދެއްކުމުގެ ސިއްރަކީ ކޮބައިކަން، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިހެން ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"މުޙައްމަދު ނަޝީދު އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް އެކި ތަންތަނުގަ ވާހަކަ ދެއްކުމުގެ ސިއްރަކީ ކޮބައިތޯ. މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން ސާފުކުރަން ބޭނުންވޭ." އިއްބެ ގެ ޓުވީޓުގައި ވިދާޅުވިއެވެ.

އިއްބެ މިހެން ވިދާޅުވެފައިމި ވަނީ، ތޮއްޑޫގައި ބޭއްވި އެމްޑީޕީ ގެ ކެމްޕޭން ޖަލްސާއެއްގައި ބަނގުރާ ވިއްކުމާއި ގުޅޭގޮތުން ނަޝީދު ވާހަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދަކީވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުސްލިހާ

    މަގްސަދަކީ ވޯޓުން ކާމިޔަބު ހޯދުން. އެއީ މިގައުމުގެ ގިނަ މީހުން ދީނާއި ދުރުކުރަން މުޅި ސަރުކާރުން ރާވައިގެން ހިންގާ ކަމެއް. ދީނައި ހިލާފްވާހަކަދައްކާ މީހުންނަށް ފުރިހަމަ މިނިވަންކަން ދެވިފައި އޮވޭ.

    41
    7
  2. ކޮރަލް

    އަންނި އަށް ވޯޓް ދިނުމުގެކުރީން އިލްމް ވެރިއެއްގެ ލަފާ ހޯދާލާށެވެ. މަރުވުމަށް ފަހު ކުރެވޭނެ ކަމެއްޗނޯންނާނެއެވެ.

    42
    7
  3. ހުސޭނުބޭ

    އަންނިގެ މަޤްޞަދު ސާފުނުވެގެން އުޅެނީ ކާޅު ލޭ އެޅި ބޮނޑިބަތް ކައިގެން ތިބޭ މީހުންނަށެވެ. އަންއެއް އިސްލާމަކަށް ދިވެއްސަކަށް ހެވެއް ނޭދޭނެއެވެ. މިއީ ބޯމަތީގައި ތިހުރި އިރު ފަދައިން ޔަޤީން ކަމެކެވެ.

    23
    3
  4. ބުރޯ

    ނަސިދަކީ މުސްލިމެއްނޫން ނަމަ އޭނާ ދައްކާނީ އިސްލާމްދީނާ ހިލާފު ވާހަކަތައްދޯ ؟ އޭނާހަޖޫޖަހާނި އިސްލާމްދީނަށް ރަސޫލާ ގަބޫލު ނުކުރާވާހަކަޔާ ގުރްއާންގަބޫލު ނުކުރާވާހަކަ ޔޫޓިއުބުގަ އެހުރީ އޭނަ އެބުނަނީ އޭނަގާތު އެހެން މިހެންބުންޏޭ އެކަމަކު އެކަން ބަލާނެ ބަޔަކުނެތް ވީމަ ވާނީ މިހެން.

    15
    4
  5. އަބޫ އަމް

    ބަލަ ނިއުޒިލޭންޑްގެ ރައީސާއި، ބޮޑުވަޒީރުވެސް މި އަންނި އަށްވުރެ الله ގެ ދީނަށް އިޙްތިރާމް ކުރޭ!! އެކަމަކު މީނަ މުސްލިމް ދެމަފިރިއަކަށް ލިބިގައި ހުރި ދަރިއަކާއި ބަލާފަ ހާދަ ނުލަފައޭ.

    11
  6. ހިތްތަލަފުށުގެ ރައީސް

    އެޖެންޑާ 19އަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ.

    10