ކުޑަކުދިންތަކަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ޤާނޫނީ ވަކީލް ހިސާން ހުސައިންގެ ދިފާޢުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ.

ހިސާންގެ އަނިޔާ ލިބުނު ކަމަށް ބުނާ މީހަކު ރައީސް ޞާލިހަށް ސިޓީއެއް ފޮނުވުމުން ހިސާން ދިފާޢު ކުރައްވާ ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިސާން އަށް އެމަނިކުފާނުގެ އިތުބާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑުގެ ވަކީލް އަދި އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހިސާންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތަކީ ފިނޑި އަދި ދަށުދަރަޖައިގެ އަމަލުތަކެއް. އުސްތާޛާ ހިސާން އަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް." ނަޝީދު ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.

ރައީސް ސޯލިހަށް ފޮނުވސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިނދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.

ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދިން އަބްދުލްމުޣުނީ އަށް އެމްޑީޕީން ކުރި ތާއިދު އަނބުރާ ގެންދިޔައީ މުޣުނީ ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރިމަކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަކަދައްކަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ނަޝީދުއާ ޖެހިގެން ދެން ހުރި އިބިލީސް ވީމަ ބޮޑު އިބިލީސް ނުކުންނާނެ އޭނާގެ އައުވާނުންގެ ދިފާއުގައި. އެދެން ދުވާލު ފަދައިން އެނގި ފާޅުވެގެންވާ ކަންކަން ނޫންތޯ.

    68
    • ހުސޭނުބޭ

      ހަމަ ރަގަޅަށް ތި ބުނީ. ބޮޑު އިބިލީހަށް ކުޑަ އިބިލީސް ނުބާވާނެގޮތެއް ނޯންނާނެ! ރަގަޅަށް ބަލާއިރު ތި ނަޝީދުވެސް އޮންނާނީ އެކަމުގައި ބައިވެރިވެފައި!

      17
  2. ލައިކް ސީރިއަސްލީ

    ތީ ގޭގައި ގެންގުޅު ކުދިންނަށް ކުރިވަރު ... މީނާގެ ކުރީގެ ފިރިމީހާއަށްވެސް އެވަރު ކުރި ....

    71
  3. Anonymous

    ލަނޑައާ ވާނީ ލަނޑާ. މުޣުނީ ގެވެށި އަނިޔާ ކުރީމަ މުޣުނީގެ ސަޕޯޓް ގެންދިޔައީ. ހިސާނު ކުޑަކުދިންނަށް އަނިޔާ ކުރީމަ އޭނަގެ ސަޕޯޓް އިތުރު ކުރީ. މިހުންނަނީ މި ނަޝީދުގެ ގޮތްގަނޑު. އިންސާނަކާ ވައްތަރު ސިފައެއް ނެތް. ޔޫރަޕުން އައި ފޭކް ޔަހޫދިން ބުނަނީ، ތައުރާތުގައި އަންގަވާފައިވަނީ، ރިބާ ނުކެއުމަށް ކަމަށް. އެހެންވީމަ ޔަހޫދިންނަށް ރިބާއާނުލާ ލޯނު ދޭން ޖެހެނީ. އެކަމަކު އހެން އެންމެނަށް ރިބާ ހިމަނައިގެން މުޢާމަލާތު ކުރެވޭނެއޯ. މިހުންނަނީ. ޔަހޫދީންގެ ޑަބްލް ޕާސަނަލިޓީ. ނަޝީދުއަކީ މިކަހަލަ މީހެކޭ ނުބުނެވޭނެ އެއްގޮތެއްވެސް އެބައޮތްބާއޭ މަހިތަށް އަރާ.

    62
  4. ކު

    ކޮބާ ކުރިންވެސް މަށައް އެނގޭ ތިހެންކަންވާނީ!!!!!!!!!!!!!!!!!!!!!!!!!!!!

    44
    1
  5. މަރީ

    ހިސާން އަށް ނޯ ދެން ލަ ލަ ލާ

    56
    2
  6. ޢަލީ

    ކޮބާ ކޮންތާކުޖެހުނީ، މުޣުނީވީމަ ވަކިގޮތެއް، ހިސާނުވީމާ ވަކިގޮތެއް.

    59
    1
    • ޒުބައިދާ

      ޙިސާނަކީ މަގޭވަކީލޭ އެއޮތީނު ލިޔެފަ އެހެން ވީމަ މަގޭ ވަކީލް ކޮންމެ ކަމެއްކުރިޔަސް ވަރިހަމަ އެހެން ނޫނަސް ތިޔަ ކެނެރީގޭ ނަޝީދުއަކީ ހަމައެއްލަމައެއް އިންސާ ފެއް ހުންނަމީހެއް ނޫން އެއިރެއްގަ އޭނަ ހިތަށް އެރިގޮތަކަށް ކަންކުރާނީ ކިރިޔާ ވެސް ގޮތެއް ހުރިނަމަ އެހާ ދަށުދަރަ ޖައިގެ ބަހުރުވައިން ރުކު މާއާ ދިމާނުކުރާނެއަންނި ފާޑަށް އުޅޭ މީހުނަށް މަމެން ކުޑައިރު ކިޔަނީ ވަކަރުގޭ ސޮރުން

      14
  7. ހުސޭނާ

    ބަލަގަ ކަލޭގެ ތަރާދު ތިޔަ ހުންނަނީ ވަކި މީހަކަށް ވަކި ގޮތެއް ދޯ،ހަމަ ތިނަދޫ އުތުރު ދާއިރާ އަަށް ކުރިމަތިލީ މުޤުނީ ވެސް ތުހުމަތަކާއެކު ކަލޭ ކިޔާ ލަވަޔާއި މިހާރުގެ ތުހުމަތަށް ކަލޭ ތިކިޔާ ލަވައިގެ ހަމައެއް އިންސާފެއް ނެތް.ތިއީ ކަލޭގެ ހާލު

    53
    • ވިލްޔޫ ގެޓް ލޮސްޓް

      ހިސާނަށް އިތުބާރު ނެތް ފަދައިން ނަޝީދަށް އޮތް އިތުބާރުވެސް ގެއްލިއްޖެ، ނަޝީދު ކުރިމަތިލައިގެން ހުރި ދާއިރާގެ މީހުންނަށްވެސް އިންސާފެއް ނެތް މީހަކަށް ވޯޓު ނުދިނުމަށް ބުނެލަން ބޭނުން.... ރައީސް ނަޝީދަކީ ހަމަ ނަމެއް... ކަމަކާ ޖެހުނީމަ ހުރި ފިނޑިކަމާއި ނަޒާހާތްތެރިކަމެއް ނެތްކަން ފާޅުގަ އެބަދައްކައިދޭ

  8. ތިމަންނަ

    އިރުކޮޅަކުން މީހަކު ބުނެފާނެ އަހަރެން ސްކޫލުގައި އުޅުނުއިރު ގަލޮޅު ބޯޅަދަޑު ގޯލުކައިރީ ގައި ހުއްޓާ ގޯލަށްކަމަށް ހަދާފަ މަގޭ ބޮލުގައި ބޯޅައިން ޖެހި މީހާ އުޅެނީ ކުރިމަތި ލައިގެނޭ . މަށަށް އިންސާފު ބޭނުމޭ

    5
    53
  9. ކިނބޫ

    ކަލޭ އިތުބާރު ކުރަންތަ؟ އެހެންވިއްޔާ ޔަގީން އޭނައާމެދު އެ ދެކެވެނީ ހަމަ ސަތޭކައިގެ ތެދު ވާހަކައެއް. ކަލޭގެ ތާއީދެއް ނޯންނާނެ ސަހަލު މީހަކަށެއް.

    55
    2
  10. ވިސްނާ

    ރައިސް ނަސީދުގެ މިޓުވީޓަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކުރަސީ އޮތް މިންވަރާއި އަދުލުވެރިކަމާއި މުނާފިޤުކަން ހާމަވާ ޓުވީޓެކެވެ. މަގޭ ވަކީލު ވީމާ އަހަރެންގެ އިތުބާރު އެވަކީލަށް އޮންނާނެ. އެކަމަކު އަހަރެންގެ މަސްލަހަތަށް ވުރެ ބާކީތިބި މީހުންގެ މަސްލަހަތު އަހަންނަށް މުހިންމުވާނީ ކޮންދުވަހަކުން. މިވަރު މީހުން ރައްޔިތުންގެ މަސްލަހަތޭ ކިޔާ އަނގަ ފުޅާކުރަން ލަދުގަންނަން ޖެހޭނެ.

    61
    2
  11. ނާއީ

    ހިސާނުވީމަ އޯކޭ، ބަލަ ނަސީދޫ ކަލޭ އެމަންޖެއަށް އިތުބާރު ކުރޭތޯ ނުކުރޭތޯ ބަލާކަށް ބަޔަކު ނޫޅެޔެ. ތިޔަހެން ކެންޑިޑޭޓަކަށް ބިރުދައްކާނަމޭހިތާ ކުރި އިތުބާރު އަނބުރާ ގެންދިޔަ، ލައްކަ ރަލެއްބޮވުނު!! އެހެރި ކެންޑިޑޭޓްވެސް . ދެން ތިޔަބުނަނި ހިސާނަކީ އަލިފެކޭ ބަލަ އެވަރު ދޮގުހަދާ ހަރާން ލާރިކާ މީހަކު ރާއްޖޭގަ މަދުވާނެ..
    މީވެސް ވަރަށް ވާހަކަ.

  12. އަލީ

    އަންނި ގެންގުޅޭ ތިލަފަތަކީ ވަކި އަތަކަށް ބަރު ތިލަފަތެއްކަން މިހާރު ވަރަށް ސާފު އެހެންވީމަ އަންނިއަށް މެޖޯރިޓީ ލިބިއްޖެނަމަ ތިލަފަތް ޔަގީނުންވެސް ކަބޑައިގެންދާނެ

  13. އެކުދިން

    ކިތަައްމެ ވަރަކަށް އަޑައްބާރުލާފަ ނަޝީދު ވިދާޅުވިޔަސް ހިސާން އެއްނޮހޮވޭނޭ. ހިސާން އަކީ އެއްވެސް އިރެއްގައި އަބުރެއް އޮތްމީހެއްނޫން. އެނާއަކީ މީހުންނަށް އަނިކޮށް މިހާރުވެސް އަނިޔާކުރަމުން މީހުންނަށް މަލާތްމަތްކޮށް ބަދުބަސްބުނާމީހެއް.

  14. ރަތާ ކަޅާ

    މަވެސް އެމްޑީޕީ އެކަމަކު ރާ.ނަޝިދުގެ ފިކުރަކައް ތާއިދެއް ނުކުރަން. އެމްޑީޕީ ހަލާއްކުކުރަނީ ނަޝީދު. ރަނގަޅައް ވިނާ . މަަށަ ކުރެވުނު އެއްމެ ކަޑަ ކަމަކީ ނަޝީދައް ތާއިދު ކުރެވުން. އެކަމަކު މިހާރު ސަލާން .

  15. ލޯކަ!

    މުޣްނީ ވީމަ ގެވެހި އަނިޔާ! ހިސާން ވީމަ ގެވެހި ނިޔާ! މީ ކޮންކަހަލަ ކުރީގެ ރ އެއްތަ! ތީ ފައްކާ ޛެބޯ ބުރާންޗެއް! އެކަމަކު ހެވެވެނު، ރައީސުލްޖުމުހޫރިއްޔާ އެހުންނަވަނީ، އެ ރ ގެ މޯހިރުގަވިއްޔާ! ދެންކިހިނެއް ޤައުމަށްވާނީ!

  16. މިގޭ

    ކުޑައިބިލީސް ދިފާއުކުރަން ބޮޑު އިބިލީސް ނިކުމެއްޖެ . ރައްޔިތުން ވޯޓްލާއިރު ވިސްނާތި ރާއްޖެ ހަލާކާދިމާލަށް މިދަނީ އިބިލީހުބަޔަށް ނުހެއްލޭތި އާދޭހާއެކު ބުނަން.

    13
  17. ހޭލުން

    ކުށްވެރިންގެ ދިފާއުގައި ކުށްވެރިއެއްނިކުންނެވުމަކީ ވެދާނެކަމެއް ވެދާނެކަމެއްނޫން މިއޮތީ ވެފަ
    ނަޝީދަކީ 13 އަހަރުގެ ޖަލުހުކުމެއްއައިސްފައިވާ ފަރާތެއް މައިބަަދައަށް ފަރުވާކުރެއްވުމުގެ
    ނަމުގައި ރާއްޖޭންބޭރަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ ކުށްތަންފީޒްނުވާ ފަރާތެއްކުށްވެރި
    އެއްގެދިފާއުގައި ނުކުންނެވުމަކީ ހައިރާންވާންވީވަރުގެކަމެއްނޫން ސުވާލަކީ ނަޝީދުކުރެއްވި ކުށަކީވަރަށްފާޅުގައި ކުރެއްވިކުށެއް އެއީ ގާޒީއަކު ހިފާހައްޔަރުކޮށްއެކަހެރިކުރުން މިއީ އެންމެބޭފުޅުންނަށްވެސް ފާޅުގައި ކުރެއްވިކުށެއް މިކުށްކުރައްވާސާބިތުވެ 13އަހަރުގެ ޖަލުހުކުމެއްއައިސްފައިވާފަރާތެއް އެހުކުމްގެކުޑަދުވަސްކޮޅެއްވެސްތަންފީޒްނުވެ މިނިވަންކުރެއްވިއިރު ޖަލުގައިވާ އެހެންކުށްވެރިން މިނިވަންނުވަންވީ ކީއްވެތޯ؟

  18. ކެޔޮޅު

    ވަރައް ޑިމޮކްރެސީހެދިގެން އުޅުއްވަނީ އެކަމު ބައެއްމމީހުނައް އެއްގޮތަކައްވެސް ކުށެއއ ނުކުރެވޭ އަނެއްބަޔަކު ވައެއްލިޔަސް އެއީ އިންސާނީ ހައްގަކައް އަރައި ގަނެވުނީ ދޯ؟

    14
  19. ޢައިސަ

    އަޅުގަޑުގެ އިތުބާރު ނަޝީދަކަށް ނެތް

    18
    1
  20. ގަބުޅި

    ހިސާނަކީ ނަޒާހަތްތެރިއެއްކަން ފެނުނީމަވެސް އެނގޭ ބައްޕަޔަކީ މަޝަހޫރު ޝޭހެއް އެކަމަކު ކަމަނާ ހުނަވަނީ ބަރަހަނާގަ ދެން ކޮން ނަޒާހަތްތެރިކަމެއް އޮންނާނީ ކެޔޮކޭވަރު އެނގޭނީ ބިތު ފަންގިނެގީމަ މާ އިހްލާޞްތެރި ވަފާތެރި ހައްޤުތަކަށް ވަކާލާތުކުރާ މީހެއްކަމަށް ދެއްކިޔަސް މިއަދު ކަމަނާގެ ހުރި އިހްލާޞްތެރިކަމާ ނަޒާހަތްތެރިކަމާ އިންސާފު ވަރަށް ރަނގަޅަށް ހާމަވެއްޖެ

  21. ކަމަކުނުދޭ

    ތި މަންޖެ އަކީ އެމްޑީޕީގެ ތުންފުހޭ ރުމާލެއް

    3
    1
  22. ާAhmed

    ނަޝީދުގެ އިތުބާރު އޮތުމަކީ މާބޮޑު ޝަރަފެއްނޫން. ޢަދި އެހެންމީހުން އެކަން ބަލައިގަންނަން ޖެހޭ ކަމެއްވެސްނޫން. ބުރުގާނާޅާ އަންހެނުން މަޖްލިހަށް ގެންނަން ކުރެވުނުހާ ކަމެއް ތިކަލޭގެ ކުރާނެ. ޔާ ﷲ މީކަލޭގެ ނޮފޮރުއްޕާނުން
    މުސްލިމުން ސަލާމަތް ކޮއްދެއްވާށި.

  23. ސަޓޯ

    ވަރަށް ނުބައި ނުލަފާ އަނިޔާވެރި ޖާހިލު ސިފައެއް ޖަހަނީވެސް