އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ފްލެޓު ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ހުށައެޅުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަން އަޑުފެތުރިފައި ވަނިކޮށް
ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ އަމަލުތަކަކީ ރިޝްވަތާއި ކޮރަޕްޝަން ކަމަށެވެ.

" ދައުލަތުގެ މުދަލާއި ވަސީލަތް ސަރުކާރުގެ ވެރިން ކެމްޕޭނުތަކުގައި ބޭނުންކުރުމަކީ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން " އޭނާ ވިދާޅުވެފައިވެއެވެ.

ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަމަށް އަޑުފެތުރި ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ރޭ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ނުގުޅާ ކަމަށާއި، އެކަމަކު ބުދަ ދުވަހުގެ ރޭ އޮތް ބައްދަލުވުމަކަށް ދައުވާތު ދީފައިވާނެ ކަމަށެވެ.

"މާދަމާ ރޭ (ބުދަ ދުވަހު) ކާނިވާ ސަރަހައްދުގައި ނުވައެއް ޖަހާއިރު ވެށި ފަހި މާލޭ ޕްރޮގްރާމްގެ ދަށުން އެޖެންޑާ 19ގެ ދަށުން ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ރައީސް ނަޝީދާއި މާލެ މޭޔަރު ޝިފާ މުހައްމަދު ދެއްވާނެ،." އަފްޝަން ވިދާޅުވިއެވެ.

ނަމަވެސް އިއްޔެ އަފްޝަން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އިއްޔެ ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެމްޕީ ޚަލީލަށް ބުނަން! ކަރަޕްޝަނަކީ 2012 ޖެނުއަރީން 2018 ޖެނުއަރީއަށް ހިނގާ ކަންތައްތަކެއް! އޭގެ ފަހުން ކަރަޕްޝަން ވަނީ މަރުވެގެން އާ ސަހަރާގައި ވަޅުލާފައި! ކަރަޕްޝަން މަރުވީމާ އޭސީސީ އޮތީ ދެކޮޅަށް ދެ ކަންނެޔޮ ލައިގެން ގަދަޔަށް ގުގުރިދަމަން!

    2
    1
  2. މިއަދު

    ކޯލްރެކޯޑިންއާއި ހެކިންހިމެނޭގޮތުން އޭސީސީއަށް ހުސައަޅާ ތިބައިގަނޑު ހަމަބިމަށްތިރިކުރަންވެއްޖެ މާއަވަހަށް ފުއްޕަންފަށައިގެން މިއުޅެނީ

    1
    2
  3. ާޢަބްލޯ

    އެމްޕީ ހަލީލްގެ އާއިލާއަށް ފްލެޓް ހުޅުމާލެއިން ދިނުމަކީ ކޮރަޕްސަނެއްނޫންތަ ބީތާ?