އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ފްލެޓު ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ހުށައެޅުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވާހަކައަށް ރައްދުދެއްވައިފިއެވެ.

ޚަލީލް ބުނެފައި ވަނީ އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް މެޖޯރިޓީ ހޯދުމުގެ މަގުސަދުގައި ފްލެޓު ދޭނެ ކަމަށް ވައުދު ވަމުން އަންނަ ކަމަށާއި، އެއީ ރިޝްވަތާއި ކޮރަޕްޝަން ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައްދުގައި އީވާ ވިދާޅުވީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ރައްޔިތުންނަށް ވައުދުވަނީ، ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓު ދިނުމަށް ކަމަށެވެ.

"އެމްޑީޕީން ވައުދުވަނީ ފްލެޓުގެ ހައްގުވެރިންނަށް ފްލެޓު ދިނުމަށް ޚަލީލް އާއިލީ ބޭފުޅުންނަށް ފްލެޓު ދޭން އެމްޑީޕީން ވައުދެއް ނުވާނެ " އީވާ ވިދާޅުވިއެވެ.

ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަމަށް އަޑުފެތުރި ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ރޭ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ނުގުޅާ ކަމަށާއި، އެކަމަކު ބުދަ ދުވަހުގެ ރޭ އޮތް ބައްދަލުވުމަކަށް ދައުވާތު ދީފައިވާނެ ކަމަށެވެ.

އަފްޝަން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އިއްޔެ ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ވާހަކައަކީ ކަލޭމެން ދަންނަ ހައްޤަކީ އިންސާފުވެރިކަމެއް ނޫނޭ! ޚަލީލްގެ ޢާއިލާއަށް ހައްޤުވިޔަސް ނުދޭނަމޭ! ބޭނުން ބަޔަކަށޭ ދޭނީ!

    21
  2. ބުރޯ

    ކަލެއަށް އޮތް ހައްގެއްތަ މަޖިލީހުމެމްބަރުކަމަކީ ؟؟؟

    16
    2
  3. ބުރޯ

    ކެރަފާސައްތާރަށް އޮތް ހައްގެއްތަ ؟ މައިޓްނުންފުނީގެ ފައިސާއިން މުއްސނދިވުމަކީ ؟؟؟؟؟

    18
    1
  4. އީވާ އަށް

    އީވާއަށް ... ހައްގުވެރިން ކަޑައަޅާނީ މޑޕއަކުންނޫން. ހައްގުވެރިންތިބީ ހަމައެކަނި މޑޕއަކުނޫން. ރައްޔިތުންގެ ހައްގުތަ ދޭންވީބަޔަކާ ނުދޭނެބައެއް ނިންމާނީ މޑޕ އިންނޫން. ސަރުކާރުން ދޭންޖެހޭ ހައްގުތައް މޑޕ އޮފީހުން ލުބޭގޮތަށް ހެދީމުގެ ހައްގެ އީވާއަކަށް ސާބައެކަށް މޑޕ އަކަށްނެތް. ސަދަގާތްކުރަން ރައްޔިތުންގެ ހަޒާނާއަށް އަތްބާނަން ރައްޔިތުން ހުއްދައެނުދޭ މޑޕއަށް.

    21
  5. ވާވާ

    އެހެނެއް ނުބުނެވޭނެ ފްލެޓްދޭނަމެކޭ އަދި ތިމާގެ އައިލާގެ 37 މީހުންނަށް ފްލެޓް ލިބުމަކީ އިއްތިފާގެއްނޫން ހަމަބޮޑުވެގެންވާ ޖަރީމާއެއް

    2
    2
  6. ސަމާ

    އީވާ ތިއީ ކާކު؟ ޚަލީލު ގެ ޢާއިލާގައި ތިބީވެސް ދިވެހި ރައްޔިތުން. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން. އެހެންނޫނަސް ފ. އަތޮޅު ނިލަންދޫގެ ގިނަ ބޭފުޅުންނަނަކީ ސަރުކާރުގެ އެކި އެކި މަޤާމްތަކުގައި މަސައްކަތް ކުރައްވަމުންދާބޭފުޅުން ..އަދި ސަރުކާރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. ޢާއިލާއަށް ނޫނަސް އެމީހުންނަށް ފްލެޓް ލިބޭނެ. އީވާ މިހާރު މިއޮތް ސަރު ކާރުގެ ނާޤާބިލްކަން ހޯދަން އުޅެ ބަލަ. ކޮންބަޔަކާ އަޅާގެންތަ ތިއުޅެނީ. އީވާ އަށް ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.ފްލެޓް ލިބިފައި ތިބީ އެއްމެ ޙައްޤުވެރިފަރާތަށް. އެމްޑީޕީ މީހުންނަނަކީ މީހަކު ރަނަގަޅަށް ކަމެއް ކޮށްފިއްޔާ އެކަމައްގެ އަގުވައްޓާލަން ހަޖަމް ނުވެގެން ނިކަން ތެޅޭ ބައެއް. ތިފްލެޓް ތައް ލިބިފައި ތިތިބީ ޢާއިލާ ނޫނަސް މިރާއްޖޭގެ ރައްޔިތުންނަށް. ސަރުކާރުން އޮތީ އޮންނަ އުޞޫލުގެ ތެރއިން ކޮންމެ މީހަކަށްވެސް ފްލެޓް ލިބޭނެކަމަށް ވިދާޅުވެފަ. މިހާރު ތިކަންތައް ތިކުރަނީ އޭރު ރ. ޔާމީން ކެމްޕޭންދަތުރު ފުޅު ތަކަށް ލޯންޗް ބޭނުންކުރީމަ އެކަންގޯސްވެގެން އުޅުނު މީހުން މިހާރު ދަތުރު އެކުރަނީ އ. މުޙައްމދު ޞާލިޙުގެ އައްޔާރުން ގޮވައިގެން ހަމަ އެލޯންޗް ކޮޅުގައި.ހަމަ އެގޮތަށް ތިފްލެތް ކަންތައްވެސްދާނެ.