ޕޯސްޓްގެ ޒަރީއާއިން އެކި ފަހަރު މަތިން ރާއްޖެއަށް އެތެރެ ކުރަން އުޅުުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ އާދީއްތަ ދުވަހޔ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލާގަތް އެ ތަކެތީގެ ތެރޭގައި

 

ނަން

ޤައުމު

ބަރުދަން

1

އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)

ޖަރުމަނުވިލާތް

06 ގްރާމް (10 ގުޅަ)

2

އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)

ފަރަންސޭސިވިލާތް

20 ގްރާމް (ޕައުޑަރ)

3

އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)

ނެދަރލެންޑްސް

62 ގްރާމް (ޕައުޑަރ)

4

އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)

ނެދަރލެންޑްސް

15 ގްރާމް (27 ގުޅަ)

5

އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)

ޔުނައިޓެޑް ކިންގްޑަމް

08 ގްރާމް (ޕައުޑަރ)

ކަސްޓަމްސް އިން ބުނީ، އެ ތަކެތީގެ ބަރުދަނުގައި ޖުމުލަ 111 ގްރާމް ހުރި ކަމަށެވެ.

އަދި ތުލައިގަނެވުނު މަސްތުވާތަކެެއްޗާއެކު އެ މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނބުލޮ

    އަންނި ބުނެގެން ކަމަށް ތިވާނީ

    6
    4