ޕީ.އެސް.އެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަޖިލިސް ބަހުސްގެ ތެރެއިން، ތިމަރަފުށީ ދާއިރާގެ ބަހުސް އަށް ފަހު، އެ ދާއިރާގެ ގިނަ ބައެއްގެ ތަޢުރީފް، އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާޙިމް ސަނާޙް އަށް ލިބެމުން އެބަދެއެވެ.

ބަހުސް ބެއްލެވި، ތިމަރަފުށީ ދާއިރާގެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ބަހުސް ގައި ބައިވެރިވި، އެ ދާއިރާގެ މިހާރު މެމްބަރ، މުސްޠަފާ އާއި، ޢަބްދުﷲ ރިޔާޒު އަށް އެދެވޭ ގޮތެެއްގައި ޖަވާބު ނުދެވިފައިވާ އެތަށް ސުވާލަކަށް، ވަރަށް ސާބިތުކަމާއި އެކު ސަނާޙު ވަނީ ޖަވާބު ދެއްވާފައެވެ.

އަދި ބަހުސްގައި، ސަނާޙުގެ ފަރާތުން ފެނިގެން ދިޔަ ހިތްވަރުގަދަ ކަމާއި ކެރުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑި މިފަހަރު އެންމެ ހައްޤުވާ ފަރާތަކީވެސް ސަނާޙުކަމަށް، އެ ދާއިރާގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިއަދުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަނާޙު ވިދާޅުވީ، ސިޔާސީ ގޮތުން ކޯޅި، ވެރިކަމާއި ތޮޅޭ ބަޔަކަށް ރައްޔިތުންގެ ހައްޤުގައި ބަސް ނުބުނެވޭނެ ކަމަށާއި، ރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކާއި ޚިލާފަށް މަސައްކަތް ކޮށްފައިވާ މީހަކީވެސް މަޖިލީހަށް ޤާބިލް މީހެއް ނޫން ކަމަށެވެ.

"ސިޔާސީ ކޯޅުންތަކާއި ވެރިކަމާއި ތޮޅޭ މީހަކީ ހަމަ ޤައިމުވެސް ޤާބިލް މީހަކަށް ނުވާނެ. ރައްޔިތުންގެ ބަސް ބުނުމަށްޓަކައި ރައްޔިތުން ބޭނުންވަނީ ހަޤީޤަތުގައިވެސް ރައްޔިތުންގެ ބަސް ބުނާނެ މީހެއް. އެމީހަކީ ސިޔާސީ ކޯޅުމުގެ ތެރޭގައި އުޅޭ މީހެއްކަމަށްވާނަމަ، ނުވަތަ ވެރިކަމާއި ތޮޅޭ މީހަކަށް ވާނަމަ، ހަމަ ޤައިމުވެސް ރައްޔިތުންގެ ބަހެއް ނުބުނެވޭނެ. މިކަހަލަ އެތަށް ސަބަބުތަކާއި ހުރެ އަޅުގަނޑު މި ދަންނަވަނީ އެންމެ ޤާބިލް މީހަކީ އަޅުގަނޑޭ. ލިބިފައި އޮތް އެއްވެސް ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްފަ ހުރި މީހަކީ އެއްވެސް ހާލެއްގަ ޤާބިލް މީހެއް ނޫން. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެފައިވާ އެއްވެސް މީހަކީ ޤާބިލް މީހެއް ނޫން. މިއުޅެނީ ރައްޔިތުންގެ މަޖިލީހަށް މީހަކު ޢައްޔަނު ކުރަން." ސަނާޙު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ސަނާޙު އާއި އެކު ތިމަރަފުށީ ދާއިރާއަށް ހަތަރު ބޭފުޅުން ވާދަކުރައްވައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ަަައަޅުގަނޑު

    ވަރަށް ކަމުދިޔަ?

    5
    5
  2. ާއިހުސާން

    ޙަމަ ބެސްޓް ސަންޓޯ!

    33
    11
  3. އައްޑޭ

    ތިން ލައްކަ އަށް ޑީލް ހަދަން ވެގެން ނިކުމެގެން އުޅޭ މީހެއް...

    7
    10
  4. މަރީ

    އަހުލާގު ރަގަޅު ވަރައް ހިތްހެޔޮ ކުއްޖެއް ވަރއް ކޮނފިޑެނޓާ އެކު ހުރީ އިންޝާ ﷲ ސަންޓޯ މިފަހަރު ✌️

    8
    6
  5. Anonymous

    ސަނާޙް އަސްލު ވަރަށް މޮޅު..

    7
    5
  6. ހާލުގެ ދުލުން

    ރިވެތި ޚުލުޤެއް ލިބިފައިވާ ތޫނުފިލި ދަރިވަރެއް.ތިމަރަފުށީ ދާއިރާގެެ ބަހުސްގެ ހީރޯއަކީ ސަނާހު.ހީކުރިވަރަށްވުރެވެސް ފުރިހަމަ.އިންޝާﷲ މަށާއި މަގޭ ޢާއިލާއިން މަދުވެގެން 10 ވޯޓް ހޯދައިދޭނަން.

    4
    5
  7. ޔާމިން

    ސުމެއްގެމީހެއް

    4
    3
  8. ވަހީދް

    ކޮންމެ މިީހަކުވެސް ހޮވެންދެން ވަރަށް ރަނގަޅުވާނެ. ގޮނޑީގަ ހަމަޖެހިލެވުމާއިއެކު ހުރިހާކަމެއްހްހަނދާން ނެތޭނެ.