ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު އައްޑޫ ސިޓީ ހިތަދޫގައެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ މާސްޓަރ ވީޑިއޯ ކުރިމަތިންނެވެ.

އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާ އަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.