(ލ.ފޮނަދޫ) 16 މާރިޗް ގައި ލ.ފޮނަދޫއަށް ބޯކޮށް ގުގުރާ ކުރި ވިއްސާރައިގައި ލ.ފޮނަދޫ ބަރާސިލް އަވަށު ހުންނަ މިސްކިތުގެ ސައުންޑް ސިސްޓަމް ހަލާކްވެފައި ހުންނަތާ 4 ދުވަސް ވެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް ވިދާޅުވީ، މިސްކިތުގެ ސައުންޑް ސިސްޓަމް ހަލާކްވުމާއި ގުޅިގެން ލައުޑް މެދުވެރިކޮށް ބަންގީގެ އަޑު ރަށު ތެރެއަށް ނީވޭ ކަަމެވެ.

"މިހާރު އެކަން ހައްލު ކުރަން ބޭނުންވާ ސާމާނުވަނީ ލިބިފައި. ސައުންޑަށް ބޭނުންވާ ނަރާއި އެހެނިހެން ސާމާނުވެސް ވަނީ ލިބިފައި. ހީވަނީ މިރޭގެ ވަގުތެއްގައި ސައުންޑް ލިބޭނެ ހެން" ރިޔާޒް ވިދާޅުވިއެވެ.

16 މާރިޗް ވި ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 1 ޖަހާލިހާއިރު، ބޯކޮށް ގުގުރުމުގެ ސަބަބުން މުޅި ރަށުންވަނީ ބައި ގަޑިއިރަށް ކަރަންޓް ކަނޑައިގެން ގޮސްފައެވެ. މިސްކިތުގެ އެމްޕްގެ އިތުރުން، ރަށުގެ ބައެއް ގޭގޭގައި ބޭނުން ކުރާ ކަރަންޓް ސާމާނުތައް، މިސާލަކަށް ޓީވީ، ފަދަ ތަކެތިވަނީ ހަލާކްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކައްޓަލަ

    ލާމު އިސްދޫ ކަލާއިދޫއޮވެސް ތެއްކަލަހަ ހާލަތަކޮ އޮޅެނޫ ބައެއް ބަންގިތެއް. މިކަމަށް ވަރަށް އަވަހަ ހައްލެއް ގެނަހުދީބިލާ އިސްލާމިކް މިނިސްޓްރީ..

  2. ބެއްޔާ

    ކޮބާ؟ އަދުރެ މެޓިކްސް! އޭނާޔާ ގުޅާ! މިހާރު ވެރިކަން ބަދަލުވީމާ މިސްކިތުގަ ތާޅަފިލި ގަޑެއް ވެސް ހަރުކޮއްލާނެ ފައިސާ ނެތީދޯ؟

    • ކެކެކެކެކެ

      ތާޅަފިލި ބަހައްޓަން ހެދި ހިސާބު ދިރާސާ ކުރުމަށް ޝަހިމެޓިކްސް އަށް ފޮނުވާފަ ވެއްޖެ.

  3. އާމިރު

    ހުޅުމާލޭގެ އެންމެ ބޮޑުމިސްކިތުގައިވެސް 2 މަސް. ސަރުކަރުން ބޭނުމީ އިސްލާމީ ޝިޔާރުގެ އަޑު ކަޑާލުން. އެ ނަން ނުކިޔާ،
    ޒިނޭވެސް އެގޮތައް: ޒިނޭ ނުކިޔާ ޒިނޭކުރުން ހުއްދަ ދީފި، ރަލޭ ނުކިޔާ ރާ ހުއްދަ ކޮށްދީފި. ޤައުމުގެ %80 ރައްތަޔިތުން އޯކޭނުން.

  4. ކުދުބެއްޔާ

    ހުޅުމާލޭގައި ހުރި ބޮޑު މިސްކިތުގެ ސައުންޑް ސިސްޓަމްއަށްވެސް ވެގެން އުޅޭ ގޮތެއްނޭގެއެވެ ބަންގީގެ އަޑެއް މިހާރަކު ވަރަށްނީވެއެވެ މީގެ ދުވަސްކޮޅެއްގެ ކުރިން ސައުންޑް ސިސްޓަމްގެ މަސްއަލަ ޖެހިގެން ހެދިތާ އަދި މާގިނަދުވަހެއް ނުވާނެއެވެ ބަންގިގޮވާތީ ބަޔަކަށް އުދަގޫވަނީ ކަމަށްވެސް ވެދާނެއެވެ

  5. ދދދދދދ

    އެމްޑީޕީ މީހުންގެ ކަންފަތަށް އުނދަގޫވާތީ ހެދި ގޮތަކަށް ތިވާނީ

  6. ލާސާނީ

    ކޮބާ ހިސާބު ޖަހާ މީހާ.

  7. ނާޒް

    ތި ރިޔާޒު ގެ ދޯދިޔަކަން/،،. އޭއަށް ވާކަމެއް ހަރާމް.. ދެންހުީ އަދުރޭ ރޭވެސް ބަހުސްގަ ހުސް ކަލަގޮވީ