"ސައިކްލޯން އިޑާއީ" ގައި ގެއްލުން ލިބުނު ފަރާތްތަކަށް ރާއްޖެއިން ހަމްދަރުދީ ފޮނުއްވައިފި

ޒިމްބާބްވޭއަށާއި، މަލާވީއަށާއި، މޮޒަމްބިގަށް އެރި ނުރައްކާތެރި ތޫފާން "ސައިކްލޯން އިޑާއީ" ގެ ސަބަބުން، 200 މީހުން މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ތިން ޤައުމުގެ ރައީސުންނަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ހާދިޘާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި އެ ޤައުމު ތަކުގެ ރައްޔިތުން ދެއްކެވި ކެއްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.

އަދި، އެމަނިކުފާނު ފޮނުއްވި މެސެޖުގައި، މި ތިން ޤައުމަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ތިން ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވައި، މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ކާފަރަކު ބަޑިން ޙަމަލަދީ މާތްﷲގެ ގެކޮޅު ކަމަށްވާ މިސްކިތެއްގެ ތެރޭގައި ސާޅީސް ފަންސާސް މީހުންގެ ލޭ އޮހޮރުވާލާ ފުރާނަ ދުއްވާލުމުން އެކަމަށް ހަމްދަރުދީ ފައުޅު ނުކޮށްފަ ދެންކޮން ޑްރާމާއެއް ކުޅޭކަށް؟ މިކަހަލަ ކަންކަމުންނޭ އެނގެނީ ކަލޭމެންނަކީ އިސްލާމްދީން ދެކެ ފިސާރި ރުޅިއަރާ، މުނާފިގު ކެޓަގަރީގެ ބައެއްކަން...!!!