އަލް އުސްތާޒާ ހިސާން ހުސައިންއަކީ ފަހަކަށް އައިސް ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ފެނުނު އެންމެ ހިތްވަރުގަދަ އެއް ފަހުލަވާނު ކަމުގައި، ޓޫރިޒަމް މިނިސްޓަރު އަދި އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ ކުޑަކުދިންތަކަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު ހިޝާންއަށް ކުރެވިފައިވަނިކޮށެވެ. ހިސާންގެ އަނިޔާ ލިބުނު ކަމަށް ބުނާ މީހަކު ރައީސް ޞާލިހަށް ސިޓީއެއް ފޮނުވާފައިވާ އިރު، އަލީ ވަހީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ހިޝާންއަކީ އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ވަގުތެއް ހުސްކުރެއްވި ކެނޑިޑޭޓެއް ކަމަށެވެ.

އެފަދަ ކެނޑިޑޭޓެއްގެ އަބުރު ކަތިލެއްވުމަށް ދޮގު ވާހަކަ ފެތުރުމަކީ އިރަށް އަލިކުރަން ވޮއް ދިއްލުން ކަހަލަ މޮޔަކަމެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.

ރައީސް ސޯލިހަށް ފޮނުވސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިނދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.

ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދިން އަބްދުލްމުޣުނީ އަށް އެމްޑީޕީން ކުރި ތާއިދު އަނބުރާ ގެންދިޔައީ މުޣުނީ ކުރީގެ އަނބިމީހާ އަށް އަނިޔާ ކުރިމަކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަކަދައްކަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރައްޔިތު

    ތިޔަ ލާދީނީ އަންހެނާ ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް..! ނުލަފާ ޖައްބާރެއް ތިއީ..!

    48
    2
  2. ނަފުރަތު

    ޝޭޚެއްގެ ދަރިއެކޯ..! ލަދުވެސް ގަނޭ ތިޔަ އެއްޗެއް ފެނުނީމަވެސް..!

    46
    2
  3. ނޫސްކިޔާމީހާ

    ކުރީޒަމާނުގައި މާލޭ ގޭގޭގައި ތިބޭކުދިންނަށް ވަރަށް ނިކަމެތިކޮށް ކަންތައްކުރޭ ބ.ހިތާދޫ ކުއްޖަކުވެސް ބުނީ އޭނަހުރިގޭ ފިރިހެންމީހާ އޭނައަށް ހޭލެވޭއިރު އޮންނަނީ އޭނަގެ އެދުގަކަމަށް. ޢެފިހެންމީހާއަކީ ވވ ކިޔަވާފަހުރި މީހެއް ދީނީ ތަޢުލީމް. .

    28
    3
  4. ހުސޭނުބޭ

    މި އަންހެންމީހާ އިސްލާޙި މަސައްކަތެއްގެ ގޮތުގައި އަދި މިހާތަނަށް ކުރިކަމަކީ ފޯރީގައި ކުޑަކުދިންނަށް އަނިޔާކުރުމެވެ. އެހެންވެ އެކަމާ ކަރާމިނިސްޓަރު ހިތްވަރުދެއްވަނީއެވެ.

    17
  5. ނަސޭހަތް

    އަލީވަހީދަށް ހަޤީޤަތް އެގޭވަރު ހަމަ ބޮޑީތާ.އެމީހަކަށް ކިޔާނަމެއްގެ ގޮތުން އެމީހަކު ކުރާނެކަންތަކާ ނުކުރާނެކަންތައް އަލީވަހީދު ދެނެގަންނަގޮތް ހަމަ މޮޅުވީމަ ގިނަ މިނިސްޓްރީ ހަވާލުކޮށްފަ އެހުރީވެސް.

    10
    • މާކުއްޖާ

      އާނއެކޭ ނަސޭހަތް ކޯޗެކޭ ކިޔާކަށްތަ؟ ވަކި ނަމެއް ކިޔާ މީހުންނަށް ކިއްލި ގޮށްޓަކަށް ގޯތިވެސް ލިބޭނު.

  6. ނީރާ

    ހެޔޮނުވާނެ އެފަދަ ނުބައި މީހުންގެ ދިފާއުގަ ނިކުންނަން

    13
  7. އިކްރާމް އަބުދުއްސައްތާރު

    ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.. ނުބައި ކަންތައް ކުރާ އެންމެން އަނިޔާވެރިން ދިފާޢު ކުރާނެ..

    ގެއްލުން ލިބުނުމީހާ އާއި އެކުގައި ހަމަ އެކަކުވެސް ނުހުންނާނެ.. އެހެން ނޫނަސް ފަލަ ފެޓް އެބަޖެހޭ ވަޒީފާ ދިފާޢުކުރަން

    އަންނިޔާއި، އަލީވަހީދަށް ނޭގެނީ ބާ ރަގަޅުކަން ކުރާ މީހުންވެސް ނުބައި ކަންކަމަށް އަރައިގަންނަ ކަން.. އެހެންނޫނަމަ ކީއްކުރަން ހަދާ ގާނޫނެއް.. ކީއްކުރާ ފުލުހުންނެއް.. ކޯޓުތަކެއް..؟

    12
  8. ހާމިދު

    އަލީވަހީދުއަކީ ވަޒީފާގެ ދަޅަޔައް ވަރަށް ފަސޭހައިން ހެއްލޭ މީހެއް

    14
  9. އަބޯ

    ތިޔައީ ތާކުންތާކުޖެހޭ މަންޖެ އެއް ނޫން.

    12
  10. ޢަޙްމަދު

    ބޫން ބޫން ވަހީދަށް ރައީސަށް ސިޓީ ލިޔުނުމީހާ ހަދަނީ ދޮގުކަން އެގެނީ ކީއްވެ! ވަޒީރުންގެ ފެންވަރު. ހޮޑުލަވަނީ! ރައީސް ސޯލިހް އަށް ވެދުން.

    12
  11. މުހައްމަދުމޫސާ

    ފެންނަފެނުމަށްވެސް ވަށްތަރުޖަހާ
    މޫނުމަތި އަމާންކަމެއްނެތެއްނު އަދިއެހުރީވެސް
    ދީނަށް ފުރައްސާރަ ކުރާގޮތަކަށްނު!

    12
  12. ހިހި ހިހި

    ކިތަންމެ ވަރަކަށް އޮފުކުރަން އުޅުނަކަސް ހިސާން ވާނީ ހަމަ ހިސާނަށް. ހަތްފެނުން ފެނުކެއްކިޔަސް. ތިޔައީ ޖަޒީރާ މީހުންގެ ވައްތަރު

    13
  13. ޖަބީރުހުސެން

    ތީ ހައްތަހާވެސް ސެކިޔުލާރ އަންނި އެޑިކްޓުން

    11
  14. ހުސެންފުޅުބެ

    އާންދޮގޭ! އިސްލާހީ މަސައްކަތުގައި ފެނުނު ތިފަދަ ގަދަފަދަ ފަޚުލަވާން ފުރަތަމަވެސް ރަނގަޅަށް އައުރަ ނިވާނުވާގޮތަށް ހެދުން އަޅައިގެން އިންނެވިތަން ދެކެބަލާށެވެ. އިސްލާމް ދީނުގައި މުސްލިމް އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ނޫންހާ ތަނެއްކަމުގައި އޮއްވައި ދެކެމެވެ. އެހެންކަމަށް ވާއިރު ތިފަދަ އަންހެނުން މަތީ މަޤާމުތަކަކަށް އަރާ އަރަފޯދިގެނެއް ނުވެއެވެ. އަދި ތީ ޝައިޚެއްގެ ދަރިއެކޭ ބުނާތީ އަހަމެވެ. އެހެންކަމަށްވާނަމާ ތިކަމާ ތިމަންޖެއަށްވުރެ އަހަރެން ގަނަލަދު މާބޮޑެވެ. ކަމަނާއެވެ. ކުރާނީ ފަހެކީއްތޯއެވެ.

    11
  15. ޔަގީން

    މީހުންގެ އަބުރު ނަގާލަން ދެން ތީ ބޮޑުވަރެއް

    2
    9
  16. ޛާބިރު

    ޥަހީދޫ އެހެންތަ؟ ޢިސްލާހީ މަސައްކަތުގަ އުޅެފިއްޔާ ކުށެއް ނުކުރާނެ؟ ލަނޑަޔާ ވާނީ ލަނޑަޔާ.

    12
  17. މުހައްމަދު

    ގައުމުފަސާދަ ކުރުން ފިޔަވާ ކޮންއިސްލާހީ މަސައްކަތެއްތަ؟ ތިޔަބާއިގަންޑުކުރީ..
    ބޯހަލާކު މީމައުމޫނުއާ މިރީނދޫ ބަގަމިގޮވާ އިސްލާހީގެ މަކަރުވާހަކަޔާހެދީ.

  18. ޗައްލޭ

    މީގެ މާކުރިން ޥި ކަމެއްކަމަށް ބުނާ ތިޔަ މައްސަލަޔަކީ ހަމަސީދާ ޢަފީފްގެ ސްޓަންޓެއް. ބޭނުމަކީ ހިސާން ބޭރުކޮށްލުން. ރައީސް އިބޫ އެއްގޮތަކަށްވެސް ތިގޮތަށް ނުނިންމަވާ. އޭރުއެކަމެއް ވިނަމަ މަޑަކުން ނުތިބީސް އެމީހުންނެއް. އަދި އެނޫނަސް އެވާހަކަ ތުޅަދޫގަވެސް ދެއްކީސް. މިހާރު އެއީ ހަމަ ސީދާ އުފައްދައިގެން އުޅޭ ޑްރާމައެއް . އެ ރަގަޅަށްވިއްޔާ ލިޔާނީވެސް ހަމަ ޢަފީފް. މަކަރާޙީލަތުން އުޅެންހަދައިގެން ފޭލްވެފަ ހުރިމީހަކު އަލަކުން ތެދެއްނުހަދާނެ. ތިޔަ ހަމަސީދާ ބޮޑުރޯދޮގެއް. ތިވާހަކަދައްކާމީހާ ގެނަސްގެން ރައީށްއޮފީހުން ފިސާރި ރަގަޅު ތަޙުގީގެއް ކޮށްބަލަ. ތިކަމެއް ސާބިތެއް ނުވާނެ. ތުޅާދޫ މީހުންނަކީ އަގައިންނުބުނެ ކޮންމެކަމެއް ވަރިަހަމަކޮށްގެން ތިބޭނޭ ބައެއްނޫން

    1
    6
  19. ޖަމީ

    އެންމެ ފުރަތަމަ އިޞްލާޙު ކުރަންވީ އަމިއްލަ ނަފްސް. ތިދައްކަނީ މުޅީން އެހެންވާހަކައެއް.

  20. ދދދދދދ

    ތީ ޚަބަރެއްވެސް ނޫނެއްނު. އެވެސް އިބިލީހެއް. މިވެސް އިބިލީހެއް. ޝައިޠާނުން އުޅޭނީ ޝައިޠާނުންގެ ދިފާޢުގައި.

  21. ކިނބޫ

    އެހެންތަ؟ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއްނު. ދުނިޔޭގަ ހުރި އެންމެ ސާފުތާހިރު މީހާ ނުކުމެ އެ އަންހެންމީހާ ދިފާޢު ކުރީމާ ދެން ދެކޮޅަށް އެއްޗެއް ބުނެވޭނެ އެކަކުވެސް ނުހުންނާނެ. އެހެރީ ސާފުވެ ނިމިފަ.

  22. ހެހެހ

    މިލާދީނީ ބައިގަނޑު ހާދަ ނުލަފާކޮށްށޭ އުޅެނީ. ހޯރައިއްބެވެސް ރަސޫލާއަށް ހަދޫޖަހާފަ އެންމެފަހުން ކުޑަކުއްޖަކާއި އެކު ޒިނޭކުރަން އޮއްވާ ފެނުނީ! އިންސާނީ ހައްޤޭކިޔައިގެން މިދައްކަނީ ފޭކުވާހަކަ.

  23. ކޮރަލް

    އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކުރިވާހަކަ ވ އަވަހަށް އަޑުއިވުމަކީ ކައިރި ކަމެކެވެ.

  24. ލިޔާސޮރު

    ތިނޫނެކޭނުބުނަމެންނުން، އަހަރުމެން ގޭމީހުން ގެންސް ތަހުގީގު ކޮށްލަންތަ؟

  25. ކޮސްވާހަކަ

    އަލީ ވަހީދަކަށް ނޭގޭނެ ހިސާނުގެ ހަޔާތުގައި އޭނާ ކުރިހާ ކަމެއް، އޭނާ އުޅުނުހާ ގޮތެއް. އޭނާ ކިޔަވަން އުޅުނު އިރުގެ ވަރަށް ހެއްވާ ވާހަކަވެސް އަޑުއެހިން. ވަރަށް ސިޔާސަ މަންޖެއެއްކަމަށްވަނީ އެއީ. އޭނާ އޭރު އެކުރި ކަންކަމަށް ބަލާފަ އެ ކުދިންނަށް ޖެއްސުންކުރުމަށް އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބެލެވޭ. މިހާރު މީހަކު އުޅޭ ގޮތަކުން ކުރާ މަސައްކަތަކުން އަދި ނޭގޭނެ އޭނާ ކުރިން އުޅެފަހުރީ ކޮން ކޮން ގޮތަކަށްކަމެއް އަދި ހީނުކުރާކަހަލަ ކިތައް ކަންތައް އޭނާ ކޮށްފަ ހުރިކަމެއް.