ބޯހިޔާވަހިކަން ފޯރުކޮށްދޭން އިތުރު ޓެކްސްއެއް ނަގާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްވައިފިއެވެ.

ފްލެޓް ލިބުނު މީހުންނާއި ފްލެޓް ހަވާލު ކުރުމުގެ ޖަލްސާގެ ނަމުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާގައި ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށް ނުދީ ދައުލަތައް އިތުރު އެއްވެސް ޚަރަދެއް ނުކުރެވޭނެ ކަމަށެވެ.

"ދަރަންޏެއް ނަގައިގެން ވިޔަސް، ޓެކްސްއެއް ނަގައިގެން ވިޔަސް" ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން އެއްވެސް ޓެކްސްއެއް ރައްޔިތުންގެ އަތުން ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން އިތުރު ޓެކްސްއެއް ނަގާނެ ކަމުގެ އިޝާރާތެއް ނަޝީދު މިރޭ ދެއްވިއިރު އެމަނިކުފާނު ގެންދަވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ސީދާ ޒިންމާއެއް އެޅިފައި އޮތް މުއައްސަސާއެއް ނޫންމަވެސް އެމްޑީޕީން ގެންދަނީ "މަޖިލިސް 19" ކާމިޔާބު ވެއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހިހި ހިހި

    މިހާރު ބައިތުލްމާލު އެއްކޮށް ދަވާލާ ނިމުނީ ދެން އޮތީ ނިކަމެތި ރައްޔިތުން ފެލުން. ޙެހެހެހެ ތަންކޮޅެއް ތިލަކޮށް ވާހަކަ ދައްކަބަލަ

    22
    1
    • ޒުހާ

      ދިވެހިންގެ ގަމާރު ކަމާއި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ވަގަށް ގޮވުނުކަން ހަނދާން އެބަހުރިބާ. މިއަދު ދިވެހިން މިތިބީ ސަހަރޯ ވެރިވެފަ. މިސަރުކާރު ފެށުމާއެކު، އިންޑިޔާއިން 200ލިއަން ޑޮލަރު ގެނެސްފި. އެވެއްދި ތަނެއް ދެނަހުރި މީހަކު އެބަހުރިތަ؟ އެމެރިކާއިން 2 ދެމިއަލަން ޑޮލަރު ގެނެސްފި. ވީތަނެއް އެނގޭ މީހަކު އެބަހުރިތަ؟ މިއިން އެއްޗަކުން ދިވެހި ގައުމަށް ކޮށްދިން ކަމެއް އެބައޮތްތަ؟ އެހެރަ ފެންނަ އައިޖީއެމްއެޗް ދުވަހެއް ދުވަހަކަށް އެދަނީ އިނދަޖެހެމުން. ޑޮކްޓަރުން މަދުކޮށްފި، އެތާ ހުރި އޭސީތައް ނައްޓައިގެން ގެންގޮސްފި. ފެނަކައިން އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފި. މަސްވެރިންގެ ލާރިކޮޅު ޕާޓީ ކެމްޕޭނަށް ފޭރިގެންފި. ހަލާކަކަށް ފަހު ހަލާކެއް މިފެންނަނީ. ނުވިތާކަށް 800 މިލިއަނަށް ދިވެހިން އިންޑިޔާއަށް ދަރައިފި. ދިވެހިން ހޭއަރާކަށް އަދިވެސް ނުވޭތަ؟

      21
  2. ޔަޙުޔާ

    އިތުރު ޓެކްސް ނަގަނީ. އިންޑިއާ ފުށުން ސަލާމަތް ނުވާ ވަރަށް ބޮޑު އިންޓަރެސްޓާއެކު ކުރު މުއްދަތުގައި އަދާކުރާ ގޮތަށް ލޯނު ނަގަނީ. އަޅެ މިރާއްޖެ ހަލާކު ކުރަން ނޫޅެ ކަލޭމެން ވެރިކަން ކުރަން ނޭނގެންޏާ ގޮންޑި ދުއްވަން ޔޫކޭއަށް ދާންވީނު.

    20
  3. Anonymous

    އައްނި ތިހުރީ އެއްޗެއް ބޮޔެގެންތޯއްޗެ

    18
  4. ޙިދާ

    ނަޝީދުތަ މިހާރުގެ ރައީސްއަކީ؟؟؟

    21
  5. ފިރުޝާން

    ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައި ރައިޔަތުންގެ ވިންދާއި ކުޅެލީ ދޯ؟

    ކީއްވެ މާލޭ މީހުންނަށް އެކަނި ފްލެޓްދެނީ.. ދެންވެސް ތިބީ ދިވެހިރައްޔަތުން..؟؟

    ނަޝީދު ވޯޓު ހޯދުމަށް ދެން ރާއްޖެ ތެރެއަށް ނާންނާތި.. މާލޭގައި ދިރިއުޅޭ ރަށްރަށުމީހުން ކާރިޔަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުހުމަށް އެއްވެސް ފަރާތަކުން ނޭދޭތި..!

    ތަފާތު ކުރުމުގެ ބާރު ހަމަ އެކަނި ލިބޭފަރާތަކީ ވެރީންނެއްނޫން.. ރައިޔަތުންނަށް ވެސް ކިތަންމެ ކުޑަކޮށް ނަމަވެސް އެބާރު 5 އަހަރުން އެއްފަހަރު އެބަލިބޭ..

    އޭގެ ބޭނުން ހިފައި ހަމަ އެރައިޔަތުންނަށް ގެއްލުން ދޭން ހީލަތްތެރި ރޭވުން ރޭވުމަކީ.. އަޅުގަނޑުމެން ރައިޔަތުން ބަލައިގަންނަ.. އަދި އެކަން ކަމަށް މާފުކުރާނެ ކަންކަމެއްނޫން.. އަންނި އަށް މި މެސެޖް ރައްދު ކޮށްދެއްވާ..!

    17
  6. މަންޖެ

    މިފެންނަނީ ރައްޔިތުމީހާ ނޮޅާލާތަން! ރަށްރަށުގެ ގެސްޓު ހައުސްއުން ގުރީން ޓެކްސްއެއް ނަގާގެންވެސް އެރަށަކަށް ކަމެއްނުކޮށްދެވެ އަދި ހުރިހާކަމެއް މާލެ މީހުން ސީނުލެވިގެން އެރުފިޔާކޮޅުނަގާ ބޭނުންކުރަނީ!!!!!

    16
  7. ހޭބަލިނުވޭ އިނގޭ

    ކެޕިޓަލިސްޓް ސިސްޓަމް އަށް ތިދަނީ، ހޭބަލިނުވޭ

    14
  8. ޤަައުމު ދެކެ ލޯބިވާ ދަރިއެއް

    އަންނި ބޭނުންވަނީ ވެރިކަން. ވެރިކަން ފެލާލަން އިބޫ އަތުން. މެޖޯރިޓީ ނަގައިގެން ބަރުލަމާނީ ގެނެސް ނުސީދާ ކޮން އިންޑިއާ ގައުމު ވިއްކާލާ ނުސިދާ ގޮތަކަށް އެކި ދީންތައް މިޤައުމަށް ވައްދާ މިތަން ގަނޑުބަނޑު ކުރަންް ފާދިރީން ބުނާ ގޮތަށް. މި ފާސިދު އަންނިގެ ނުބައި މަޅިން ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާ މި މުސީބަތުން ސަލާމަތް ކުރަނވާދޭވެ.

    18
  9. Anonymous

    މީ ވެސް އައްނި އަށް އޮތް އިބްރަތެއް

    10
  10. Anonymous

    ރައީސް ޔާމީން ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެންވަން މަސައްކަތްކުރެއްވީ ސަރުކާރުގެ ތެރެއިން. އެއީ ސަރުުކާރަށް ކުރެވޭނެ ކަމެއް. މަޖްލިހާ ބޯހިޔާވަހިކަމާ މިއެއްކުރަނީ، ދިވެހިންނަށް އެންމެ ބޭނުންޖެހިފައިވާ އެއްޗަކީ، މާލޭ ސަރަހައްދުން، ގޯއްޗެއް ނުވަތަ ފްލެޓްކަށްވީމަ، ދިވެހިން ބޭނުންވާ ގެދޮރުގެ ތަނަވަސްކަން މިވިއްކަނީ، ނަޝީދުގެ ސެކިއުލަރ ވިސްނުމަށް ވޯޓުދީ، ގާނޫނު އަސާސީގައިވާ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް އޮންނަ މާއްދާ އުވާލެވިގެން ކަމަށްވާތީ. ރައްޔިތުންނޭ. ގެދޮރާ މުއްސަނދިކަމަކީ ފިލާ ދަނިވި ކަންކަން. މަރުވުމުން ދެން ކަށްވަޅުގައި އޮންނަ އިރުންފެށިގެން އަޒާބު ލިބިލިބި ހުންނާނެކަން ހަނދާންކޮށް، މިނުބައި ޝައިޠާނުންގެ އަޅުން މިގެންނަ އެޖެންޑާ 19 އަށް ވޯޓް ނުދެއްވާތި. ﷲ ގެ ހަޟްރަތުގައި އެމީހެއްގެ އަމަލުތަކަށް ޖަވާބުދޭންޖެހޭނެކަން ހަނދާންކުރޭ.

    20
  11. އަބޫ އަމް

    ގަޔަށް ސީލަބަލަ!! ޜައްޔިތުން އަތުން ފައިސާނަގާވަރު އަދިވެސް މަދީތަ؟؟ ތީ އަމާބުނީތީ ފަރަށް ދާހެން ޓެކްސް ބަޔާން ހުށަހެޅި މީހުންނެއް ނު؟؟މޮޅު ވާހަކަ ނުދައްކާ އަވަހަށް ފުރައިގެން ދޭ ދޮންމީހުން ކައިރިއަށް!!

    17
  12. މިއަދު

    މިސަރުކާގެނައީ ކޯލިޝަނަކުން ވީރު މިގައުމުހިނގާރައީސަކީ ކާކުކަން ދިވެހިރަޢިއްޔަތުންނަށް މިހާރު މިވަނީ އޮޅިފައި އެހެންކަމުން ކޯލިޝަންގެ ލީޑަރުން އެބަޖެހޭ މިކަން ދިވެހި ރަޢިއްޔަތުންނަށް ސާފްކޮށްދޭން ކޯލިޝަންގެ ލީޑަރުން ބައިވެރިވެގެން ގެނަސްދިން ރައީސަށް މިގައުމުނުހިންގޭނަމަ އޭރައިސް މަޤާމުން ދުރުކޮށް ގައުމު ހިންގޭނެ ފަދަ ޤަބިލް ބޭފުޅަކު މިގައުމުގެ ރައީސަކަށް އިންތިޚާބުކުރުމުގެ ކަންތައް މިހާރުން މިހާރަށް ކުރަންވެއްޖެ ކޯލިޝަންގެ ބައިވެރިން 2018 ރިޔާސީއިންތިޚާބުގައި ބޭނުންވި ކަންތައް ފުރިހަމަވެއްޖެ ދެން 4 ލީޑަރުން ވެސް ތިތިބީ މިނިވަންވެފައި ދެންވެސް އިތުރު ކަސްތޮޅެއްއެޅިގެންދިއުމުގެ ކުރިން މިގައުމު ހަމަމަގަށް އަޅުވައިދިނުމަށް 4 ލީޑަރުން ގެކިބައިންވ އާދޭހާއެކު އެދެން

    13
  13. ތިޔޭ އެއްކަލަ

    މިގައުމުގެ ރައީސް އަކީ އިބޫތަ ނޫނީ އަންނިތަ؟

    14
  14. ފފފފ

    ދިވެހިން ބޯން އުޅުނު ބޮނޑި ބޮއެ ނިނިމިފަ މިތިބީ. ރައީސް ޔާމީނަށާ ރައީސް ޔާމީން ސަރުކާރުގައި ތިބި މީހުނަށް ވަގަށް ގޮވާ ގޮވާ، އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިފަ މިތިބީ. ތި ފްލެޓެއްނޫން ދޭނީ. ކަރުބުޑާށް ރާ އަޅާނީ. މިސްކިތްތަށް ތަޅާ މިބާ ހަމަ ކުރާނީ. އަންހެން ދަރިން ރޭޕްކޮށް ދިރިތިއްބާ އަންދާނީ. ސެކިއުލަރ ނުވާ ކޮންމެ މީހަކަށް ދުނިޔެއިން ދޭން އެމީހުން ނިންމާފައިހުރި އަދަބުތައް މިހުރީ. ދައްޖާލު އަރާފަ މިހުރީ މިގައުމަށް. ދައްޖާލު އެދޭ އެދުމަށް ބޯލެނބީމަ ރީތި ބަގީޗާތައް. އެދައްޖާލަށް ނޫނެކޭ ބުނާ ކޮންމެ މީހަކު އަންދާ އަޅިއަށް. މިގައުމުން ފެނިގެންދާނީ، މިޔަންމާގެ ހާލަތު.

    13
  15. ހާމުދު

    ކަމަކާމެދު މާބޮޑަށް އެދިގެންފިނަމަ އެކަމެއް ނުވާނެކަމަށް ބުނަނީ. ދިވެހިން ހޭބަލިވެފައިމިތިބެނީ ފްލެޓާހެދު. ދެން ދާންވީނު ސެކިއުލަރ ވީކަމަށް ނަޝީދުގައިރީ ބުނަން. އޭރުން ފްލެޓް ލިސްޓުގައި ނަން ލިޔާނެ. އަހަރެމެން ކުޑައިރުއްސުރެ އަޑު އިވޭވާހަކަ، ދައްޖާލު އަރާނެ ކަމާއި، ދައްޖާލުގެ އެއްފަރާތުގައި، ބަގީޗާތައް ކަމާއި އަނެއް ފަރާތުގައި އަލިފާންކަމަށް އޮންނާނީ. އޭނާގެ އެރުމަށް ހެއްލުމުން ބަގީޗާ، އޭނާ އާ ދެކެޅު ހެދުމުން އަލިފާން ގަނޑަށޭ އެއްލާނީ. އެކަމަކު، އެ ބަގީޗާ އެއީ މަރުވުމުން ނަރަކައޭ. އަދި އެ އަލިފާން ގަނޑަކީ ސުވަރުގެއޭ. މިހާރު މިފެންނަނީ، ދައްޖާލަށް ވުން ވަރަށް ކައިރި.

    11
  16. ކޮރަލް

    މީނަ އަށް ވޯޓެއް ނުދޭނަމެވެ.

  17. ހަމާން

    ދޮގު ޚަބަރު

  18. Anonymous

    އަނެއްކާ ހޯރަފުށީގަތިބި އެމްޑީޕީ ކުދިންކޮޅަށް ލިބުނި ފުލެޓު ދެއްޗެ އެހެންނޫނީ އެކުދިންކޮޅު ރުޅިއަންނާނެ އެމްޑީޕީ މީހުންދެކެ