ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، މަރުވި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ތިން މީހަކު ދައުވާ އަށް އިއުތިރާފުވެއްޖެ އެވެ.

ދައުވާއަށް އިއުތިރާފްވެފައި ވަނީ އިންޑިއާ ތިން މީހެކެވެ.

އެމީހުން ދައުވާއަށް އިއުތިރާފްވީ ދައުވާ ސާބިތުވެއްޖެނަމަ އަދަބު ކުޑަވާނެ ކަމަށް ގާޒީ ވިދާޅުވުމުންނެވެ.

ކުށަށް އިއުތިރާފްވި އެކަކީ ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރި މީހާ އެވެ. އެނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުން ކަމަށް ދައުވާގައި ބުނެފައި ވެއެވެ. ދައުވާގައިވާ ގޮތުން އޭނާއަކީ އެ މަސައްކަތާ ހަވާލުވެ ހުރި މީހާއެއް ނޫނެވެ. އެކަން ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކާއިއެވެ. ނަމަވެސް ވިންޗް އޮޕަރޭޓްކުރަން ރައްޖާވް އަލީ ދިޔައީ ބަންގްލަދޭޝް މީހާ ބްރޭކަށް ދިޔުމުން އަމިއްލައަށް އިސްނައިގެންނެވެ.

އޭނާ ބުނީ އެ ހާދިސާ ހިނގާފައިވާކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ޖިއާން މަރާލުމުގެ ގަސްދެއް އޭނާގެ ނެތް ކަމަށެވެ. އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

އޭނާ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކީ ތަރުޖަމާނެއްގެ އެހީއާއެކު އެވެ. ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަންނަ ހަފްތާގައި މިމައްސަލައިގެ ޙުކުމް އިއްވާނެ ކަމަށް މިއަދު ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑް

    ތީ ރޭވުމެއްގެ ތެރެއިން ޖަހާ ޗައްކަރެއް. އިންޑިއާ މީހާ ގެ މައްޗަށް ހުކުމް ކުރިޔަސް އޭނާ މި ސަރުކާރު އޮތިއްޔާ ދޫ ކުރާނެ ކަން ތި ކޮންޕެނީ އިސް ފަރާތްތަކަށް އަންގާގެން އެމީހުން ލައްވާ ކުޅުވާ ގޭމެއް. ބޭނުމަކީ ތިމަންނަމެން އިންސާފް ގާއިމްކޮށްފީމޭ ބުނުން. ޢަސްލު މީހުން ތިބީ ފަރުދާގެ ފުރަގަހުގަ

    26
    6
  2. ައަލީ

    ކުންފުނީގެ ޒިންމާއެއް ނެތް؟

    10
  3. ާAhmed

    ބިދޭސީންގެ ކުށަކީ އެމްޕްލޯޔަރ ގެފަރާތުން އެންގިގޮތަށް ވަފާތެރިކޮށް މަސައްކަތް ކުރުން.
    އެއީވެސް ކުށެއްތޯ؟ ރޯމާދުވާލު ތަކުޜާރުކޮށް އެތައްދުވަހަކު މިކަންކުރަމުން ދިޔައިރު އަޅާނުލި ފުލުހުންނާ މޮޅު ސިޓީކައުންސިލް ގެ މައްޗަށް ދައުވާ ނުކުރަނީ ކީއްވެ. ވިންޗް އޮޕަރޭޓް ކުރަން
    ނޭގޭމީހަކު އެކަމާ އަމިއްލައަށް ޙަވާލުވުމުން
    ނުހުއްޓުވި ސޮޕަވައިޒަރ ގެ ޢަދަބު ކުޑަވަނީ
    ކީއްވެ. ދިވެއްސަކަށް ވީމަތޯ؟ ކޮބައިތަ
    ހުމަންރައިޓްސް ކޮމިޝަން.

  4. ރައީސުލްޖުމްހޫރިއްޔާ ނަންބަރު 2

    އެމީހުން ރަށަށް ފޮނުވައިދޭން ގެރި މޯދީ އެދުމުން ފޮނުވާ ގޮތަށް އޮތީ. ބޭކާރު ވަގުތާއި ހޭދަ ނުކޮށް އަވަހަށް ފޮނުވާލަ.

  5. ބަންޑާރަ ކަތީބު

    ވަޒީފާ ހޯދައިގެން މުސާރަ ކައިގެން ތިބެ، ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ޒިންމާ، މުސާރަ ކައިގެން ހުންނަ މީހާ ނަގަންޖެހޭނެ. މުވައްޒަފަކު ފަރުވާކުޑަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވާ ގެއްލުން ތަކުގެ ޒިންމާ ކުންފުނީގެ ބޮލުގާ އަޅުވަން މަސައްކަތް ކުރާތަން އަބަދު ފެންނަނީ. މީކީ ކަމުދާގޮތެއް ނޫން.