ތިން ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް އަދި ބީއޯކިޔު ހަދައިދޭނޭ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު އިއުލާނުގައި ބުނެފައި ވަނީ، އދ. މާމިގިލި، ރ. މަޑުއްވަރި އަދި ރ. މީދޫގެ މި ތިން ރަށުގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލު ކުރަން ބޭނުންވާތީ، އެރަށްރަށުގައި އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހު އެއް ވަނަ ދުވަހު ހެނދުނު 11:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އެ މަހު އަށްވަނަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައްވެސް ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިވެއްސެއް

    ރާ އަތޮޅުގައި ވަރަށް ކައިރީ އޮންނަ 2 ރަށް ކީއްކުރަންތޯ ހޮސްޕިޓަލް އަކަށް ބަދަލު ކުރަނީ... އަންލެސް އެހެން ހުރިހާ ރަށެށް ހޮސްޕިޓަލަށް ބަދަލު ކުރަން ވިސްނަވާނަމަ އިޓްސް އޯކޭ.

    12
  2. ކެޔޮޅު

    އައްޗި ހައްތާވެސް ހިޔާލީފޮލާ އަބަދުވެސް ކަންކުރާ ވާހަކަ ކަމެއްކުރިވާހަކައެއް ނުބުނެވޭ ، ރައީސް ޔާމީނު އިއްވަނީ ކޮއްފި ވާހަކަ!

    21
  3. ބުރޯ

    ނަންބޯޑް ބަދަލުކުރަނީ ތަ ؟

    21
  4. ސޯކާބެ

    ތިހެން އެބަހުރި މިމާލޭގަވެސް ހޮސްޕިޓަލެއް އެކަމަކު ގިނަމީހުންނަށް މިޖެހެނީ ޕުރައިވެޓް ހޮސްޕިޓަލަކަށް ނުވަތަ ރާށްޖޭން ބޭރަށް ދާން ސަރުކާރުކާރުގެ ހޮސްޕިޓަލަށް ކަށް ދާއިރު ޑޮކްތަރުނެތިގެން ސްކޭނެއްނެގެން ނެތިގެން އެޕޮއިންޓް މެންޓެއް ނުލިބިގެން މީވެރިރަށް ދެން ތީގެންރަށަކުން ޙިދުމަތެއް ދެވޭނެތޯ މީގެ ކުރީގެސަރުކާރުތަކުންވެސް ތިގޮތަށް ނަންބޯޑް ބަދަލު ކުރަނީ ސަރުކާރުން ބޭނުންވެއްޖެއްޔާ ދެވިދާނެ އެކަމަކު އަދިއެއް އަފަދަ ޢިޙުލާސް ތެރިބަޔެއް ނުފެނޭ ހައްތަވެސް މިފެންނަނީ ރަށްޔަތުންގެ ފައިސާއިން ކުންފުނިހަދައިގެން ޕާޓިމީހުންނަށް ވަޒީފާދިނުމާއި ކުންޕޭނަށް ޙަރަދުކުރުން

  5. އަބުދުއްލޯ

    ތީ ކެންޕޭން ބައެއް ، މިހާރު ހުރި ތަންތަން މިސަރުކާރައް ނުނޭޖު ނުކުރެވިގެން އުޅެއިރު ނުވާނި ތިކަމެއް
    ޢެޗަރުގެ ގާބިލުޖަމެއް ނެއް މިހާރު ހުރި ވެރި މީހާގެ

  6. މާމިގިލީ މީހާ

    މާމިގިލީ ރައްޔިތުން ތިބީ މި ސަރުކާރާއެކީ ގައި. މިސަރުކާރަށް ވޯޓުވެސް ދޭނީ.. ބުރުމާ މާމިގިލީ މީހުންގެ ލޮލުއަދުން އަޅުވައިގެ 2013ވަނަ އަހަރު ބުރުމާ ވެރިކަމަށް އަރާންވެގެން މާމިގިލީގައި 3ޑީ އައިނު އަޅާގެން ފެންނަ ހޮސްޕިޓަލެއް ގާއިމު ކުރި. އެކަމު އައިނު ދިނީ ގަސިމުގެ އާއިލާ މީހުންނައް. އައިނު އެޅީމާ ފެންނަ ހޮސްޕިޓަލެއް އެއީ.

  7. ގ ކެނެރީގޭ ވަގު

    މަރުހަބާ
    މާމިގިލީ ހޮސްޕިޓަލް ޑޮކުޓަރުން
    އަންހެނުން ހާއްސައް ދޮކުޓަރުން
    1 އެޗު އޯ ޑީ ޕުރޮފެސަ އަހުމަދު އަބުއްލާ ބޮއްދަ
    2 ޑޮކުޓަރ ޒުހައިރާ
    އާމު ބަލީގެ ޑޮކުޓަރުން
    1 އެޗް އޯ ޑީ ޕުރޮފެސަ ސަކީބު މޫސާ
    2 ޑޮކުޓަރ ސައްޔާހު
    3 ޑޮކުޓރ ނަސީމާ
    ކުުޑަކުދިންގެ ހާއްސަ ޑޮކުޓަރ
    1 އެޗް އޯ ޑީ ޕުރޮފެސަ އަބުދުއްލާ އަލީ ބޭސް އަބުދޯ
    2 ޑޮކުޓަރ ކަތްދާ
    3 ޑޮކުޓަރ ކަނބުލޯ
    ކަށީގެ ހާއްސަ ޑޮކުޓަރ
    1 އެޗް އޯ ޑީ ޕުރޮފެސަ ނާޒިމް ބިއްލަ
    2 ޑޮކުޓަރ ސައިރާ