އެމްއެމްއޭ ސަރަހައްދުގައި ވަޅިން ހަމަލާދީ މަރާލި އިބްރާހިމް އާގިލް އާއި އިސްމާއިލް ޝައްފާން ޝަރީފުގެ މަރަކީ ބަދަލުހިފުމުގެ މަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށް ޕްރެސްގައި މައުލޫތު ދެއްވަމުން އެ ގޮތަށް ވިދާޅުވެފައި ވަނީ ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ސާމިހުއެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލި ކަމުގެ މައްސަލައިގައި ފުލުހުން ވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) ހައްޔަރުކޮށްފައެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފް މަރާލާފައި ވަނީ އޭނާ ގްރޭޑް ހަތެއްގައި ކިޔަވަމުން ދަނިކޮށެވެ.

މިއަދު ބޭއްވި ޕްރެސްގައި ސާމިހު ވިދާޅުވީ އެ ދެމަރަކީވެސް ބަދަލު ހިފުމެއް ކަމަށެވެ. އާގިލްގެ މަރުގެ މައްސަލާގައި މިހާތަނަށް ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށްވެސް ސާމިހު ވިދާޅުވިއެވެ. އަދި ޝައްފާނު މަރުގެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދދ

    އެހެންތަ؟ އެމީހުން ކިވައިން ޔާމީން ބަދަލު ހިފަން ޖެހުނީ ކޮން ކަމަކަށްބާ! ކަލޭ މިކަން ސާފުކޮށް ދީބަލަ ސުއޫދޫ

    10
  2. ތަކުރު

    މި މަރުތަކައް އިންސާފު ނުލިބޭ... އެކަމަކުވެސް ސިމެންތިން ބަސްތާ އައް އިންސާފް ލިބިއްޖެ.

  3. ޟީތަލަ ހަންނާން

    ދެން އެންމެ އަވަހައް ނޫސްތަކުގެ ފަލަ ސުރުހީގަ އޮންނާނީ ތިޔަ ސޮރުންތައް ދޫކޮއްލިހަބަރު، މިނޫން ވަރެއް ނުވޭ،

    11
    1