ގުޅިފަޅު ފޭސް 1 ގައި ޤާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެމްޑަބްލިވްއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ގުޅިފަޅު ފޭސް 1 ގައި ޤާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލާދޭނެ ބަޔަކު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށެވެ.

އެ އިއުލާނުގައި ވަނީ، އެ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނިކަމަށެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ 500 ރުފިޔާއަށްކަމަށާއި، ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިމަހުގެ 14 ވަނަދުވަހުގެ ނިޔަލަށްކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 26 ފެބުރުވަރީ 2018 ވާ ދުވަހު 11:00 ކަމަށް އެ އިއުލާނުގައި ބުނެފައިވާއިރު، ބިޑް ހުށައަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 10 ހާސް ރުފިޔާގެ ހުށައަޅަންޖެހޭނެކަމަށްވެސް އެ އިއުލާނުގައި ވެއެވެ.