މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު ސިނަމާލޭ ބުރިޖާއި ގުޅިފައިވާ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް އެކްސިޑެންޓްވެ، ފުނޑުފުނޑުވި މައްސަލަ ފުލުހުން ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވައިފިއެވެ.

އެ އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ޔޫތް މިނިސްޓްރޫގެ ޕީއޭ އަދި ކުރީގެ ނޫސްވެރިޔާ އަޒުމޫނެވެ. އެ ހާދިސާގައި އޭނާއަށް އަދި އެ ކާރުގައި ދެން އިން މީހާއަށްވެސް އެއްވެސް އަނިޔާއެއް ނުވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވީ މިދިޔަ މަހު 21 ވަނަ ދުވަހު ކަމަށެވެ.

އެ ކާރު އެކްސިޑެންޓުވެފައި އޮތީ ހައިވޭގެ އިރުމަތީ ފަރާތުގައެވެ. ކާރު ކޮންޓްރޯލް ނުވެގެން ގޮސް ފުރަތަމަ ޖެހުނީ ހޮޅިދަނޑިއެއްގައި ކަމަށް ބެލެވެއެވެ. އެއަށް ފަހު ފަހު ހައިވޭގެ ދަގަނޑު ފެންސް ގައި ވެސް ކާރު ޖެހިފައި ވެއެވެ. ކާރު ފެންސްގައި ޖެހުމުން ފެންސަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ފެންސްގައި ޖެހިގެން ވެސް ކާރު ކޮންޓްރޯލް ވެފައެއް ނުވެއެވެ. ކާރު އޮތީ ފެންސް މަތިން ގޮސް ޕޭމަންޓް މަތީގައެވެ. ކާރު މަޑުވީ ޕޭމަންޓްގެ އިރުމަތީ ފަރާތުގައި ހުރި ތޮށިގަނޑުގައި ޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަވާ މެންދުރު

    ބައްލަވާ ހައިވޭގެ ބޮކިދަނޑި ތަށް ހުންނަނީ ދަގަނޑު ފެންސްގެ ބޭރުން ދެން ކިހިނެއްތޯ ހައިވޭއިން ދުއްވާފައި އަންނަ އެއްޗެއް ފުރަތަމަ ހޮޅިދަނޑީގައި ޖެހުނީ؟